Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްޑީސީ

ސިޔާސަތެއް އޮތް ނަމަ އެޗްޑީސީގެ ޚަރަދު ހަމަޖައްސަން 1 ބިލިއަން ރުފިޔާ ބަޖެޓުން ބޭރުން ދޭކަށް ނުޖެހުނީސް: ޑރ.ޝަމްހީދު

ހުޅުމާލެއަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ބެލެނިވެރި ފަރާތް ސާފުނުވުން ކަމަށާއި ހުޅުމާލެ އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތުމުން ފަޅު މެނޭޖްކުރާނެ ބައެއް ނެތް ކަމަށް ޝަމްހީދު ވިދާޅުވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 ޑިސެމްބަރު 2025 | އަންގާރަ 07:54
 ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު، ޑރ. އަޙްމަދު ޝަމްހީދު ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު، ޑރ. އަޙްމަދު ޝަމްހީދު ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ސިޔާސަތެއް އޮތް ނަމަ އެޗްޑީސީގެ ޚަރަދު ހަމަޖައްސަން 1 ބިލިއަން ރުފިޔާ ބަޖެޓުން ބޭރުން ދޭކަށް ނުޖެހުނީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު، ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ދާދިފަހުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އެޗްޑީސީ އާއި ގުޅުން ހުރި ކަންކަން ވެސް ނިންމަވަނީ ވަރަށް ރަނގަޅަށް ކަންކަން ބެލުމަށް ފަހު، ރަނގަޅަށް ހިސާބުޖައްސަވައިގެން ކަމަށް ވިދާޅުވެފަ އެވެ. އެކަމަށް އިޝާރާތްކުރައްވާ ޝަމްހީދު ވިދާޅުވީ ރައީސް އެހެން ވިދާޅުވި ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަމަށެވެ. ސަރުކާރަށް ފްލެޓްތައް އަގުހެޔޮ ކުރުމުން އެޗްޑީސީ އަށް ލިބޭ ގެއްލުން ރޭކާލީ މާ ފަހުން ކަަމަށް އޭނާ ވިދާޅުވިއެވެ.

"އާ ފްލެޓްތައް އަޅަން ހުރި ފައިސާ މި ދެނީ އަގު ހެޔޮކުރުމުން ލިބުނު ގެއްލުން ފޫބައްދާ ދޭން. އެހެންވީމަ އާ ފްލެޓެއް ނޭޅުނު ރައްޔިތުންނަކަށް މި އަހަރު ނިމުނު އިރު. ބަޖެޓު ނެތުނީމަ އެއް ނޫން އެނގޭނީ ކަންކަން ރާވާ ނަމަ ބޭނުންވާ ވަރަށް ފައިސާ ނެތްކަން" ޝަމްހީދު ވިދާޅުވި އެވެ.

ހުޅުމާލެ އަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލަ އަކީ ހުޅުމާލޭގެ ބެލެނިވެރި ފަރާތް ސާފު ނުވުން ކަމަށް އޭނާ ވިދާޅުވި އެވެ. އެތަނުގެ ވަށައިގެން އޮތް ކަނޑުގެ އިހްތިޞާސް އޮތީ އެޗްޑީސީގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ. އެހެން އެކަން އޮތުމުން ހުޅުމާލެ ފަޅު މެނޭޖް ކުރާނެ ބައެއް ނެތް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. ހުޅުމާލެ އަކީ ކުންފުންޏެއްގެ ބެލުމުގެ ދަށުގައި އޮތް ތަނަކަށް ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޗްޑީސީގެ ތަންތަކީ ރިއަލް އެސްޓޭޓް އުސޫލުން ހުރި ތަންތަން. ހުޅުމާލެ މަގުތަކަކީ އެޗްޑީސީ ބިމަށް ވެގެން ނުވާނެ.  ޕާކާއި ފަޅަކީ އެޗްޑީސީ ތަންތަނަށް ވެގެން ނުވާނެ." ޑރ.ޝަމްހީދު ވިދާޅުވި އެވެ.

އެޗްޑީސީ އަށް ބޮޑު ގެއްލުމެއް ވެފައި ވަނިކޮށް އެޗްޑީސީ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި 18،600ރ. ދޭން މި ހަފްތާގައި ވަނީ ފަށާފަ އެވެ. 

އެޗްޑީސީޑރ. އަހުމަދު ޝަމްހީދު

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު

21 ޑިސެމްބަރު 2025
ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު
20 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުތައް

20 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުތައް
19 ޑިސެމްބަރު 2025

ރިޔާސީ އިންތިޚާބުގައި ހިޔާ ފްލެޓުގެ ވެރިންނަށް މުއިއްޒު ދެއްވަން ވިދާޅުވި ދެ ލައްކަ ރުފިޔާގެ ވާހަކަ އަނެއްކާ ވެސް ފެންމަތިވެއްޖެ، މިފަހަރު ވެސް އެ ދެއްވީ ޔަގީން ކަން

މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް

19 ޑިސެމްބަރު 2025
މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް
18 ޑިސެމްބަރު 2025

ހިޔާ ފްލެޓް ތަކަށް ދައްކަން ޖެހޭ ޖުރިމަނާ ފައިސާ މުއިއްޒު މާފު ކޮށްދެއްވައިފި

18 ޑިސެމްބަރު 2025
ހިޔާ ފްލެޓް ތަކަށް ދައްކަން ޖެހޭ ޖުރިމަނާ ފައިސާ މުއިއްޒު މާފު ކޮށްދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު