Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިސްރާއީލް

އިސްރާއީލަށަ ޖާސޫސު ކޮށްދީގެން އީރާނުގައި މީހަކަށް މަރުގެ އަދަބު ދީފި

މޮސާޑް އެޖެންޓުން އޮންލައިންކޮށް ރެކްރޫޓް ކޮށްގެން ގެންގުޅުނު މިމީހާގެ، އީރާނުގެ ނިއުކްލިއަރ ސައިންޓިސްތަކާ ބެހޭ ސިއްރު މަޢުލޫމާތު އިސްރާއީލަށް ފޯރުކޮށްދިންކަން ޝަރުޢީ މަރުހަލާތަކުގައި ސާބިތުވެފައިވާ ކަމަށް އީރާނުން ބުނޭ

ރާއްޖެ އެމްވީ | 7 އޯގަސްޓު 2025 | ބުރާސްފަތި 11:13
ތެހެރާންގެ ދެކުނުގައި އޮންނަ ޕަކްދާޝްތުގެ ބިންމަތިން ފެންނަނީ އީރާނުގެ ފުލުހަކާއި ދަންމަޅި އެއްގެ ހިޔަނި

ތެހެރާންގެ ދެކުނުގައި އޮންނަ ޕަކްދާޝްތުގެ ބިންމަތިން ފެންނަނީ އީރާނުގެ ފުލުހަކާއި ދަންމަޅި އެއްގެ ހިޔަނި

އިސްރާއީލަށް ޖާސޫސް ކޮށްދިން ކުށުގައި އީރާނުގައި މީހަކަށް މަރުގެ އަދަބު ދީފިއެވެ.

ޖޫން މަހު އިސްރާއީލާ އެކު ހިނގި 12 ދުވަހުގެ ހަނގުރާމައިގައި، އިސްރާއީލުން ހަމަލާދީ މަރާލި އީރާނުގެ ނިއުކްލިއަރ ސައިންޓިސްޓެއްގެ މައުލޫމާތު އިސްރާއީލަށް ހިއްސާ ކޮށްފައިވާ ކަމަށް ޝަރުޢީ ދާއިރާ އިން ބުނެފައިވެއެވެ.

އީރާނުގެ ޝަރުޢީ ދާއިރާގެ މީޒާން އޮންލައިން ވެބްސައިޓުން ބުނެފައި ވަނީ އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރެވުނީ ޝަރުއީ ހުރިހާ މަރުހަލާ އެއް ނިމި ސުޕްރީމް ކޯޓުން ވެސް ހުއްދަ ލިިބިގެން ކަމުގައެވެ.

އޭނާ މަރާލާފައި ވަނީ ދަންޖައްސައިގެން ކަމަށް ވެސް ބުނެފައި ވެއެވެ.

އޭނާ ހައްޔަރު ކުރެވުނީ ނުވަތަ ޙުކުމް ކުރެވުނީ ކޮން އިރަކުކަން ކަމެއް ސާފެއް ނުވެއެވެ.

ރޫޒްބެހް ވަދީ ނަމަކަށް ކިޔާ މި މީހާ އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުން ރެކްރޫޓް ކުރީ އޮންލައިކޮށް ކަމަށާއި އަދި އޭނާ ވަނީ ސިއްރު މައުލޫމާތު ތަކެއް އިސްރާއީލުގެ ޖާސޫސީ އިދާރާ އަށް ފޯރުކޮށްދީފައި ކަމަށް މީޒާން ނޫހުގައި ވެއެވެ.

ޖޫން މަހުގެ މެދުތެރޭގައި، އިސްރާއީލް އާ އީރާން އާ ދެމެދު ވަނީ ވަރުގަދަ ހަނގުރާމަ އެއް ހިނގާފައެވެ. މިހާތަނަށް ދެ ގައުމުގެ ދެމެދުގައި މިފަދަ ބާރުގަދަ ހަމަލާތަކެއް ފެނިފައި ނުވާ ކަމަށް ރިޕޯޓުއް ބުނެއެވެ. އިރާނާ ދެކޮޅަށް އިސްރާއީލުން ބޮން އަޅަމުން ދިޔަ އިރު އޭގެ ޖަވާބުގައި އިރާނުން މިސައިލްތަކާއި ޑްރޯނު ބޭނުން ކޮށްގެން އީރާނުން ހަމަލާތައް ދިނެވެ.

އިސްރާއީލުގެ ހަމަލާތަކުގައި އިސް އަސްކަރީ ވެރިންނާއި، ނިއުކްލިއަރ ސައިންޓިސްޓުންނާއި، އެތައް ސަތޭކަ ބަޔަކު މަރާލައި، އަސްކަރީ ތަންތަނާއި މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ހަމަލާދީފައިވެއެވެ.

ލޯކަލް މީޑިއިން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 12 ނިއުކްލިއަރ ސައިންޓިސްޓުން މަރުވެފައިވެއެވެ.

ހަނގުރާމައަށް ފަހު އިރާނުން ގެންދަނީ އިސްރާއީލަށް ވާގިވެރިވީ ކަމަށް ތުހުމަތު ކުރެވޭ މީހުން އަތުލައިގަނެ އެމީހުންގެ މައްޗަށް ޝަރީއަތް ހިންގުން އަވަސް ކުރަމުންނެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނާ ގޮތުގައި ޗައިނާ އަށް ފަހު އެންމެ ގިނަ އިން މަރުގެ އަދަބުދޭ ގައުމަކީ އީރާން އެވެ.

އީރާން-އިސްރާއީލްމޮސާޑްރޫޒްބެހް ވަދީނިއުކްލިއަރ ސައިންޓިސްޓުންމަރުގެ އަދަބުޖާސޫސުކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ވެރިކަން ވައްޓާލަން ދެ ފަހަރެއްގެ މަތިން އެމެރިކާ އިން މަސައްކަތް ކުރި ކަމަށް އެއްބަސް ވެއްޖެ

އީރާނުގެ ވެރިކަން ވައްޓާލަން ދެ ފަހަރެއްގެ މަތިން އެމެރިކާ އިން މަސައްކަތް ކުރި ކަމަށް އެއްބަސް ވެއްޖެ

07 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު

މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު

05 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ބޭރުގެ ދުޝްމަނުން އީރާނުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނައީ އަވަހާރަ ކޮށްލަން މަސައްކަތް ކުރާ ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓަރ ވިދާޅުވެއްޖެ

ބޭރުގެ ދުޝްމަނުން އީރާނުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނައީ އަވަހާރަ ކޮށްލަން މަސައްކަތް ކުރާ ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓަރ ވިދާޅުވެއްޖެ

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު