Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައޫދީ އަރަބިއްޔާ

ސައުދީ އަރަބިއްޔާ އަށް ދަތުރުކުރާ ނަމަ ގެންދާ ކޮންޓްރޯލްޑް ބޭހަށް ކުރިން ހުއްދަ ހޯދުން ލާޒިމު ކޮށްފި

ނޮވެމްބަރު 1 ން ފެށިގެން ސައުދީ އަރަބިއްޔާ އަށް ދަތުރުކުރާ ފަރާތްތަކުން ކޮންޓްރޯލްކުރާ ބޭސްތައް ގެންދިއުމަށް ކުރިން ކްލިއަރެންސް ޕާމިޓް ހޯދަން ލާޒިމު ކޮށްފައިވާއިރު މިފަދަ ބޭހަށް ހުއްދަ ހޯދުމަށް އޮންލައިން ކޮށް އެޕްލައި ކުރެވޭ އިންތިޒާމު ވަނީ ހަމަ ޖައްސާފައި.

ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2025 | އަންގާރަ 06:31
ޖިއްދާ ގެ ކިންގ އަބްދުލް އަޒީޒް އެއާޕޯޓުގައި ސައުދީގެ އޮފިޝަލަކު އިންޑޮނޭޝިއާގެ ޙައްޖުވެރިންނަށް ބަސް ޓިކެޓް ދޫކުރަނީ

ޖިއްދާ ގެ ކިންގ އަބްދުލް އަޒީޒް އެއާޕޯޓުގައި ސައުދީގެ އޮފިޝަލަކު އިންޑޮނޭޝިއާގެ ޙައްޖުވެރިންނަށް ބަސް ޓިކެޓް ދޫކުރަނީ

ސައުދީ އަރަބިއްޔާ އަށް ދަތުރު ކުރާ ފަރާތްތަކުން ގެންދާ ކޮންޓްރޯލްކުރާ ބޭސްތަކަށް ހުއްދަ ހޯދަން ޖެހޭ ގޮތައް ސައުދީ އަރަބިއްޔާ އިން ހަމަ ޖައްސައިފިއެވެ.

ނޮވެމްބަރު 1 ން ފެށިގެން ސައުދީ އަރަބިއްޔާ އަށް ވައިގެ މަގުންނާއި އެއްގަމު މަގުން އަދި ކަނޑުގެ މަގުން އެ ގައުމަށް އަންނަ ނުވަތަ އެ ގައުމުން ފުރާ ދަތުރުވެރިން ވެސް ކޮންޓްރޯލް ކޮށްފައިވާ ބޭސް ގެންދިއުމަށް ކުރިން ހުއްދަ ހޯދަން ޖެހޭނެއެވެ.

ސައުދީ އަރަބިއްޔާގެ ނޫސް، ސައުދީ ގެޒެޓުން ބުނީ މިފަދަ ބޭސް ބޭނުން ކުރާ ދަތުރުވެރިންގެ ދަތުރު ފަސޭހަކޮށްދިނުމަށް ސައުދީ ސަރުކާރުން ކުރާ މަސައްކަތުގެ ބައެއް ކަމުގައެވެ.

މީގެ މަސްތަކެއް ކުރިން ސައުދީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެސްއެފްޑީއޭ) އިން އެ ގައުމުން އަދި އެ ގައުމަށް ދަތުރުކުރާ ފަރާތްތަކުން ގެންގުޅޭ ނާކޮޓިކްސް އަދި ސައިކޮޓްރޮޕިކް މާއްދާތައް ހިމެނޭ ކޮންޓްރޯލް ކޮށްފައިވާ ބޭސްތަކަށް ކްލިއަރެންސް ޕާމިޓް ހޯދުމުގެ އުސޫލުތައް ވަނީ ހާމަ ކޮށްފައެވެ.

ގަވާއިދުގެ ދަށުން ވިޔަސް ނާކޮޓިކްސް ނުވަތަ ސައިކޮޓްރޮޕިކް މާއްދާތައް ހިމެނޭ އެއްވެސް ބޭހެއް ވެއްދޭނީ ވަރަށް ހަރުކަށި ޝަރުތުތަކެއްގެ ދަށުން ކަމަށް ސައުދީ އަރަބިއްޔާ އިން ވަނީ ނިންމާފައެވެ.

ސަރުކާރުގެ ނިންމުމުގައިވާ ގޮތުން ދަތުރުވެރިން ހުއްދަ ނެތި ކޮންޓްރޯލް ކޮށްފައިވާ މާއްދާތައް ހިމެނޭ ބޭސް ގެންގުޅުމަކީ މަނާ ކަމެކެވެ. އެހެން ކަމުން ދަތުރުވެރިން ގެންދާ މިފަދަ ބޭސްތައް ޑިކްލެއަރކޮށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަން ޖެހެއެވެ.

އެސްއެފްޑީއޭއިން ބުނީ ކޮންޓްރޯލްކުރާ ބޭސްތަކުގެ ޕާމިޓްތަކާ ގުޅުންހުރި ހުރިހާ މައުލޫމާތެއް އެ އިދާރާގެ ކޮންޓްރޯލްޑް ޑްރަގް ސިސްޓަމް (ސީޑީއެސް) މެދުވެރިކޮށް https://cds.sfda.gov.sa އިން ލިބެން ހުންނާނެ ކަމަށެވެ.

މަސްދަރު: ސައުދީ ގެޒެޓް

ސައޫދީ އަރަބިއްޔާމަނާ ބޭސްމަސްތުވާތަކެތި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
06 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
04 ޑިސެމްބަރު 2025

މަސްތުވާތަކެތީ ގެ ބިލު: އުމުރަށް ޖަލަށްލުމުން މާފު ނުދެވޭ ގޮތަށް ހަދާ، އުމުރަށް ޖަލަށްލުން މާނަ ކުރާ ގޮތް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
މަސްތުވާތަކެތީ ގެ ބިލު: އުމުރަށް ޖަލަށްލުމުން މާފު ނުދެވޭ ގޮތަށް ހަދާ، އުމުރަށް ޖަލަށްލުން މާނަ ކުރާ ގޮތް ބަދަލުކޮށްފި
03 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު