Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިޔާ ފްލެޓް

ރިޔާސީ އިންތިޚާބުގައި ހިޔާ ފްލެޓުގެ ވެރިންނަށް މުއިއްޒު ދެއްވަން ވިދާޅުވި ދެ ލައްކަ ރުފިޔާގެ ވާހަކަ އަނެއްކާ ވެސް ފެންމަތިވެއްޖެ، މިފަހަރު ވެސް އެ ދެއްވީ ޔަގީން ކަން

ރައީސް މުއިއްޒު ވަނީ ރައީސް ކަމަށް ވަޑައިގަތުމަށް ކުރި ކެމްޕޭން ގައި ހިޔާ ފްލެޓުގެ ވެރިންނަށް ދެ ލައްކަ ރުފިޔާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. 2023 ވަނަ އަހަރުގެ ޑިސެމްބަރު 5 ވަނަ ދުވަހު ކެބިނެޓުގައި މަޝްވަރާ ކުރައްވައި ފްލެޓްތަކުގެ އަގުން ދެ ލައްކަ ރުފިޔާ އުނިކޮށްދެއްވުމަށާއި މަހަކު ދައްކާ ކުލި ކުޑަކޮށްދެއްވުމަށް ނިންމެވި ކަމަށް ވިދާޅުވެފައި ވާއިރު، މިއަދާ ހަމައަށް އައިއިރު ވެސް އެ ފައިސާ ފްލެޓު ލިބުނު ފަރާތްތަކަށް ނުލިބެ އެވެ. މި މަހުގެ 18 ވަނަ ދުވަހު ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެ ފައިސާ ދިނުމުގެ ކަން ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އަނެއްކާ ވެސް ދެއްވާފައެވެ.

ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2025 | ހުކުރު 14:12
ހިޔާ އަދި ވިނަރެސް ފްލެޓްތަކުގެ އަގުގެ ގޮތުގައި ދައްކާ އަދަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ކަން އިއުލާނު ކުރެއްވުމަށް ބޭއްވި ނޫސް ކޮންފަރެންސް - 5 ޑިސެމްބަރު 2023

ހިޔާ އަދި ވިނަރެސް ފްލެޓްތަކުގެ އަގުގެ ގޮތުގައި ދައްކާ އަދަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ކަން އިއުލާނު ކުރެއްވުމަށް ބޭއްވި ނޫސް ކޮންފަރެންސް - 5 ޑިސެމްބަރު 2023

ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލު ކުރައްވާ، ހިޔާ ފްލެޓުގެ ވެރިންނަށް ދެއްވަން ވައުދުވެފައި އޮތް ދެ ލައްކަ ރުފިޔާ ގެ ކަންތައް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭން ގައި މުއިއްޒު ވަނީ ހިޔާ ފްލެޓުގެ ވެރިންނަށް ދެ ލައްކަ ރުފިޔާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެ ފައިސާ އަކީ ހިޔާ ފްލެޓުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށާއި އިންޓީރިއާ އަށް ފްލެޓުގެ ވެރިން ކުރި ހޭދައިގެ ބަދަލެއް ގެ ގޮތުން ދޭ ފައިސާ ކަމަށް ވެސް ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިި ކަމާ ބެހޭ ގޮތުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ކެބިނެޓު ގައި މަޝްވަރާ ކޮށް އެ ފްލެޓަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ އިން ކެނޑޭ ގޮތަށް މަހުން މަހަށް ދައްކާ ފައިސާ އިން އެބައި އުނިވާ ގޮތަށް ހެދުމަށް ނިންމި ކަމަށް ވެސް ރައީސް އޮފީހުން އޮތީ ހާމަ ކޮށްފަ އެވެ.

އަދި އެކަމާ ބެހޭ ގޮތުން ރައީސް މުއިއްޒު ހަމަ އެ ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއް ގައި ވިދާޅުވީ ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް އަމިއްލަ ފަރުދުންގެ އަތުން އާންމުކޮށް ދެ ލައްކަ ރުފިޔާ ޚަރަދު ވެފައިވާ ކަމަށް ކަނޑައަޅައި، ފްލެޓްތަކުގެ އަގުން ދެ ލައްކަ ރުފިޔާ އަށްވާ މިންވަރު އުނިކޮށްދެއްވަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން އެ ދުވަހު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ފަހު، އޭރު ހަދާފައިވާ 7 އަހަރު ދުވަހުގެ އެއްބަސްވުމުގައިވާ މަހަކު 5,300 ރުފިޔާގެ ކުލި، މަހަކު 3,984 ރުފިޔާ 21 ލާރި އަށް ކުޑަކޮށްދެއްވުމަށް ނިންމަވާފައިވާކަން މުއިއްޒު ހާމަ ކުރެއްވިއެވެ.

މީގެ އިތުރުން ވިނަރެސް ފްލެޓްތަކުގެ އަގު ކުޑަކުރުމަށް ވެފައިވާ ވަޢުދާ އެއްގޮތައް އެތަނުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 އިންސައްތަ ކުޑަކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ނިންމަވާފައިވާ ކަމަށާއި، މަހުން މަހަށް ދައްކާ އަދަދުން އާންމު ގޮތެއްގައި 4,200 ރުފިޔާ އުނިކޮށްދިނުމަށް ނިންމަވާފައިވާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެހެން ނަމަވެސް، މި ޑިސެމްބަރު މަހުގެ 18 ވީ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއް ގެ ރައްޔިތުންނާ އެކު މުއިއްޒު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ހިޔާ ފްލެޓު ލިބުނު ފަރާތަކުން ބުނީ އެ ވިދާޅުވި ދެ ލައްކަ ރުފިޔާ އަށް ވީ ގޮތެއް އަދިވެސް ނޭނގޭ ކަމަށާއި އެ ފައިސާ ދީ ޚަލާސް ކުރާ ގޮތެއް ފްލެޓު ލިބިފައިވާ އެއްވެސް ފަރާތަކަށް އެނގިފައި ނުވާ ކަމަށެވެ. 

ހިޔާ ފްލެޓްތަކުގެ މިލްކުވެރިންނަށް ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ދެއްވުމަށް ވިދާޅުވިކަން މުއިއްޒު ވަނީ މި ބައްދަލުވުމުގައި ތަކުރާރު ކުރައްވާފަ އެވެ. އަދި އެކަން އެ ގޮތަށް ކުރެއްވުމަށް އެޗް.ޑީ.ސީ އަށް ދަންނަވާފައިވާނެ ކަމަށާ، އެކަމަށްޓަކަައި އެގްރީމަންޓަށް ގެންނަ ބަދަލާއެކު، ދެ ލައްކަ ރުފިޔާ އުނިކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީން ކަން އަނެއްކާ ވެސް ދެއްވި އެވެ. ފައިސާ ޚަލާސް ނުކުރެވި ހުރި ފަރާތްތަކުގެ ތަފްސީލުތައް ލިބުނުހާ އަވަހަށް، އެކަމުގައި ކުރިއަށް ދެވޭނެ ގޮތެއްވެސް ބައްލަވާނެ ކަމުގައި މުއިއްޒު ވިދާޅުވި އެވެ.

ހިޔާ ފްލެޓްވިނަރެސް ފްލެޓްއެޗްޑީސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް

މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް

19 ޑިސެމްބަރު 2025
ރައީސް މުއިއްޒު ބޮޑު ކުރި ގެދޮރުވެރިޔާ ފުލެޓުގެ ކުއްޔާއި، ނަގަން ނިންމި އެޑްވާންސަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވެއްޖެ، ކުލި ކުޑަވާނެ ދުވަހެއް ވިދާޅެއް ނުވޭ

ރައީސް މުއިއްޒު ބޮޑު ކުރި ގެދޮރުވެރިޔާ ފުލެޓުގެ ކުއްޔާއި، ނަގަން ނިންމި އެޑްވާންސަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވެއްޖެ، ކުލި ކުޑަވާނެ ދުވަހެއް ވިދާޅެއް ނުވޭ

19 ޑިސެމްބަރު 2025
ހިޔާ ފްލެޓް ތަކަށް ދައްކަން ޖެހޭ ޖުރިމަނާ ފައިސާ މުއިއްޒު މާފު ކޮށްދެއްވައިފި

ހިޔާ ފްލެޓް ތަކަށް ދައްކަން ޖެހޭ ޖުރިމަނާ ފައިސާ މުއިއްޒު މާފު ކޮށްދެއްވައިފި

18 ޑިސެމްބަރު 2025
 ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް

ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް

15 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު