Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އިސްރާއީލުގެ "ޖަންގަލީ ޤާނޫނާ" ދެކޮޅަށް މުސްލިމް ޤައުމުތަކުން ކުރިމަތިލުމަށް އީރާނުގެ ފޮރިން މިނިސްޓަރު ގޮވާލައްވައިފި

އަރަޤްޗީ ވިދާޅުވީ އީރާނުން ހުރިހާ މުސްލިމް ޤައުމުތަކަށް ގޮވާލަނީ އެމެރިކާ އާއި ބައެއް ހުޅަނގުގެ ސަރުކާރުތަކުގެ އެހީތެރިކަމާއެކު އިސްރާއީލު ސަރުކާރުން ތަންފީޒު ކުރަމުންދާ ޖަންގަލީ ޤާނޫނާ ދެކޮޅަށް ހުރިހާ ދާއިރާތަކެއްގައި އެއްބާރުލުން އިތުރުކުރުމަށެވެ.

ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2025 | ހޮނިހިރު 02:52
އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ

އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ

އިސްރާއީލު ސަރުކާރުގެ "ޖަންގަލީ ޤާނޫނު" އާ މުސްލިމު ގައުމުތަކުން ގުޅިގެން ކުރިމަތިލުމަށް އިރާނުގެ ޚާރިޖީ ވަޒީރު ގޮވާލައްވައިފިއެވެ.

އަރަޤްޗީ ވިދާޅުވީ އީރާނުން ހުރިހާ މުސްލިމް ޤައުމުތަކަށް ގޮވާލަނީ އެމެރިކާ އާއި ބައެއް ހުޅަނގުގެ ސަރުކާރުތަކުގެ އެހީތެރިކަމާއެކު އިސްރާއީލު ސަރުކާރުން ތަންފީޒު ކުރަމުންދާ ޖަންގަލީ ޤާނޫނާ ދެކޮޅަށް ހުރިހާ ދާއިރާތަކެއްގައި އެއްބާރުލުން އިތުރުކުރުމަށެވެ.

އަރަބި ޓްވެންޓީވަން ނިއުސް ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގައި، އޭނާ މުސްލިމް އަދި ހުޅަނގު އޭޝިއާގެ ޤައުމުތަކަށް ގޮވާލެއްވީ ހަނގުރާމައާއި މަރާއި އަނިޔާ ހުއްޓުވުމަށާއި، ފަލަސްޠީނުގައި އަދި މުޅި ސަރަޙައްދުގައި އިސްރާއީލުގެ ރޭވުންތަކާ ދެކޮޅަށް ވަގުތުން ފިޔަވަޅު އެޅުމަށެވެ.

އިރާނުގެ މިނިސްޓަރު ފާހަގަކުރެއްވީ މިހާތަނަށް ފަލަސްތީނާ ގުޅޭގޮތުން ބޭއްވުނު ގިނަ އަރަބި، އިސްލާމީ އަދި ބައިނަލްއަޤްވާމީ ބައްދަލުވުންތަކުން ނަތީޖާ ނުނެރެވޭކަމެވެ. އޭނާ ވިދާޅުވީ ފަލަސްތީނު ރައްޔިތުންނަށް ހަމައެކަނި ބަސްތަކެއް ބޭނުމެއް ނޫންކަމަށާއި، އޭގެ ބަދަލުގައި ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާނީ ކާނާ އާއި ބޭހާއި، އެމީހުންނަށް ކުރިމަތިވަމުންދާ އަނިޔާތައް ނިމުމަކަށް ގެނައުން ކަމަށެވެ.

އަރަޤްޗީ ވިދާޅުވީ ގަތަރުގައި ތިބި ފަލަސްތީނުގެ ހަމާސްގެ ސިޔާސީ ލީޑަރޝިޕަށް އިސްރާއީލުން ދާދި ފަހުން ދިން އަނިޔާވެރި ހަމަލާތަކަކީ އިރާނުގެ ސައިންޓިސްޓުންނާއި ސިޔާސީ ވެރިންނާ ދެކޮޅަށް އެ ސަރުކާރުން ދިން އެފަދަ ހަމަލާތަކާއި ޓެރަރިސްޓް ޢަމަލުތައް ހަނދާންކޮށްދޭ ކަމެއް ކަމަށެވެ.

މި ހަމަލާތަކަކީ ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އިރާން، ލުބުނާން، ފަލަސްތީން، ސީރިއާ އަދި ފަލަސްތީނު އަދި ލުބުނާނުގެ ހިޒްބުﷲ ގެ ލީޑަރުންނާ ދެކޮޅަށް އިސްރާއީލުން ހިންގި ޖަރީމާތަކާ އެއްގޮތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ މިފަދަ ޢަމަލުތަކުން ދައްކުވައިދެނީ އިސްރާއީލު ސަރުކާރުން އެއްވެސް ރަތް ރޮނގަކަށް އިޙްތިރާމް ނުކުރާކަމެވެ.

ޖޫން 13 ގައި އިސްރާއީލުން އިރާނާ ދެކޮޅަށް އަމިއްލަ އަށް ހަނގުރާމައެއް ފަށާ، ގިނަ އަދަދެއްގެ އިސް މިލިޓަރީ ކޮމާންޑަރުންނާއި، ނިއުކްލިއަރ ސައިންޓިސްޓުންނާއި، އާންމު ރައްޔިތުން މަރާލިއެވެ.

ސެޕްޓެމްބަރ 9 ގައި އިސްރާއީލުން ދޯހާގައި ހުރި ހަމާސްގެ މައި މަރުކަޒަށް ވައިގެ ހަމަލާތަކެއް ދީ، ހަމާސްގެ ބައެއް މެންބަރުންނާއި ގަތަރުގެ ސެކިއުރިޓީ އޮފިސަރެއްގެ ފުރާނަ ދުއްވާލިއެވެ.

ގަތަރަކީ ހަމާސް އާއި އިސްރާއީލާ ދެމެދު މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ މުހިންމު ސަރަޙައްދީ ޤައުމެކެވެ. މި މުހިންމު ދައުރު ގަތަރުން އަދާ ކުރަމުން ގެންދަނިކޮށް އިސްރާއީލުން އަނެއްކާ ވެސް އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ، ސެޕްޓެމްބަރ 10 ގައި ބިރުދެއްކީ ގަތަރުން ހަމާސްގެ މެމްބަރުން "ބޭރުނުކުރާނަމަ" އަނެއްކާވެސް ހަމަލާދޭން ފަސްނުޖެހޭނެ ކަމަށެވެ.

ސީރިއާ ގެ ސަރަހައްދުތަކަށް ހަމަލާދީ އޮކިއުޕައިޑް ގޯލަން ހައިޓްސްގައި ސީރިއާ ބައިބައިކޮށް ސީރިއާގެ ބިންތައް ހިސޯރުކޮށް އިސްރާއީލުން ގެންގުޅޭ އެ ގައުމު ފުޅާ ކުރުމުގެ ސިޔާސަތުގެ ނުރައްކާތެރިކަމުގެ އިންޒާރު އަރަޤްޗީ ދެއްވިއެވެ.

އީރާން-އިސްރާއީލްއައްބާސް އަރަޤްޗީހަމާސްފަލަސްތީނުގަތަރުބެންޖަމިން ނަތަންޔާހޫ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
އީރާނުގެ ވެރިކަން ވައްޓާލަން ދެ ފަހަރެއްގެ މަތިން އެމެރިކާ އިން މަސައްކަތް ކުރި ކަމަށް އެއްބަސް ވެއްޖެ

އީރާނުގެ ވެރިކަން ވައްޓާލަން ދެ ފަހަރެއްގެ މަތިން އެމެރިކާ އިން މަސައްކަތް ކުރި ކަމަށް އެއްބަސް ވެއްޖެ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު