Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމީން ފައިސަލް

ކުންފުނިތަކާއި، އެމްބަސީތަކުގެ މުވައްޒަފުން އޮފީސް މަސައްކަތަށް ނުނިކުމެ ކުރަން ޖެހެނީ ޕްރޮޕެގެންޑާ ފެތުރުމުގެ މަސައްކަތް: އަމީން

ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވީ ސަރުކާރު ކުންފުނިތަކާއި ބޭރުގެ އެމްބަސީތަކުގެ މުވައްޒަފުން އޮފީސް މަސައްކަތަށް ނުނިކުމެ ސަރުކާރުގެ ޕްރޮޕެގެންޑާ ފެތުރުމުގައި އުޅޭ ކަމަށެވެ. ޕީއެންސީ އިމާރާތް ކުރުމުގައި އާރްޑީސީ އާއި އެމްޕީއެލް ފަދަ ކުންފުނިތަކުގެ މުވައްޒަފުން ރަސްމީ ގަޑީގައި މަސައްކަތް ކުރާ ކަން ހާމަވެފައިވެއެވެ. ކައުންސިލް އިންތިހާބުގައި ނުފޫޒު ފޯރުވުމަށް ބޮޑެތި އާއިލާތަކަށް ވަޒީފާ ދޭ ކަމަށް އަމީން ތުހުމަތު ކުރެއްވިއެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2025 | އާދީއްތަ 10:07
ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

މި ސަރުކާރު ވެރިކަމަށް އައި ފަހުން ސަރުކާރު ކުންފުނިތަކާއި، ރާއްޖެ އިން ބޭރުގައި ހުރި ރާއްޖޭ ގެ އެމްބަސީތަކު ގެ މުވައްޒަފުން ރަސްމީ އޮފީސް މަސައްކަތަށް ނުނިކުމެ ކުރަން ޖެހެނީ ސަރުކާރުން ބޭނުންވާ ޕްރޮޕެގެންޑާތައް ފެތުރުމުގެ މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މާލޭގައި އިމާރާތް ކުރާ ޕީއެންސީ 5 ބުރި އިމާރާތަށް ޚަރަދު ކުރަނީ ވެމްކޯ އިން ކަމަށް އެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނާއި ހަވާލާދީ މީޑިއާ އާއި މީސްމީޑިއާ ގައި ދަނީ ވާހަކަ ދެކެވެމުންނެވެ. އަދި އެ ތަން އިމާރާތް ކުރުމަށް މަސައްކަތް ކުރަނީ އާރްޑީސީ، އެމްޕީއެލް ފަދަ ކުންފުނިތަކުގެ މުވައްޒަފުން ކަން ވަނީ ހާމަ ވެފަ އެވެ. ޕީއެންސީގެ ޖަގަހަ އިމާރާތް ކުރުމުގައި އެ މުވައްޒަފުން މަސައްކަތް ކުރަނީ ރަސްމީ ގަޑީގައި އޮފީހުގެ މަސައްކަތަށް ނުކުމެ ފިންގަރ ޖެހުމަށް ފަހު ޕީއެންސީ އޮފީހުގެ މަސައްކަތުގައި ޝާމިލްވާ ގޮތަށެވެ.

އަމީން ވިދާޅުވީ މިއީ ހަމަ އެކަނި މާލޭގެ ހާލަތު ނޫން ކަމަށެވެ. އަމީން ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ވެސް އެކަން ހިނގަނީ އެހެން ކަމަށެވެ.

"މުޅި ރާއްޖޭގައި ވެސް އޮތީ އެހެން. ރާއްޖެ އިން ބޭރު އެމްބަސީތަކުގައި ވެސް އޮތީ އެހެން. ކުންފުނިތަކާއި ސްޓާފުން ގިނަ އެމްބަސީތަކުގައި ވެސް އެހެން. ވަޒީފާ އަށް ނުކުމެ މި ބޭފުޅުންގެ ޕްރޮޕެގެންޑާ ފެތުރުމުގައި މި އުޅެން ޖެހެނީ. ނޫނީ ޖަގަހަ މަރާމާތުކޮށް ޖަގަހަ އާބާތުރަ ފިލުވަން މި އުޅެން ޖެހެނީ. ވަކި ނުފޫޒު ގަދަ ބަޔަކު އުޅެން ފަސޭހަ އަކަށް ރާއްޖެއިން ބޭރުގައި ވެސް މި އުޅެނީ" އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ނަތީޖާ އަށް ނުފޫޒު ފޯރުވުމަށް އެތައް ބަޔަކަށް ވަޒީފާތައް ދޭ ކަމަށް އަމީން ވިދާޅުވި އެވެ. މިއީ ރަށްރަށުގެ ބޮޑެތި އާއިލާތައް ކޮންޓްރޯލް ކުރުމަށް ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ވެސް ބައެއް ރަށްރަށުގައި ކުންފުނިތަކުން ވަޒީފާ ދިނުމަށް ފަހު، އެ މީހުންނަށް މުސާރަ ދޭތާ 6 މަސް، 8 މަސް ވީ އިރު، އެ މީހުން ކުރަން ޖެހޭ މަސައްކަތެއް ނެތި ތިބެން ޖެހިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ. މިއީ ދައުލަތުގެ ފައިސާ އާއި ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަން އަމީން ވަނީ ފާހަގަކުރައްވާފަ އެވެ.

ޕީއެންސީގެ މުޅި ކެމްޕެއިން ޓީމަށް ވަޒީފާ ދީ ނިންމާފައިވާ ކަމަށާއި، އޭނާ ނިސްބަތްވާ ކަނޑިތީމު ދާއިރާގައި ސަރުކާރުން ދޭން ބޭނުންވާ ވަޒީފާތައް ނުދެވިފައި ހުރީ ދެން އިތުރަށް ވަޒީފާ ދޭނެ ބަޔަކު ނެތިގެން ކަމަށް އަމީން ވިދާޅުވި އެވެ. އެ މިންވަރަށް ސަރުކާރުން އޮތީ ރަށްރަށަށް ނުފޫޒު ފޯރުވާފައި ކަމަށް އަމީން ވިދާޅުވި އެވެ. އަމީން ވަނީ ކުންފުނިތަކުން އެތައް ވަޒީފާ އެއް ދޭ އިރު ކުރާނެ މަސައްކަތެއްގެ އެއްވެސް ތަފްސީލެއް ކުންފުނިތަކުން ރަށު ކައުންސިލްތަކާއި ހިއްސާ ނުކުރާ ކަމަށެވެ. 


އަމީން ފައިސަލްކަނޑިތީމު ދާއިރާޕީއެންސީސަރުކާރުގެ ކުންފުނިތައް

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް

މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް

20 ޑިސެމްބަރު 2025
ޕީއެންސީ އިން ބޭއްވި ޖަލްސާ އަށް މީހުން ގެންނަން ޗާޓަރު ކުރި ފްލައިޓްތަކުގެ އަދަދު ހާމަ ކުރަން އައިލެންޑް އޭވިއޭޝަނުން ދެކޮޅު ހަދައިފި

ޕީއެންސީ އިން ބޭއްވި ޖަލްސާ އަށް މީހުން ގެންނަން ޗާޓަރު ކުރި ފްލައިޓްތަކުގެ އަދަދު ހާމަ ކުރަން އައިލެންޑް އޭވިއޭޝަނުން ދެކޮޅު ހަދައިފި

20 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
އެސްއޯއީ ތަކަށް ރިސޯޓު ހެދުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރާ ބިލު ތަސްދީގު ކޮށްފި

އެސްއޯއީ ތަކަށް ރިސޯޓު ހެދުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރާ ބިލު ތަސްދީގު ކޮށްފި

06 ޑިސެމްބަރު 2025
ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު