Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަންގްހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން

އަލަށް ސޮއި ކުރި 11 ފަހުމުނާމާ ހިމަނައިގެން ޗައިނާ އާ އެކު މުއިއްޒު ސަރުކާރުން ސޮއި ކުރި ފަހުމުނާމާގެ އަދަދު 31 ށް އަރައިފި

ފަހުމުނާމާތަކުގައި ސޮއިކުރީ ރައިީސް މުއިއްޒު އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 3 ސެޕްޓެމްބަރު 2025 | ބުދަ 01:46
ފަހުމުނާމާ ތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިޔާތުގައި، ރައީސް މުއިއްޒު އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުން

ފަހުމުނާމާ ތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިޔާތުގައި، ރައީސް މުއިއްޒު އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުން

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ސަރުކާރާއެކު ރާއްޖެއިން 11 ފަހުމުނާމާއެއްގައި ސޮއިކޮށްފި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގްގެ ވަންގްފުޖިންގް ހިލްޓަން ހޮޓެލްގައި ބޭއްވުނު ރަސްމިއްޔާތެއްގައި ސޮއިކުރެވުނު މި ފަހުމުނާމާ ތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.

Advertisement - newsAdvertisement

މި ފަހުމުނާމާތަކުގެ ތެރޭގައި އިގްތިސާދީ ތަރައްގީއާއި، އުމްރާނީ ތަރައްގީގެ އިތުރުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ގައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ ފަހުމުނާމާތައް ހިމެނޭކަމަށް ރައީސް އޮފީހުން ހާމަކޮށްފައި ވެއެވެ.

ރައީސް އޮފީހުން އިތުރަށް ފާހަގަ ކޮށްފައިވަނީ މި ފަހުމުނާމާތަކަކީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅުތަކެއް ކަމުގައެވެ.

ނަމަވެސް މި އެއްބަސްވުންތަކުގައި ހިމެނޭ ވަކިވަކި ތަފްސީލުތައް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ރަސްމީދަތުރުވެސް ކުރައްވާފައިވަނީ ޗައިނާ އަށެވެ. އެ ދަތުރުގައިވެސް ވަނީ 20 ފަހުމުނާމާއެއްގައި ޗައިނާ އެކު ސޮއިކޮށްފައެެވެ. ނަމަވެސް އޭގެ ސަބަބުން އެކަށީގެންވާ ފައިދާއެއް ރާއްޖެއަށް ކޮށްފައިނުވާކަން ފާހަގަކުރެއެވެ.

ސަރުކާރަށް ދެ އަހަރުވާން ކައިރިވެފައި ވާއިރު މި ސަރުކާރުން ތަރައްގީ އަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ އިރު ގިނަ އަދަދަކަށް ރާއްޖެ އިން ބޭރަށް ދަތުރު ކުރައްވާތީ ފާޑުކިޔުން މުއިއްޒަށް އަމާޒުވެފައިވެއެވެ.

ފާއިތުވި ސަރުކާރުތަކުންވެސް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެވި، ތަފާތު އެކި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން މުއިއްޒު ޗައިނާ އަށް ކުރެއްވި ދެވަނަ ރަސްމީ ދަތުރުފުޅެވެ.

ރައީސް މުޢިއްޒުޝަންގްހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ރާއްޖެ-ޗައިނާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ
10 ނޮވެމްބަރު 2025

ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި

10 ނޮވެމްބަރު 2025
ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި
29 އޮކްޓޯބަރު 2025

މުއިއްޒު ސަރުކާރުން ޗައިނާ އާއެކު ސޮއި ކޮށްފައިވާ 11 އެއްބަސްވުމުގެ ތަފްސީލު ދޭން ފޮރިން މިނިސްޓްރީން ދެކޮޅުހަދައިފި!

29 އޮކްޓޯބަރު 2025
މުއިއްޒު ސަރުކާރުން ޗައިނާ އާއެކު ސޮއި ކޮށްފައިވާ 11 އެއްބަސްވުމުގެ ތަފްސީލު ދޭން ފޮރިން މިނިސްޓްރީން ދެކޮޅުހަދައިފި!
27 ސެޕްޓެމްބަރު 2025

ރާއްޖޭގެ ރިސޯޓެއްގައި ޑައިވިންގ އަށް ގެންދިޔަ ޗައިނާގެ ފަތުރުވެރިއަކު ކަނޑުމަތީގައި ގިނަ އިރު އޮންނަން މަޖުބޫރުވި ބިރުވެރި ހާދިސާ އެ ގައުމުގެ ސޯޝަލް މީޑިއާ ގައި ފެތުރިއްޖެ

27 ސެޕްޓެމްބަރު 2025
ރާއްޖޭގެ ރިސޯޓެއްގައި ޑައިވިންގ އަށް ގެންދިޔަ ޗައިނާގެ ފަތުރުވެރިއަކު ކަނޑުމަތީގައި ގިނަ އިރު އޮންނަން މަޖުބޫރުވި ބިރުވެރި ހާދިސާ އެ ގައުމުގެ ސޯޝަލް މީޑިއާ ގައި ފެތުރިއްޖެ
11 ސެޕްޓެމްބަރު 2025

މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކަށާއި، ރިޓަޔަރމަންޓް ޕެންޝަން އިނާޔަތްތަކަށް އިޞްލާޙު ގެންނަވަން ރައީސް ނިންމަވައިފި

11 ސެޕްޓެމްބަރު 2025
މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކަށާއި، ރިޓަޔަރމަންޓް ޕެންޝަން އިނާޔަތްތަކަށް އިޞްލާޙު ގެންނަވަން ރައީސް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު