Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޯކައިދޫ ޕޮލިސް ސްޓޭޝަން

ފޯކައިދޫ ޕޮލިސް ސްޓޭޝަންގައި ކުރާކަމަކީ ވިނަ ނޮޅުން، އިތުރު މަސައްކަތެއް ކުރިއަކަށް ނުދޭ: ކައުންސިލް ރައީސް އާސިފް

ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަން ގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އަހުމަދު އާސިފް ވިދާޅުވެއްޖެ އެވެ. ބިންގާ އަޅާފައި ދެމަސް ވީނަމަވެސް ނަގާފައިވާ މުވައްޒަފުން ކުރަނީ ވިނަ ނޮޅުން ކަމަށާއި ބޭނުންވާ ސާމާނު ވެސް ނެތްކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ބިންގާ އަޅަމުން ދާ ޕޮލިސް ސްޓޭޝަން ތަކުގެ ތެރެއިން ގިނަ ޕްރޮޖެކްޓްތައް ކުރިއަށް ނުދާ ކަމުގެ ޝަކުވާ ހުރިހާ ރަށަކުން ވެސް ކުރަމުން ދެ އެވެ.

އަލީ ޝާހީން
އަލީ ޝާހީން | 24 ޑިސެމްބަރު 2025 | ބުދަ 13:35
ފޯކައިދޫ ޕޮލިސް ސްޓޭޝަން އަޅާ ސަރަހައްދު

ފޯކައިދޫ ޕޮލިސް ސްޓޭޝަން އަޅާ ސަރަހައްދު

މިސަރުކާރުން ށ. ފޯކައިދޫ ގައި ތަރައްގީ ކުރާ ޕޮލިސް ސްޓޭޝަން ގައި ކުރާކަމަކީ ވިނަ ނޮޅުން ކަމަށާއި އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އެރަށު ކައުންސިލް ގެ ރައީސް އަހުމަދު އާސިފް ވިދާޅުވެއްޖެ އެވެ. 

ރާއްޖެ އެމްވީ އާއި ވާހަކަދައްކަވަމުން އާސިފް ވިދާޅުވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީ އާއި ހަވާލުކޮށްފައިވާ ފޯކައިދޫ ޕޮލިސްޓޭޝަން ގެ މަސައްކަތް ކުރިއަށް ނުދާ ކަމަށާއި އެ ޕްރޮޖެކްޓަށް ނަގާފަ ތިބި މީހުން ކުރާ ކަމަކީ ފެންސު ތެރޭގައި ހުރި ވިނަތައް ނޮޅުން ކަމަށެވެ. އަދި އިތުރު އެއްވެސް ކަމެއް ކުރިއަށް ނުދާކަން ފާހަގަ ކުރަަށްވާ އާސިފް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް 150 އެއްހާ މުވައްޒަފުން ނާގާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އާސިފް ވިދާޅުވީ،  ބިންގާ އެޅިތާ މިހާރު ދެމަސް ދުވަސް ވެފައިވާ ކަމަށާއި މި ޕްރޮޖެކްޓް ގެ ކަންކަމާ ވަރަށް ބައިވަރު މަޝްވަރާތައް ވެސް އާރްޑީސީ އިން ކުރާ ކަމަށެވެ. އެހެން ނަމަވެސް އަމަލީ މަސައްކަތަކާއި ހިސާބަށް ދެވޭނެ އެއްވެސް ކޮޅެއް ނުފެންނަ ކަމަށެވެ. އާސިފް ވިދާޅުވީ މިހާރު ކޮންމެސް ވަރަކަށް މުވައްޒަފުން ވެސް ނަގާފައިވާ ކަމަށެވެ. ނަމަވެސް މި މަސައްކަތަށް ބޭނުންވާ ސާމާނު ވެސް ނެތުމުން އަދި ކުރާނެ އިތުރު ކަމެއް ވެސް ނެތީމަ ނަގާފައިވާ މުވައްޒަފުން ކުރާ ކަމަކީ ވިނަ ނޮޅުން ކަމަށެވެ. 

އޭރު ފެންސު ޖަހާފަ މިހުރީ ބިންގާ އަޅަން ތައްޔާރު ކުރަން ވެގެން. އޭގެ ފަހަކުން އިތުރު މަސައްކަތެއް ކުރިއަކަށް މިތާކު ނުދޭ، ބިންގާ އަޅާލިކަން އިތުރު އެއްވެސް ކަމެއް ނުހިނގާ. ރައީސް ވަޑައިގަންނަވަން ވެގެން އެ ބުންގަނޑު ތެރޭގައި މިކޮޅުގައި އާރްޑީސީގެ ގޮތްޕެއް އުފެއްދި، އުފައްދައިގެން މިވަގުތު މުވައްޒަފުންކޮޅެއް ނަގާފަ އެބައޮތް
ފޯކައިދޫ ކައުންސިލް ގެ ރައީސް އަހުމަދު އާސިފް

އާސިފް ވިދާޅުވި މައުލުމާތު ލިބުން ގޮތުގައި އާރްޑީސީ އާއި ހަވާލުކުރި މި ޕްރޮޖެކްޓް އަމިއްލަ  ކުންފުންޏަކާއި މި މަސައްކަތް ކުރަން ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓް އަށް ބޭނުންވާ ސާމާނު ވެސް ނެތް ކަމަށް އަސިފް ވިދާޅުވި އެވެ. 

ފާހަގަ ކޮށްލެވޭ ގޮތުގައި ރައްޖޭގެ ހުރިހާ ރަށްރަށެއްގައި ފުލުހުން ހިދުމަތް ގާއިމް ކުރުމަށް މިސަރުކާރުން ރަށްރަށުގައި ބިންގާ އަޅަމުންދާ ޕޮލިސް ސްޓޭޝަން ތަކުގެ ތެރެއިން ގިނަ ޕްރޮޖެކްޓްތައް ކުރިއަށް ނުދާ ކަމުގެ ޝަކުވާ އަކީ ހުރިހާ ރަށަކުން ވެސް ކުރާ ޝަކުވާ އެކެވެ. 

ށ ފޯކައިދޫއަހުމަދު އާސިފްޕޮލިސް ސްޓޭޝަންލޯކަލް ކައުންސިލް އިންތިހާބުރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2025

ފޯކައިދޫ ސިއްހީ މަރުކަޒު ގެ ވަށާ ފާރު ގެ ބެރީގެ މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު

23 ޑިސެމްބަރު 2025
ފޯކައިދޫ ސިއްހީ މަރުކަޒު ގެ ވަށާ ފާރު ގެ ބެރީގެ މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު
20 ޑިސެމްބަރު 2025

މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް

20 ޑިސެމްބަރު 2025
މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް
18 ޑިސެމްބަރު 2025

ވަޒީރުން ރަތަށް، މުއިއްޒު ހޫނު ފެނަށް!

18 ޑިސެމްބަރު 2025
ވަޒީރުން ރަތަށް، މުއިއްޒު ހޫނު ފެނަށް!
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
06 ނޮވެމްބަރު 2025

މިއަހަރުގެ އެޕްރީލް 8 ގައި އާރްޑީސީ އާ ހަވާލުކުރި އައްޑޫ ލިންކް ރޯޑުގެ މަސައްކަތް، 7 މަސް ފަހުން ފަށައިފި

06 ނޮވެމްބަރު 2025
މިއަހަރުގެ އެޕްރީލް 8 ގައި އާރްޑީސީ އާ ހަވާލުކުރި އައްޑޫ ލިންކް ރޯޑުގެ މަސައްކަތް، 7 މަސް ފަހުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު