Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ބޭރުގެ ދުޝްމަނުން އީރާނުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނައީ އަވަހާރަ ކޮށްލަން މަސައްކަތް ކުރާ ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓަރ ވިދާޅުވެއްޖެ

23 ނޮވެމްބަރު 2025 | އާދީއްތަ 13:53

އެމެރިކާ އާއި އިސްރާއީލުން އީރާނުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނައީ އަވަހާރަކޮށްލަން މަސައްކަތްކުރާ ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން ހާމަކޮށްފި އެވެ. 86 އަހަރުގެ ޚާމަނައީ ނެތިއްޖެނަމަ ޤައުމުގެ މުއައްސަސާތައް އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަކުރާނެ ކަމުގެ ބިރު އެބައޮތް ކަމަށް އީރާނުގެ ރައީސް ވަނީ ވިދާޅުވެފައި.

ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2025 | އާދީއްތަ 13:53
އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ

އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ

އެމެރިކާ އާއި އިސްރާއީލު ހިމެނޭހެން ބޭރުގެ ދުޝްމަނުން، އީރާނުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނައީ އަވަހާރަ ކޮށްލަން މަސައްކަތް ކުރާ ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން ބުނެފި އެވެ.

މިއީ އީރާނުގެ ހަމަޖެހުން ނަގާލުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އީރާނުގެ އައި.އެސް.އެން.އޭ ނޫސް އެޖެންސީން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންޓެލިޖެންސް މިނިސްޓަރު އިސްމާޢީލް ޚަތީބް ވިދާޅުވީ "ދުޝްމަނުން މަސައްކަތް ކުރަނީ އެންމެ މަތީ ވެރިޔާ އަވަހާރަކޮށްލުމަށް،" ކަމަށެވެ.

މިނިސްޓަރު އިޝާރާތް ކުރެއްވީ ކޮން ހާދިސާ އަކަށް ކަން ސާފު ނުވި ނަމަވެސް، އީރާނުގެ އޮފިޝަލުން ގިނަ ފަހަރަށް ބޭރުގެ ރޭވުންތަކުގެ ވާހަކަ މީގެ ކުރިން ވެސް ހާމަ ކުރާކަން ފާހަގަ ކުރެވެއެވެ. ޖޫން މަހު އިސްރާއީލާއި އީރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ކުރިން ޚާމަނައީގެ ފުރާނަފުޅަށް ހުރި ނުރައްކާތަކާ ގުޅޭގޮތުން ވެސް އީރާނުގެ އިސް އޮފިޝަލުން ވަނީ ވާހަކަ ދައްކާފަ އެވެ.

"މިކަން މިގޮތަށް ކުރާ މީހުންނަކީ، އެނގިގެން ނުވަތަ ނޭނގި ނަމަވެސް، ދުޝްމަނުންގެ އެޖެންޓުން،" ޚަތީބް ވިދާޅުވިއެވެ. އޭނާ ވަނީ ސީދާ އިސްރާއީލާއި އެމެރިކާ އަށް އިޝާރާތް ކުރައްވާފައެވެ.

މި އަހަރުގެ ކުރީކޮޅު ހިނގި ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން ވަނީ އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންނާއި، ނިއުކްލިއާ ސައިންސްވެރިންނާއި، ނިއުކްލިއާ ސައިޓުތަކުގެ އިތުރުން މީހުން ދިރިއުޅޭ ސަރަޙައްދުތަކަށްވެސް އަމާޒުކޮށް ހަމަލާ ދީފަ އެވެ. އަދި އޭގެ ފަހުން އެމެރިކާ އިން ވަނީ މުހިންމު ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާދީފައެވެ.

އީރާނާއި އިސްރާއީލާ ދެމެދު ހަމަނުޖެހުން އިތުރަށް ބޮޑުވެދާނެ ކަމުގެ ކަންބޮޑުވުމާ ހެދި އެންމެ މަތީ ވެރިޔާ އަވަހާރަކޮށްލުމަށް އިސްރާއީލުން ހުށަހެޅި ޕްލޭނެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވީޓޯ ކުރެއްވި ކަމަށް ހަނގުރާމައިގެ ތެރޭގައި ދެކެވުނު ވާހަކަތަކާ ގުޅޭގޮތުން ސުވާލު ކުރުމުން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަން ދޮގު ކުރި ނަމަވެސް، އެ ފިޔަވަޅުގެ ސަބަބުން "ހަނގުރާމަ ނިމުމަކަށް އަންނާނެ" ކަމަށް އޭނާ އޭރު އޮތީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޓްރަމްޕް ވެސް ވިދާޅުވެފައި ވަނީ އީރާނުގެ އެންމެ މަތީ ވެރިޔާއަކީ "ވަރަށް ފަސޭހަ އަމާޒެއް" ކަމަށާއި އަދި މިވަގުތައް އޭނާ އަވަހާރަ ނުކޮށްލާނެ ކަމަށެވެ.

ޢުމުރުފުޅުން 86 އަހަރުގެ ޚާމަނައީ އަކީ 1989 ވަނަ އަހަރުން ފެށިގެން އީރާނުގެ އެންމެ މަތީ ވެރިޔާއެވެ. އަދި ޤައުމުގެ ހުރިހާ ކަމެއްގައި ވެސް އެންމެ ފަހު ބަސް ވިދާޅުވުން އޮންނަނީ އޭނާއަށެވެ.

މި މަހުގެ ކުރީކޮޅު އީރާނުގެ ރައީސް މަސްޢޫދު ޕެޒިޝްކިއާން ވިދާޅުވެފައި ވަނީ، ހަނގުރާމައިގެ ދުވަސްވަރު ޚާމަނައީ ގެ ފުރާނަފުޅާ މެދު ވަކިން ޚާއްޞަކޮށް ކަންބޮޑުވެވަޑައިގެންނެވި ކަމަށާއި، އޭނާ ނެތިއްޖެ ނަމަ ޤައުމުގެ މުއައްސަސާތައް "އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ކުރަން ފަށައިފާނެ" ކަމުގެ ބިރު ހީވި ކަމަށެވެ.

އީރާން-އިސްރާއީލްޢަލީ ޚަމަނާއީމަސްއޫދު ޕެޒެޝްކިއާން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

އީރާނުގެ ވެރިކަން ވައްޓާލަން ދެ ފަހަރެއްގެ މަތިން އެމެރިކާ އިން މަސައްކަތް ކުރި ކަމަށް އެއްބަސް ވެއްޖެ

07 ޑިސެމްބަރު 2025
އީރާނުގެ ވެރިކަން ވައްޓާލަން ދެ ފަހަރެއްގެ މަތިން އެމެރިކާ އިން މަސައްކަތް ކުރި ކަމަށް އެއްބަސް ވެއްޖެ
07 ނޮވެމްބަރު 2025

އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް ނައްތާލެވޭނެތޯ އިރާނުން ސުވާލުކުރާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

07 ނޮވެމްބަރު 2025
އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް ނައްތާލެވޭނެތޯ އިރާނުން ސުވާލުކުރާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
21 އޮކްޓޯބަރު 2025

ޚާމަނާއީ ޓްރަމްޕް އަށް: ހުވަފެން ބެލުމުގައި ހުރޭ

21 އޮކްޓޯބަރު 2025
ޚާމަނާއީ ޓްރަމްޕް އަށް: ހުވަފެން ބެލުމުގައި ހުރޭ
28 ސެޕްޓެމްބަރު 2025

އީރާންގެ ހުރިހާ ޔުރޭނިއަމް ހަވާލު ކުރުމަށް އެމެރިކާ އިން އެދިއްޖެ: އީރާންގެ ރައީސް ޕެޒެޝްކިއާން

28 ސެޕްޓެމްބަރު 2025
އީރާންގެ ހުރިހާ ޔުރޭނިއަމް ހަވާލު ކުރުމަށް އެމެރިކާ އިން އެދިއްޖެ: އީރާންގެ ރައީސް ޕެޒެޝްކިއާން
25 ސެޕްޓެމްބަރު 2025

އިސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ އެތައް ސިއްރެއް އީރާނުން ފަޅާ އަރުވާލައިފި

25 ސެޕްޓެމްބަރު 2025
އިސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ އެތައް ސިއްރެއް އީރާނުން ފަޅާ އަރުވާލައިފި
13 ސެޕްޓެމްބަރު 2025

އިސްރާއީލުގެ "ޖަންގަލީ ޤާނޫނާ" ދެކޮޅަށް މުސްލިމް ޤައުމުތަކުން ކުރިމަތިލުމަށް އީރާނުގެ ފޮރިން މިނިސްޓަރު ގޮވާލައްވައިފި

13 ސެޕްޓެމްބަރު 2025
އިސްރާއީލުގެ "ޖަންގަލީ ޤާނޫނާ" ދެކޮޅަށް މުސްލިމް ޤައުމުތަކުން ކުރިމަތިލުމަށް އީރާނުގެ ފޮރިން މިނިސްޓަރު ގޮވާލައްވައިފި
19 އޯގަސްޓު 2025

އިސްރާއީލާއެކު ހަނގުރާމަ އަލުން ކޮންމެ ވަގުތެއް ގައި ވެސް ފެށިދާނެ ކަމަށް އީރާނުން އިންޒާރު ދީފި

19 އޯގަސްޓު 2025
އިސްރާއީލާއެކު ހަނގުރާމަ އަލުން ކޮންމެ ވަގުތެއް ގައި ވެސް ފެށިދާނެ ކަމަށް އީރާނުން އިންޒާރު ދީފި
07 އޯގަސްޓު 2025

އިސްރާއީލަށަ ޖާސޫސު ކޮށްދީގެން އީރާނުގައި މީހަކަށް މަރުގެ އަދަބު ދީފި

07 އޯގަސްޓު 2025
އިސްރާއީލަށަ ޖާސޫސު ކޮށްދީގެން އީރާނުގައި މީހަކަށް މަރުގެ އަދަބު ދީފި
04 އޯގަސްޓު 2025

އީރާން އިން ޤައުމީ ދިފާއީ ކައުންސިލެއް އުފައްދައިފި

04 އޯގަސްޓު 2025
އީރާން އިން ޤައުމީ ދިފާއީ ކައުންސިލެއް އުފައްދައިފި
12 ޖުލައި 2025

ގަތަރުގައި އޮންނަ އެމެރިކާގެ އަލް އުދައިދް އަސްކަރީ މަރުކަޒަށް އަލުން ހަމަލާ ދީފާނެ ކަމުގެ އިންޒާރު އީރާނުގެ ލީޑަރު ދެއްވައިފި

12 ޖުލައި 2025
ގަތަރުގައި އޮންނަ އެމެރިކާގެ އަލް އުދައިދް އަސްކަރީ މަރުކަޒަށް އަލުން ހަމަލާ ދީފާނެ ކަމުގެ އިންޒާރު އީރާނުގެ ލީޑަރު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް