Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރ އޮފް ފޮރިން އެފެއަރޒް

ޗައިނާއިން ރާއްޖެ އަށް 1 ބިލިއަން އަށްވުރެ ގިނަ ރުފިޔާ ގެ އެހީ ދޭން ނިންމައިފި

25 ޑިސެމްބަރު 2025 | ބުރާސްފަތި 12:41

ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ 3 މަޝްރޫޢަކަށް 600 މިލިއަން ޔުއާން ނުވަތަ 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވެ އެވެ. އެ މަޝްރޫޢުތަކުގެ ތެރޭގައި ވިލިމާލޭގައި އިމާރާތްކުރާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް، މާލެ-ވިލިމާލެ މަގުތައް ތަރައްޤީކުރުން، އަދި 50 ރަށެއްގެ ކައުންސިލް އިމާރާތްތައް ތަރައްޤީކުރުން ހިމެނެއެވެ.

އަލީ ޝާހީން
އަލީ ޝާހީން | 25 ޑިސެމްބަރު 2025 | ބުރާސްފަތި 12:41
 މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އިބްރާހިމް ޚަލީލް އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގ ޝިއަންހުއާ

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އިބްރާހިމް ޚަލީލް އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގ ޝިއަންހުއާ

ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިއްމު މަޝްރޫޢުތަކަށް އެހީވުމުގެ ގޮތުން ޗައިނާ އިން ރާއްޖެ އަށް 1 ބިލިއަން އަށްވުރެ ގިނަ ރުފިޔާގެ އެހީ ދިނުމަށް ނިންމައިފި އެވެ. 

ބުރާސްފަތި ދުވަހު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެެފެއަރޒް ގައި ބޭއްވި ރަސްމިއްޔާތު ގައި، ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާއިން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިއްމު 3 މަޝްރޫޢަކަށް އެހީވުމުގެ ގޮތުން 600 މިލިއަން ޔުއާން ނުވަތަ ގާތްގަނޑަކަށް 1 ބިލިއަން އަށްވުރެ ގިނަ  ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. އިބްރާހިމް ޚަލީލް އެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގ ޝިއަންހުއާ އެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީ ގެ ދަށުން، ވިލިމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްސިޕް ހޮސްޕިޓަލް މަޝްރޫޢާއި، މާލެ-ވިލިމާލެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޫޢުގެ އިތުރުން 50 ރަށެއްގެ ކައުންސިލް އިމާރާތްތައް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. 

ރާއްޖެ-ޗައިނާޑރ. އިބްރާހިމް ޚަލީލްޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލްތަރައްޤީއަށް އެހީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ
10 ނޮވެމްބަރު 2025

ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި

10 ނޮވެމްބަރު 2025
ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި
29 އޮކްޓޯބަރު 2025

މުއިއްޒު ސަރުކާރުން ޗައިނާ އާއެކު ސޮއި ކޮށްފައިވާ 11 އެއްބަސްވުމުގެ ތަފްސީލު ދޭން ފޮރިން މިނިސްޓްރީން ދެކޮޅުހަދައިފި!

29 އޮކްޓޯބަރު 2025
މުއިއްޒު ސަރުކާރުން ޗައިނާ އާއެކު ސޮއި ކޮށްފައިވާ 11 އެއްބަސްވުމުގެ ތަފްސީލު ދޭން ފޮރިން މިނިސްޓްރީން ދެކޮޅުހަދައިފި!
27 ސެޕްޓެމްބަރު 2025

ރާއްޖޭގެ ރިސޯޓެއްގައި ޑައިވިންގ އަށް ގެންދިޔަ ޗައިނާގެ ފަތުރުވެރިއަކު ކަނޑުމަތީގައި ގިނަ އިރު އޮންނަން މަޖުބޫރުވި ބިރުވެރި ހާދިސާ އެ ގައުމުގެ ސޯޝަލް މީޑިއާ ގައި ފެތުރިއްޖެ

27 ސެޕްޓެމްބަރު 2025
ރާއްޖޭގެ ރިސޯޓެއްގައި ޑައިވިންގ އަށް ގެންދިޔަ ޗައިނާގެ ފަތުރުވެރިއަކު ކަނޑުމަތީގައި ގިނަ އިރު އޮންނަން މަޖުބޫރުވި ބިރުވެރި ހާދިސާ އެ ގައުމުގެ ސޯޝަލް މީޑިއާ ގައި ފެތުރިއްޖެ
04 ސެޕްޓެމްބަރު 2025

ޗައިނާއަށް ކުރެއްވި ދަތުރަށްފަހު މުއިއްޒު ރާއްޖެ ވަޑައިގެންފި

04 ސެޕްޓެމްބަރު 2025
ޗައިނާއަށް ކުރެއްވި ދަތުރަށްފަހު މުއިއްޒު ރާއްޖެ ވަޑައިގެންފި
03 ސެޕްޓެމްބަރު 2025

އަލަށް ސޮއި ކުރި 11 ފަހުމުނާމާ ހިމަނައިގެން ޗައިނާ އާ އެކު މުއިއްޒު ސަރުކާރުން ސޮއި ކުރި ފަހުމުނާމާގެ އަދަދު 31 ށް އަރައިފި

03 ސެޕްޓެމްބަރު 2025
އަލަށް ސޮއި ކުރި 11 ފަހުމުނާމާ ހިމަނައިގެން ޗައިނާ އާ އެކު މުއިއްޒު ސަރުކާރުން ސޮއި ކުރި ފަހުމުނާމާގެ އަދަދު 31 ށް އަރައިފި
02 ސެޕްޓެމްބަރު 2025

ލަދުވެތި ކަމުގެ ވެސް އިންތިހާ، ދެން އަވަހަށް ވަޑައިގަންނަވާށެވެ!

02 ސެޕްޓެމްބަރު 2025
ލަދުވެތި ކަމުގެ ވެސް އިންތިހާ، ދެން އަވަހަށް ވަޑައިގަންނަވާށެވެ!
30 ސެޕްޓެމްބަރު 2024

ޗައިނާ އާއި ރާއްޖޭގެ ގުޅުން ދެމެހެއްޓިފައި ވަނީ އިސްތިޤުލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައި، ދެ ޤައުމުން ވެސް ސުލްހަ އާއި މިނިވަންކަމަށް އިޚުތިރާމްކުރޭ - ރައީސް

30 ސެޕްޓެމްބަރު 2024
ޗައިނާ އާއި ރާއްޖޭގެ ގުޅުން ދެމެހެއްޓިފައި ވަނީ އިސްތިޤުލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައި، ދެ ޤައުމުން ވެސް ސުލްހަ އާއި މިނިވަންކަމަށް އިޚުތިރާމްކުރޭ - ރައީސް
18 ސެޕްޓެމްބަރު 2024

ޗައިނާ އާއެކު ހަދާ ކަރަންސީ ސްވޮޕްގެ ހުރިހާ ފައިދާއެއް އޮތީ ޗައިނާއަށް، ދިވެހިންނަށް ލިބޭނެ މާ ބޮޑު މޮޅެއް ނެތް: ޝަރީފް

18 ސެޕްޓެމްބަރު 2024
ޗައިނާ އާއެކު ހަދާ ކަރަންސީ ސްވޮޕްގެ ހުރިހާ ފައިދާއެއް އޮތީ ޗައިނާއަށް، ދިވެހިންނަށް ލިބޭނެ މާ ބޮޑު މޮޅެއް ނެތް: ޝަރީފް
15 މެއި 2024

ޗައިނާގެ އިތުރު ލޯންތަކާއެކު އައިއެމްއެފްގެ ދަރަނީގެ އިންޒާރު ރާއްޖެއަށް

15 މެއި 2024
ޗައިނާގެ އިތުރު ލޯންތަކާއެކު އައިއެމްއެފްގެ ދަރަނީގެ އިންޒާރު ރާއްޖެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް