Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އީރާން-އިޒްރޭލް

އީރާނަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުގައި އިޒްރޭލު ރައްޔިތަކު އެ ގައުމުގެ އޮފިޝަލުން ހައްޔަރުކޮށްފި

އިޒްރޭލުން އިއުލާންކޮށްފައިވާ ގޮތުގައި އީރާނުގެ އިންޓެލިޖެންސް އެޖެންޓުންގެ އިރުޝާދުގެ ދަށުން ހައްޔަރު ކުރި މީހާ ވަނީ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ދިރިއުޅޭ ގޭގެ ސަރަހައްދުގައި ފޮޓޯ ނަގައި އީރާނަށް ފައިސާގެ ބަދަލުގައި ހަވާލުކޮށްފައި.

ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2025 | ހުކުރު 03:36
އިޒްރޭލުގެ ފުލުހުން އިހުތިޖާޖު ކުރި ޔަހޫދީ އަކު ހައްޔަރު ކޮށްގެން ގެންދަނީ (ފައިލް)

އިޒްރޭލުގެ ފުލުހުން އިހުތިޖާޖު ކުރި ޔަހޫދީ އަކު ހައްޔަރު ކޮށްގެން ގެންދަނީ (ފައިލް)

އީރާނަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުގައި އިޒްރޭލު ރައްޔިތަކު އެ ގައުމުގެ އޮފިޝަލުން ހައްޔަރުކޮށްފި ކަމަށް ބުނެފި އެވެ.

އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ބުރާސްފަތި ދުވަހު އިއުލާންކޮށްފައި ވަނީ، އިރާނުގެ އިންޓެލިޖެންސް އެޖެންޓުންގެ އިރުޝާދުގެ ދަށުން ސަލާމަތީ ކުށްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ އިޒްރޭލުގެ ރައްޔިތަކު ހައްޔަރުކުރި ކަމަށެވެ. މި ކަން މިހެން ހިނގާފައިވާ އިރު، އިޒްރޭލަށް ޖާސޫސް ކޮށްދިން ކަމުގެ ކުށް ސާބިތުވެފައިވާ އީރާނުގެ ރައްޔިތަކު ތެހެރާނުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަނީ މަރާލާފަ އެވެ.

Advertisement - newsAdvertisement

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާ ހަނގުރާމަ ފެށުނު ފަހުން، އިޒްރޭލުގެ ދުޝްމަން ފަރާތަކަށް ޖާސޫސްކުރިކަމުގެ ކުށުގައި އެ ގައުމުގެ އަމިއްލަ ރައްޔިތުންގެ މައްޗަށް އެތައް ދައުވާ އެއް އިޒްރޭލުން ވަނީ އުފުލާފަ އެވެ.

އެންމެ ފަހުން ހައްޔަރު ކުރި މީހަކީ އުމުރުން 40 ގެ އަހަރުތަކުގައި ވާ މީހެއް ކަމަށާއި އޭނާ މި މަހު ހައްޔަރުކޮށްފައި ވަނީ އިޒްރޭލުގެ ފުލުހުންނާއި، ގައުމީ އިންޓެލިޖެންސް އެޖެންސީ ކަމުގައިވާ ޝިން ބެޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވަނީ ބުނެފަ އެވެ.

ފުލުހުންނާއި ޝިން ބެޓް ގުޅިގެން ނެރުނު ބަޔާނެއްގައި ވާގޮތުން، "މި ތުހުމަތުކުރެވޭ މީހާ ވަނީ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ދިރިއުޅޭ ގޭގެ ސަރަހައްދުގައި ފޮޓޯ ނަގާފައިވާކަން ދެނެގަނެވިފައެވެ."

އަދި އެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައި ވަނީ، "އީރާނުގެ އެޖެންޓުންނާ އޭނާ ހިންގި މުއާމަލާތްތަކުގެ ތެރެއިން، މި މަސައްކަތް ކުރުމަށްޓަކައި ޑޭޝް ކެމެރާ އެއް ގަންނަން އޭނާއަށް އަންގާފައިވެއެވެ."

ބަޔާނުގައިވާ ގޮތުން، މި މީހާ ވަނީ އޭނާ ދިރިއުޅޭ ރަށުންނާއި އެހެނިހެން ތަންތަނުން ނަގާފައިވާ ފޮޓޯތައް އެކި މިންވަރުގެ ފައިސާގެ ބަދަލުގައި އެހެން ފަރާތްތަކަށް ހަވާލުކޮށްފައެވެ.

މިދިޔަ މޭ މަހު އިޒްރޭލުން ވަނީ ޖާސޫސްކުރި ކަމުގެ ތުހުމަތުގައި 18 އަހަރުގެ އިޒްރޭލުގެ ރައްޔިތަކު ހައްޔަރުކުރިކަން އިއުލާންކޮށްފައެވެ.

ދިގު މުއްދަތަކަށް ހަތުރުވެރިންގެ ގޮތުގައި ދެމިތިބި އީރާނާއި އިޒްރޭލުން ވަނީ  ދެ ގައުމުން ވެސް އެއް ގައުމުން އަނެއް ގައުމަށް ޖާސޫސްކުރާ ކަމުގެ ތުހުމަތު ތަކުރާރުކޮށް ކޮށްފައެވެ.

ފާއިތުވި ހަފްތާގައި އިރާނުން ބުނީ، އިޒްރޭލަށް ޖާސޫސްކުރިކަމުގެ ކުށް ސާބިތުވެފައިވާ އީރާނުގެ ރައްޔިތަކު މަރާލާފައިވާ ކަމަށެވެ.

އީރާން-އިޒްރޭލްޖާސޫސުކުރުންޝިން ބެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނަށް އަލުން ހަމަލާ ދިނުމާ ބެހޭ ގޮތުން ނަތަންޔާހޫ ޓްރަމްޕް އަށް މައުލޫމާތު ދޭން ޕްލޭން ކުރަނީ: ރިޕޯޓު

އީރާނަށް އަލުން ހަމަލާ ދިނުމާ ބެހޭ ގޮތުން ނަތަންޔާހޫ ޓްރަމްޕް އަށް މައުލޫމާތު ދޭން ޕްލޭން ކުރަނީ: ރިޕޯޓު

20 ޑިސެމްބަރު 2025
އީރާނުން އިޒްރޭލަށް ޖާސޫސު ކުރި ކަމަށް ބުނެ މީހަކަށް މަރުގެ އަދަބު ދީފި

އީރާނުން އިޒްރޭލަށް ޖާސޫސު ކުރި ކަމަށް ބުނެ މީހަކަށް މަރުގެ އަދަބު ދީފި

20 ޑިސެމްބަރު 2025
އީރާނުގެ ވެރިކަން ވައްޓާލަން ދެ ފަހަރެއްގެ މަތިން އެމެރިކާ އިން މަސައްކަތް ކުރި ކަމަށް އެއްބަސް ވެއްޖެ

އީރާނުގެ ވެރިކަން ވައްޓާލަން ދެ ފަހަރެއްގެ މަތިން އެމެރިކާ އިން މަސައްކަތް ކުރި ކަމަށް އެއްބަސް ވެއްޖެ

07 ޑިސެމްބަރު 2025
ބޭރުގެ ދުޝްމަނުން އީރާނުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނައީ އަވަހާރަ ކޮށްލަން މަސައްކަތް ކުރާ ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓަރ ވިދާޅުވެއްޖެ

ބޭރުގެ ދުޝްމަނުން އީރާނުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނައީ އަވަހާރަ ކޮށްލަން މަސައްކަތް ކުރާ ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓަރ ވިދާޅުވެއްޖެ

23 ނޮވެމްބަރު 2025
ޚާމަނާއީ ޓްރަމްޕް އަށް: ހުވަފެން ބެލުމުގައި ހުރޭ

ޚާމަނާއީ ޓްރަމްޕް އަށް: ހުވަފެން ބެލުމުގައި ހުރޭ

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު