Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ދަރަނި

ޗައިނާގެ އިތުރު ލޯންތަކާއެކު އައިއެމްއެފްގެ ދަރަނީގެ އިންޒާރު ރާއްޖެއަށް

ރާއްޖޭގެ ބޭރުގެ ދަރަނި 4.038 ބިލިއަން ޑޮލަރަށް އަރާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 މެއި 2024 | ބުދަ 09:32
ސިނަމާލެ ބްރިޖު

ސިނަމާލެ ބްރިޖު

ރާއްޖެއިން އެންމެ ގިނަ ދަރަނި ދައްކަންޖެހިފައިވާ ޗައިނާއިން އިތުރަށް ލޯނު ނަގާނެ ކަމަށް ބެލެވޭތީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ރާއްޖެއަށް ދަރަނީގެ އިންޒާރު ދީފިއެވެ.

އައިއެމްއެފްއިން ދަރަނީގެ އިންޒާރު ރާއްޖެއަށް ދީފައިވާއިރު ވެރިކަމަށް ވަޑައިގަތުމަށްފަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ. މީގެ ތެރޭގައި ޗައިނާގެ ލޯންގެ ދަށުން ކުރިއަށްގެންދާ ބައެއް ޕްރޮޖެކްޓުތައް ހިމެނެއެވެ.

Advertisement - newsAdvertisement

ވަކި ގައުމެއްގެ ނަން ހާމަނުކޮށް، އެންމެ ގިނައިން ދަރަނި ދޫކޮށްފައިވާ ގައުމުކަމަށް ބުނެ އައިއެމްއެފް އިން ބުނީ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ނުގެނެސްފިނަމަ ރާއްޖެ އޮތީ ބޭރުގެ އަދި ޖުމްލަ ދަރަނީގެ ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ.

އައިއެމްއެފް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މާލީ ކޮންސޮލިޑޭޝަން ލަސްވުމާއި ފަތުރުވެރިކަމުގެ މުހިންމު ސޯސް މާކެޓްތަކުގެ ކުރިއެރުން ދަށްވެފައިވާ ކަމަށެވެ.

އެގޮތުން އިގްތިސާދީ ގޮތުން ބޮޑު ދަތިކަމަކުން ސަލާމަތްވުމަށްޓަކައި އަވަސް އާމްދަނީ ހޯދުމާއި، ހަރަދުތައް ކުޑަކުރުމާއި، ބޭރުގެ ލޯނުތައް މަދުކުރުމަށް ރާއްޖެއަށް އިލްތިމާސްކޮށްފައިވެއެވެ.

ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ ބޭރުގެ ދަރަނި 4.038 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ ޖުމްލަ ޑޮމެސްޓިކް ޕްރޮޑަކްޓްގެ ގާތްގަނޑަކަށް 118 އިންސައްތަ އަދި 2022 ވަނަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 250 މިލިއަން ޑޮލަރެވެ.

2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ބޭރުގެ ދަރަނީގެ 25.2 އިންސައްތަ ހިއްސާ އޮންނަ އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް ޗައިނާއަކީ އެގައުމުގެ އެންމެ ބޮޑު އެއް ލޯނު ދޫކުރާ ބޭންކު ކަމަށް ރާއްޖޭގެ ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެ-ޗައިނާޗައިނާއިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
10 ނޮވެމްބަރު 2025

ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި

10 ނޮވެމްބަރު 2025
ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި
29 އޮކްޓޯބަރު 2025

މުއިއްޒު ސަރުކާރުން ޗައިނާ އާއެކު ސޮއި ކޮށްފައިވާ 11 އެއްބަސްވުމުގެ ތަފްސީލު ދޭން ފޮރިން މިނިސްޓްރީން ދެކޮޅުހަދައިފި!

29 އޮކްޓޯބަރު 2025
މުއިއްޒު ސަރުކާރުން ޗައިނާ އާއެކު ސޮއި ކޮށްފައިވާ 11 އެއްބަސްވުމުގެ ތަފްސީލު ދޭން ފޮރިން މިނިސްޓްރީން ދެކޮޅުހަދައިފި!
27 ސެޕްޓެމްބަރު 2025

ރާއްޖޭގެ ރިސޯޓެއްގައި ޑައިވިންގ އަށް ގެންދިޔަ ޗައިނާގެ ފަތުރުވެރިއަކު ކަނޑުމަތީގައި ގިނަ އިރު އޮންނަން މަޖުބޫރުވި ބިރުވެރި ހާދިސާ އެ ގައުމުގެ ސޯޝަލް މީޑިއާ ގައި ފެތުރިއްޖެ

27 ސެޕްޓެމްބަރު 2025
ރާއްޖޭގެ ރިސޯޓެއްގައި ޑައިވިންގ އަށް ގެންދިޔަ ޗައިނާގެ ފަތުރުވެރިއަކު ކަނޑުމަތީގައި ގިނަ އިރު އޮންނަން މަޖުބޫރުވި ބިރުވެރި ހާދިސާ އެ ގައުމުގެ ސޯޝަލް މީޑިއާ ގައި ފެތުރިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު