Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އިސްރާއީލް

އިސްރާއީލާއެކު ހަނގުރާމަ އަލުން ކޮންމެ ވަގުތެއް ގައި ވެސް ފެށިދާނެ ކަމަށް އީރާނުން އިންޒާރު ދީފި

އީރާނުގެ އިސް އޮފިޝަލުން ބުނަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ނެތް ކަމަށާއި އީރާނުން އޮތީ ހަނގުރާމައިގެ މަރުޙަލާގައި ކަމަށެވެ. އީރާނާއި އިސްރާއީލާ ދެމެދު އަދި އެމެރިކާއާ ދެމެދު އެއްވެސް ޕްރޮޓޮކޯލެއް، ގަވާއިދެއް، އެއްބަސްވުމެއް ނެތް ކަމަށެވެ.

ރާއްޖެ އެމްވީ | 19 އޯގަސްޓު 2025 | އަންގާރަ 03:33
އީރާނުގެ ހަތިޔާރު އެޅި ހާއްސަ ފުލުހުން ސައިކަލުތަކުގައި ސަރަހައްދެއް މޮނިޓަރ ކުރަނީ

އީރާނުގެ ހަތިޔާރު އެޅި ހާއްސަ ފުލުހުން ސައިކަލުތަކުގައި ސަރަހައްދެއް މޮނިޓަރ ކުރަނީ

އިސްރާއީލާއެކު ހަނގުރާމަ ކޮންމެ ވަގުތެއްގައި ވެސް ފެށިދާނެ ކަމަށް އީރާނުގެ އިސް އޮފިޝަލަކު ހޯމަ ދުވަހު އިންޒާރު ދީފިއެވެ.

ޖޫން މަހު ހިނގި 12 ދުވަހުގެ ހަނގުރާމަ އަށް ފަހު މިހާރު އޮތް ހާލަތީ ވަގުތީ ހުއްޓުމެއް ކަމުގައި ބުނެފައިވެއެވެ.

"އަޅުގަނޑުމެން ކޮންމެ ވަގުތެއްގައި ވެސް ކުރިމަތިލުމަށް ތައްޔާރު ވެގެން ތިބެން ޖެހޭނެ؛ މިވަގުތު އަޅުގަނޑުމެންނަކަށް ހަމަލާތައް މުޅިން ހުއްޓާލުމުގެ އެއްބަސްވުމެއް ނެތް؛ އަޅުގަނޑުމެން މިތިބީ ހަނގުރާމަވެރި ޢަމަލުތައް ވަގުތީ ގޮތުން ހުއްޓާލައިގެން،" ފަސްޓް ވައިސް ޕްރެސިޑެންޓް މުޙައްމަދު ރިޒާ ޢާރިފް ވިދާޅުވިއެވެ.

ޖޫން މަހު ހިނގި ހަނގުރާމައިގައި އިސްރާއީލުން ވަނީ އީރާނުގެ ނިއުކްލިއަރ އަދި އަސްކަރީ ތަންތަނާއި، އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ބޮން އަޅާފައެވެ. މިގޮތުން 1،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި އީރާނުގެ އިސް ކޮމާންޑަރުންނާއި ނިއުކްލިއަރ ސައިންޓިސްޓުން ހިމެނެއެވެ.

އީރާނުން ޖަވާބު ދިނީ މިސައިލް އަދި ޑްރޯން ހަމަލާތަކުންނެވެ. އީރާނުގެ މިސައިލު ހަމަލާތައް އިސްރާއީލުގެ މުހިންމު އެތައް ތަނަކަށް އަމާޒުވެ އެތައް ބަޔަލު މަރުވެފައި ވެއެވެ.

އެމެރިކާ އިން ޖޫން 24 ގައި ހަނގުރާމަ ހުއްޓާލުން އިޢުލާނު ކުރީ، އެ ޤައުމުން އީރާނުގެ ނިއުކްލިއަރލިއަރ ފެސިލިޓީތަކަށް ބޮންއަޅައި ހަނގުރާމައިގައި ބައިވެރިވިތާ ދެ ދުވަސް ފަހުންނެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ ރަސްމީ އެއްބަސްވުމެއް ނެތެވެ. އޮތީ ހަމައެކަނި ނުރަސްމީ ކޮށް ހަނގުރާމަވެރި ޢަމަލުތައް ހުއްޓާލުމުގެ ހާލަތެކެވެ.

އާދީއްތަ ދުވަހު، އީރާނުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނާއީގެ އަސްކަރީ މުޝީރު ޔަޙްޔާ ރަޙީމް ސަފަވީީ އީރާނުގެ މީޑިއާތަކަށް ވިދާޅުވެފައި ވަނީ އެ ޤައުމުން "އެންމެ ނުރައްކާތެރި ހަމަލާތައް ދިނުމަށް ރޭވުންތައް ރާވަމުންދާ" ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައެއް ނޫން މިތިބީ، އަޅުގަނޑުމެން މިތިބީ ހަނގުރާމައިގެ މަރުޙަލާގައި، މިހާލަތު ކޮންމެ ވަގުތެއްގައި ވެސް ނިމުމަކަށް އައިސްދާނެ، އަޅުގަނޑުމެންނާއި އިސްރާއީލުންނާ ދެމެދު، އަޅުގަނޑުމެންނާއި އެމެރިކާއާ ދެމެދު އެއްވެސް ޕްރޮޓޮކޯލެއް، ގަވާއިދެއް، އެއްބަސްވުމެއް ނެތް،" ޝަރްޤް ދުވަހު ނޫހުގައި ރިޕޯޓު ކޮށްފައިވެއެވެ.

"ހަނގުރާމަ ހުއްޓާލުން މާނަ ކުރެވެނީ ހަމަލާތައް ހުއްޓާލުން ކަމަށް؛ އެކަން ކޮންމެ ވަގުތެއްގައި ވެސް ބަދަލުވެދާނެ،" އޭނާ އިތުރުކުރެއްވިއެވެ.

އީރާނުގެ އޮފިޝަލުން ބުނެފައި ވަނީ އެ ޤައުމުން ހަނގުރާމަ ކުރާކަށް ނޫޅޭ ކަމަށާއި، ނަމަވެސް އިރާނަށް ހަމަލާ އެއް ދީފި ނަމަ ކުރިމަތިލުމަށް ތައްޔާރަށް އޮތް ކަމަށެވެ.

އީރާން-އިސްރާއީލްއީރާން-އެމެރިކާއިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

އީރާނުގެ ވެރިކަން ވައްޓާލަން ދެ ފަހަރެއްގެ މަތިން އެމެރިކާ އިން މަސައްކަތް ކުރި ކަމަށް އެއްބަސް ވެއްޖެ

07 ޑިސެމްބަރު 2025
އީރާނުގެ ވެރިކަން ވައްޓާލަން ދެ ފަހަރެއްގެ މަތިން އެމެރިކާ އިން މަސައްކަތް ކުރި ކަމަށް އެއްބަސް ވެއްޖެ
23 ނޮވެމްބަރު 2025

ބޭރުގެ ދުޝްމަނުން އީރާނުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނައީ އަވަހާރަ ކޮށްލަން މަސައްކަތް ކުރާ ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓަރ ވިދާޅުވެއްޖެ

23 ނޮވެމްބަރު 2025
ބޭރުގެ ދުޝްމަނުން އީރާނުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނައީ އަވަހާރަ ކޮށްލަން މަސައްކަތް ކުރާ ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓަރ ވިދާޅުވެއްޖެ
13 ނޮވެމްބަރު 2025

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

13 ނޮވެމްބަރު 2025
އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
21 އޮކްޓޯބަރު 2025

ޚާމަނާއީ ޓްރަމްޕް އަށް: ހުވަފެން ބެލުމުގައި ހުރޭ

21 އޮކްޓޯބަރު 2025
ޚާމަނާއީ ޓްރަމްޕް އަށް: ހުވަފެން ބެލުމުގައި ހުރޭ
28 ސެޕްޓެމްބަރު 2025

އީރާންގެ ހުރިހާ ޔުރޭނިއަމް ހަވާލު ކުރުމަށް އެމެރިކާ އިން އެދިއްޖެ: އީރާންގެ ރައީސް ޕެޒެޝްކިއާން

28 ސެޕްޓެމްބަރު 2025
އީރާންގެ ހުރިހާ ޔުރޭނިއަމް ހަވާލު ކުރުމަށް އެމެރިކާ އިން އެދިއްޖެ: އީރާންގެ ރައީސް ޕެޒެޝްކިއާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު