Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗައިނާ - ރާއްޖެ

ޗައިނާ އާއި ރާއްޖޭގެ ގުޅުން ދެމެހެއްޓިފައި ވަނީ އިސްތިޤުލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައި، ދެ ޤައުމުން ވެސް ސުލްހަ އާއި މިނިވަންކަމަށް އިޚުތިރާމްކުރޭ - ރައީސް

30 ސެޕްޓެމްބަރު 2024 | ހޯމަ 14:43

ޗައިނާގެ ޤައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުންފެށިގެން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 30 ސެޕްޓެމްބަރު 2024 | ހޯމަ 14:43
ޗައިނާގެ 75 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރިސެޕްޝަންގެ ތެރެއިން

ޗައިނާގެ 75 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރިސެޕްޝަންގެ ތެރެއިން

ޗައިނާ އާއި ރާއްޖޭގެ ގުޅުން ދެމެހެއްޓިފައި ވަނީ އިސްތިޤުލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައިކަމަށާއި ދެ ޤައުމުން ވެސް ދެ ޤައުމުގެ ސުލްހަ އާއި މިނިވަންކަމަށް އިޚުތިރާމްކުރާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޗައިނާގެ 75 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރިސެޕްޝަނުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެ މަނިކުފާނު ވަނީ ރާއްޖެ އާއި ޗައިނާގެ ގުޅުން ދެމި އޮތީ އެއްގައުމުން އަނެއް ގައުމުގެ އެތެރޭގެ ކަންކަމާއި ނުބެހުމުގެ އުސޫލުގެ މަތީގައި ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ގުދުރަތީގޮތުން ދެ ޤައުމު ދުރުގައި އޮތް ނަމަވެސް ދެ ޤައުމުގެ ގުޅުން ވަނީ ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ވަރުގަދަވެފައި ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ރާއްޖެ އާއި ޗައިނާ އާއި ދެމެދު އޮތް ގުޅުމުގެ މުހިންމުކަމާއި ގާތްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މުސްތަޤުބަލުގައި ދެ ޤައުމުގެ މެދުގައިވާ ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެ، ފަހި ފުރުޞަތުތަކެއް ލިބި، ތަމައްދުނުވެ، އަމަންއަމާންކަން އިތުރުވެގެންދާނޭކަމަށް ޔަޤީންކުރައްވާކަމަށްވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.‎

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ދެ ޤައުމުގެ ގުޅުމާއި މެދު އެމަނިކުފާނު ކުރައްވާ ތަޞައްވުރު ޙިއްސާކުރައްވާފައިވެއެވެ. އެގޮތުން ‎ދިވެހިރާއްޖެ ތަރައްޤީއަށް ކުރާ ދަތުރުގައި ޗައިނާއިން ދަނީ މެދުނުކެނޑި، ސާބިތުކަމާއެކު ބައިވެރިވަމުންކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ޗައިނާގެ ކުރިއެރުމަކީ ހަމައެކަނި އެ ޤައުމުގެ އަމިއްލަ ވާހަކަ އެއް ނޫން ކަމަށާއި އެއީ ރާއްޖެ ހިމެނޭ ގޮތަށް ތަރައްގީވަމުން އަންނަ ހުރިހާ ގައުމުތަކަށް އޮތް ނަމޫނާ އެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ޗައިނާ އިން ޤައުމެއްގެ ގޮތުގައި ކުރިއަރަމުން އަންނަ ގޮތަށް ވެސް އެ މަނިކުފާނު ވަނީ ތައުރީފްކުރައްވާފައެވެ. ރޭވުންތެރިކަމާއި އެކު ގައުމު ބިނާކުރުމާއި އެއްބައިވަންތަކަމަކީ ކިހާ ބާރު ހުރި ކަމެއްކަން ޗައިނާ އިން ވަނީ މުޅި ދުނިޔެ އަށް ދައްކުވާދީފައި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ބުރަ އަދި އިޚުލާސްތެރި މަސައްކަތާއި އެކު ކޮންމެ ކަމެއްވެސް ހާސިލްކުރެވޭނެކަން ޗައިނާ އިން ވަނީ ދައްކުވާދީފައި ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ސަޤާފީ އަދި ތަރިކައިގެ ގޮތުން ބެލިއަަސް އެ ގައުމަކީ މުހިންމު ޤައުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ޒަމާނީ އީޖާދުތައް އުފެއްދުމުގައި ވެސް އެ ޤައުމުން އަދާކޮށްފައިވާ މުހިންމު ދައުރު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ޗައިނާގެ ވެރިންނާއި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޤައުމުގެ ރައްޔިތުންގެ ހިންމަތްތެރިކަމާއި ނުގުޑާ ޢަޒުމާއި، އަދި ސާބިތުކަން ފާހަގަކުރައްވާފައެވެ. ރައީސް ވަނީ ދުނިޔޭގެ އިޤްތިޞާދުގައި ބާރުވެރި ޤައުމެއްގެ ގޮތުގައި ޗައިނާ ހިމެނިގެންދިޔައީ، ޤައުމުގެ ތަރައްޤީ ޒަމާނާ ހަމަހަމަކުރުމަށް އަޙައްމިއްޔަތުކަން ދީގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ ވިލުންތެރިކަން ޙާސިލްކުރުމަށް ޗައިނާއިން ދަތުރުކުރި ރާސްތާގެ ފުރިހަމަކަމަށް ރައީސް ވަނީ ތައުރީފްކުރައްވާފައެވެ.

ޗައިނާގެ ޤައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުންފެށިގެންނެވެ.

ރާއްޖެ-ޗައިނާރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ
10 ނޮވެމްބަރު 2025

ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި

10 ނޮވެމްބަރު 2025
ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި
29 އޮކްޓޯބަރު 2025

މުއިއްޒު ސަރުކާރުން ޗައިނާ އާއެކު ސޮއި ކޮށްފައިވާ 11 އެއްބަސްވުމުގެ ތަފްސީލު ދޭން ފޮރިން މިނިސްޓްރީން ދެކޮޅުހަދައިފި!

29 އޮކްޓޯބަރު 2025
މުއިއްޒު ސަރުކާރުން ޗައިނާ އާއެކު ސޮއި ކޮށްފައިވާ 11 އެއްބަސްވުމުގެ ތަފްސީލު ދޭން ފޮރިން މިނިސްޓްރީން ދެކޮޅުހަދައިފި!
27 ސެޕްޓެމްބަރު 2025

ރާއްޖޭގެ ރިސޯޓެއްގައި ޑައިވިންގ އަށް ގެންދިޔަ ޗައިނާގެ ފަތުރުވެރިއަކު ކަނޑުމަތީގައި ގިނަ އިރު އޮންނަން މަޖުބޫރުވި ބިރުވެރި ހާދިސާ އެ ގައުމުގެ ސޯޝަލް މީޑިއާ ގައި ފެތުރިއްޖެ

27 ސެޕްޓެމްބަރު 2025
ރާއްޖޭގެ ރިސޯޓެއްގައި ޑައިވިންގ އަށް ގެންދިޔަ ޗައިނާގެ ފަތުރުވެރިއަކު ކަނޑުމަތީގައި ގިނަ އިރު އޮންނަން މަޖުބޫރުވި ބިރުވެރި ހާދިސާ އެ ގައުމުގެ ސޯޝަލް މީޑިއާ ގައި ފެތުރިއްޖެ
04 ސެޕްޓެމްބަރު 2025

ޗައިނާއަށް ކުރެއްވި ދަތުރަށްފަހު މުއިއްޒު ރާއްޖެ ވަޑައިގެންފި

04 ސެޕްޓެމްބަރު 2025
ޗައިނާއަށް ކުރެއްވި ދަތުރަށްފަހު މުއިއްޒު ރާއްޖެ ވަޑައިގެންފި
03 ސެޕްޓެމްބަރު 2025

އަލަށް ސޮއި ކުރި 11 ފަހުމުނާމާ ހިމަނައިގެން ޗައިނާ އާ އެކު މުއިއްޒު ސަރުކާރުން ސޮއި ކުރި ފަހުމުނާމާގެ އަދަދު 31 ށް އަރައިފި

03 ސެޕްޓެމްބަރު 2025
އަލަށް ސޮއި ކުރި 11 ފަހުމުނާމާ ހިމަނައިގެން ޗައިނާ އާ އެކު މުއިއްޒު ސަރުކާރުން ސޮއި ކުރި ފަހުމުނާމާގެ އަދަދު 31 ށް އަރައިފި
02 ސެޕްޓެމްބަރު 2025

ލަދުވެތި ކަމުގެ ވެސް އިންތިހާ، ދެން އަވަހަށް ވަޑައިގަންނަވާށެވެ!

02 ސެޕްޓެމްބަރު 2025
ލަދުވެތި ކަމުގެ ވެސް އިންތިހާ، ދެން އަވަހަށް ވަޑައިގަންނަވާށެވެ!
28 ޖޫން 2025

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު
20 މާރިޗު 2025

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
26 ފެބުރުއަރީ 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް