Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިސްރާއީލް

އިސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ އެތައް ސިއްރެއް އީރާނުން ފަޅާ އަރުވާލައިފި

އިޒްރޭލުގެ ނިއުކްލިއަރ ހަރަކާތްތަކުގެ ސިއްރު ލިޔެކިޔުންތައް އީރާނުން ހޯދައި، އެ މަޢުލޫމާތުތަކުގެ ޑޮކިއުމެންޓްރީއެއް އާންމުކޮށްފިއެވެ. މި ސިއްރު މަޢުލޫމާތުތައް ހޯދީ އިސްރާއީލު މީހުންނަށް މަދު ފައިސާކޮޅެއް ދީގެން ކަމަށް ބުނާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ޖާސޫސީ ހަނގުރާމައިގެ އާ ބާބެކެވެ.

ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 13:22
އިސްރާއީލުން ސިއްރިއްޔާތުގައި ތަރައްގީ ކޮށްފައިވާ ޑިމޮނާ ނިއުކްލިއާ ފެސިލިޓީގެ މަންޒަރެއް

އިސްރާއީލުން ސިއްރިއްޔާތުގައި ތަރައްގީ ކޮށްފައިވާ ޑިމޮނާ ނިއުކްލިއާ ފެސިލިޓީގެ މަންޒަރެއް

އިސްރާއީލުގެ ނިއުކްލިއަރ ހަރަކާތްތަކާ ގުޅުންހުރި ކަމަށް ބުނާ ސިއްރު ލިޔުންތަކާއި ވީޑިއޯ ތައް އިރާނުގެ ސަރުކާރުގެ ޓީވީން ބުދަ ދުވަހު ދައްކައިފިއެވެ.

އިޒްރޭލަކީ ތެހެރާނުގެ ބޮޑު ދުޝްމަނެކެވެ.

އީރާނުން ހޯދި ސިއްރު ލިޔުންތަކާއި ވީޑިއޯ ތަކާ ބެހޭ ގޮތުން އިސްރާއީލުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެ ޑޮކިއުމެންޓްރީގައި، އިސްރާއީލުގެ ސައިންސްވެރިން ކަމަށް ބުނާ މީޙުން ޕާސްޕޯޓްގެ ކޮޕީތަކާއި، އަސްކަރީ ސަރަހައްދުތައް ހުރި ތަންތަނުގެ މައުލޫމާތުތައް ދައްކާފައިވެއެވެ.

އަދި އިސްރާއީލުގެ ދެކުނުގައިވާ ޑިމޯނާ ރިއެކްޓަރގެ ތެރޭގައި ނަގާފައިވާ ކަމަށް ބުނާ ވީޑިއޯއެއް ވެސް އެ ޑޮކިއުމެންޓްރީ ގައި ދައްކާފައިވެއެވެ. މި ރިއެކްޓަރަކީ، ރަސްމީކޮށް އިޢުލާންކޮށްފައި ނުވިޔަސް، މެދުއިރުމަތީގައި ނިއުކްލިއަރ ހަތިޔާރު ހުރި ހަމައެކަނި ތަން ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ތަނެވެ.

ޑޮކިއުމެންޓްރީ ގައި، އީރާނުގެ ޖާސޫސާ ބެހޭ ވަޒީރު އިސްމާއިލް ޚަޠީބު ވިދާޅުވީ، އިރާނަށް ޖޫން މަހު ލިބުނު މައުލޫމާތު ބޭނުން ކޮށްގެން، އެ މަހު އިސްރާއީލުގެ ތެރޭގައި ހުރި ހައްސާސް ސަރަހައްދުތަކަށް ހަމަލާދީފައިވާ ކަމަށެވެ.

އިރާނުގެ އޮފިޝަލުން މީގެ ކުރިން ބުނެފައި ވަނީ، ހަނގުރާމަ ފެށުމުގެ ކުރިން، ނިއުކްލިއަރ އަދި އަސްކަރީ ސަރަހައްދުތަކުގެ ތަފްޞީލްތައް ވެސް ހިމެނޭ ގޮތަށް، އިސްރާއީލުގެ އެތައް ހާސް ސިއްރު ލިޔެކިޔުންތަކެއް ހޯދާފައިވާ ކަމަށެވެ.

އަދި މިތަކެތި ހޯދީ އިސްރާއީލު މީހުންނަށް މަދު ފައިސާކޮޅެއް ދީގެން ކަމަށް ވެސް އީރާނުން ބުނެފައިވެއެވެ.

މި ޑޮކިއުމެންޓްރީގައި، އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައި.އޭ.އީ.އޭ) ގެ ވެރިޔާ ރަފައެލް ގްރޮސީގެ ފޮޓޯތަކެއް ވެސް ހިމެނެއެވެ.

ޑޮކިއުމެންޓްރީގައި ބުނެފައިވަނީ މި ފޮޓޯތައް ހޯދާފައި ވަނީ އިސްރާއީލުން ކަމަށެވެ.

ޖޫން މަހު އިސްރާއީލުން އިރާނަށް ދިން ކުއްލި ހަމަލާއާއެކު 12 ދުވަހުގެ ހަނގުރާމައެއް ފެށުނު ފަހުން، އިރާނުގެ ސިޔާސީ ވެރިން ވަނީ އައި.އޭ.އީ.އޭ. އާއި އެ އެޖެންސީގެ ޑިރެކްޓަރަށް ފާޅުގައި އަމާޒުކޮށް، އެ ދެ ފަރާތުން ބައެއް ކަންކަމުގައި އިސްރާއީލްއާ ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.

އިސްރާއީލުން އަދި، ފަހުން އެމެރިކާ އިން، އިރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ދިން ހަމަލާތައް ކުށްވެރިނުކުރުމުން، ތެހެރާނުން ވަނީ އެ އެޖެންސީ އަށް ފާޑުކިޔާފައެވެ.

މި ޑޮކިއުމެންޓްރީ ދެއްކީ، އިސްލާމިކް ރިޕަބްލިކްގެ ނިއުކްލިއަރ ހަރަކާތްތަކާ މެދު އިރާނާއި ހުޅަނގުގެ ގައުމުތަކާ ދެމެދު އަނެއްކާ ވެސް ހޫނު ބަހުސެެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާ އާއި އިސްރާއީލް އާއި ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރަނީ އިރާނުން ނިއުކްލިއަރ ހަތިޔާރު ހޯދަން މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް ތެހެރާނުން ވަނީ މި ދަޢުވާތައް ވަރަށް ބޮޑަށް ދޮގުކޮށް، އެ ގައުމުގެ އެޓޮމިކް ޕްރޮގްރާމަކީ ހަމައެކަނި މަދަނީ ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށް ބުނެފައެވެ.

އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ އެ ގައުމު ދެމިއޮތުމަށް އޮތް ބިރެއްގެ ގޮތުގައި ދެކެއެވެ.

އިރާނާއި އިސްރާއީލްއާ ދެމެދު ޖާސޫސު ކުރުމުގެ ބޮޑު ހަނގުރާމައެއް ހިނގަމުން އަންނަތާ އެތައް އަހަރެއްވެއްޖެއެވެ. އަދި ދެ ގައުމުން ވެސް ޖާސޫސް ކުރި ކަމުގެ ތުހުމަތުގައި އެތައް ބަޔަކު ހައްޔަރު ކޮށް ބޮޑެތި އަދަބުތައްވެސް އަންނަނީ ދެމުންނެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އިސްރާއީލްނިއުކްލިއަރ ހަތިޔާރުޑެމޯނާ ރިއެކްޓަރއިސްމާއިލް ޚަތީބުރަފައެލް ގްރޮސްއައިއޭއީއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ވެރިކަން ވައްޓާލަން ދެ ފަހަރެއްގެ މަތިން އެމެރިކާ އިން މަސައްކަތް ކުރި ކަމަށް އެއްބަސް ވެއްޖެ

އީރާނުގެ ވެރިކަން ވައްޓާލަން ދެ ފަހަރެއްގެ މަތިން އެމެރިކާ އިން މަސައްކަތް ކުރި ކަމަށް އެއްބަސް ވެއްޖެ

07 ޑިސެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
ބޭރުގެ ދުޝްމަނުން އީރާނުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނައީ އަވަހާރަ ކޮށްލަން މަސައްކަތް ކުރާ ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓަރ ވިދާޅުވެއްޖެ

ބޭރުގެ ދުޝްމަނުން އީރާނުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނައީ އަވަހާރަ ކޮށްލަން މަސައްކަތް ކުރާ ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓަރ ވިދާޅުވެއްޖެ

23 ނޮވެމްބަރު 2025
ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި

ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި

10 ނޮވެމްބަރު 2025
ރަޝިޔާ އިން ވެސް ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރާނެ ކަމަށް ބުނެ، ޓްރަމްޕް އަށް ރައްދު ދީފި

ރަޝިޔާ އިން ވެސް ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރާނެ ކަމަށް ބުނެ، ޓްރަމްޕް އަށް ރައްދު ދީފި

31 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު