Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ލަދުވެތި ކަމުގެ ވެސް އިންތިހާ، ދެން އަވަހަށް ވަޑައިގަންނަވާށެވެ!

ރައީސް އެވެ. ކުރިން ވެސް ޗައިނާ ބޮޑު ފާރު ދުށީމު ނޫން ހެއްޔެވެ؟ ޗައިނާގައި ރައީސް އަަށް އައު ތަނެއް ނޯންނާނެ ނޫންތޯ އެވެ؟ ދެން ވަޑައިގަންނަވާށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2025 | އަންގާރަ 10:11
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އުޅުއްވަނީ ޗައިނާ އަށް ވަޑައިގެންނެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނު ޗައިނާގެ ރައީސްއާ ވެސް ބައްދަލު ކުރައްވައިފި އެވެ.

އެހެން ނަމަވެސް، ފާހަގަ ކުރަން މި އުޅޭ ވާހަކަ އަކީ، އެ ދަތުރުގައި ބައިވެރިވުމަށް ރައީސް މުޢިއްޒު ވަޑައިގެން ޙާސިލުވީ ކޮން ކަމެއްތޯ އެވެ. ރާއްޖެ އަކީ އެ ސަމިޓުގެ މެމްބަރު ޤައުމެއް ވެސް ނޫނެވެ. ރާއްޖެ އަށް އޮތީ އެ ސަމިޓުގެ ޑައިލޮގް ޕާޓްނަރުގެ މަގާމެވެ.

ސޯޝަލް މީޑިއާގައި ބައެއް އާންމު ރައްޔިތުން ސަމިޓުގެ އެއްވެސް ފޮޓޯފުޅަކުން ރައީސް މުޢިއްޒު ފެނިވަޑައި ނުގަންނަވާތީ ސުވާލު ކޮށްފައި ހުއްޓާ ވެސް ދުށީމެވެ. ސަމިޓުގެ ރަސްމީ އެއްވެސް ފޮޓޯފުޅަކުން ރައީސް މުޢިއްޒު ނުފެންނަ ސަބަބަކީ އެއީ އެވެ. ރާއްޖެ އަކީ ސަމިޓުގެ މެމްބަރު ޤައުމަކަށް ނުވުމެވެ.

ސަމިޓުގައި ބައިވެރިވުމަށް ރަޝިޔާގެ ރައީސް ވޮލަޑިމިއަރ ޕުޓިން އާއި، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާންގެ އިތުރުން، އެހެން ޤައުމު ތަކުގެ ރައީސުން ވެސް ވަޑައިގެންނެވި އެވެ. އިންޑިއާގެ ބޮޑު ނަރެންދްރަ މޯދީ އާއި ޕާކިސްތާންގެ ބޮޑު ވަޒީރު ވެސް ވަޑައިގެންނެވި އެވެ. ނަމަވެސް، އެ ބޭފުޅުންނާ އެކު ސަމިޓުގެ ރަސްމީ ފޮޓޯފުޅުގައި ރައީސް މުޢިއްޒު ނެތެވެ. ސަބަބަކީ ހަމަ ކުރިން މި ބުނި ސަބަބެވެ.

ދެން އޮތީ އެހެން ކަމެކެވެ. ރައީސް މުޢިއްޒު ފެނިވަޑައިގަންނަވަނީ ވަރަށް ހުސް ވަގުތު ގިނަ ވެގެން އުޅުއްވާ ރައީސެއްގެ ގޮތުގަ އެވެ. މިހެން މި ބުނި ސަބަބަކީ، ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު، އިންޑިއާގެ ބޮޑު ވަޒީރު މޯދީ އެނބުރި ޤައުމަށް ވަޑައިގެންފި އެވެ. ރަޝިޔާގެ ރައީސް ޕުޓިން އާއި، އީރާންގެ ރައީސް މަސްއޫދު ވެސް ޤައުމަށް ވަޑައިގެންފި އެވެ. މިއީ ސަމިޓުގެ މެމްބަރު ޤައުމު ތަކުގެ ވެެރިންނެވެ.

އެކަމަކު، ސަމިޓުގެ ޑައިލޮގް ޕާޓްނަރުގެ ގޮތުގައި ހިމެނޭ، އެހެނަސް މެމްބަރު ޤައުމުތަކުގެ ތެރޭގައި ނުހިމެނޭ ރާއްޖޭގެ ރައީސް އަދި ވެސް ހުންނެވީ ޗައިނާގަ އެވެ. ކީއްކުރަން ހެއްޔެވެ؟ ކޮން ކަމެއް ޙާސިލު ކުރައްވަންތޯ އެވެ؟ ގައިމު ޤައުމު ތަކުގެ ވެރިން އުޅުއްވަނީ އެ ބޭފުޅުންގެ ބިޒީ ޝެޑިއުލް އިން ވެސް ވަގުތު ކޮޅެއް ބޭކާރު ވެދާނެތީ އެވެ. ޤައުމުގައި ކުރައްވަން ހުރި މަސައްކަތްތައް ގިނަ ކަމުންނެވެ.

އެހެނަސް، ރާއްޖޭގެ ރައީސް އުޅުއްވަނީ ވަރަށް ޓެންޝަން ފްރީ ކޮށެވެ. ޤައުމުގައި މައްސަލައެއް އޮތް ކަމަށް އެމަނިކުފާނަށް ހީފުޅު ވެސް ނުވާ ކަހަލަ އެވެ. އެކަމަކު، ހަގީގަތުގައި ޤައުމުގައި އޮތީ ހައްތަހާ ވެސް މައްސަލަ އެެވެ. ސަރުކާރުން ޙައްލު ކުރަން ޖެހޭ އަދި ރަނގަޅު ކުރަން ޖެހޭ މައްސަލަތައް އޮތީ ފުނިޖެހިފަ އެވެ.

ސަރުކާރުން ބޭނުން ވެގެން މިނިވަން ނޫސްވެރި ކަމުގއި ތަޅު އަޅުވައި، މީޑިއާތައް ނައްތާލުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ވައްދައިގެން، މުޅި ޤައުމު ހޫނުވެފަ އެވެ. ނޫސްވެރިންނާއި، އާންމު ރައްޔިތުންގެ އުދާސްތައް ބަންޑުން ވަނީ އެވެ. ރައީސް އުޅުއްވަނީ ހަމަ ވަރަށް ޓެންޝަން ފްރީ ކޮށެވެ.

އެކަން އެކަންޏެއް ވެސް ނޫނެވެ. ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ނުގޮސް، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދަށްވެ، ދިރިއުޅުމުގެ އަގުތައް ބޮޑުވެ، ރައްޔިތުން މިއަދު ތިބީ ދެ ލޯ މުދުނުގަ އެވެ. އެކަމަކު، ރާއްޖޭގެ ރައީސް ވަރަށް ޓެންޝަން ފްރީ އެެވެ. ހަމަ އެއްވެސް ޚިޔާލެއް ފިކުރެއް ނެތި، މުޅި ޗައިނާގައި އެހަރަ އުޅުއްވަނީ އެވެ.

ރައީސް މުޢިއްޒު އެވެ. ތިޔަ ތަނަކަށް ވަޑައިގެންނެވި ރައީސުން އަދި ބޮޑު ވަޒީރުން ވެސް އެނބުރި ޤައުމަށް ވަޑައިގެންފި އެވެ. ގައިމު އެ ބޭފުޅުން ވެސް ބޭނުންވާ ނަމަ، ތިޔަ ތަނުގައި ބުރު ޖައްސަވައި، އުފާ ކުރައްވަން ތިއްބެވޭނެ އެވެ. އެކަމަކު ޤައުމުގައި ކުރަން ކަންކަން ހުރީތީ ވަޑައިގެންނެވީ އެވެ.

ރައީސް އެވެ. ކުރިން ވެސް ޗައިނާ ބޮޑު ފާރު ދުށީމު ނޫން ހެއްޔެވެ؟ ޗައިނާގައި ރައީސް އަަށް އައު ތަނެއް ނޯންނާނެ ނޫންތޯ އެވެ؟ ދެން ވަޑައިގަންނަވާށެވެ.

މަގޭ ރިޕޯޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރާއްޖެ-ޗައިނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު