Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިސޯޓު މުވައްޒަފުން

ރިސޯޓް މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭ ގޮތް ހަދަން ޕެޓިޝަނެއް

މި ޕެޓިޝަނުގައި 1500 ރިސޯޓް މުވައްޒަފުން ސޮއިކޮށްފައި ވޭ

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2023 | ހޮނިހިރު 09:50
ބިއާޑް ޕެޓިޝަން މިނިސްޓަރު ފައްޔާޒާ ހަވާލުކުރައްވަނީ --

ބިއާޑް ޕެޓިޝަން މިނިސްޓަރު ފައްޔާޒާ ހަވާލުކުރައްވަނީ --

ކޮންމެ ދުވަހަކު މަސައްކަތަށް ނުކުންނައިރުގައި ރިސޯޓުތަކުގެ މުވައްޒަފުން ތުނބުޅި ބާލައި އޮމާންކުރަން މަޖުބޫރުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ފަރާތުން އިކޮނޮމިކް މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ޓީމްގެ ފަރާތުން ހޮނިހިރު ދުވަހު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއަށް މި ޕެޓިޝަން ހުށަހަޅައިފައިވާއިރު ކޮންމެ ދުވަހަކު މަސައްކަތަށް ނުކުންނައިރު ތުނބުޅި ބާލައި އޮމާން ކުރަން ޖެހޭ ޖެހުމަކީ އެތައް ދުވަހެއް ވަންދެން ރިސޯޓް މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެކެވެ. ދުވަސްކޮޅުކޮޅުން މިހާރު ވެސް އެ ކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ރިސޯޓް މުވައްޒަފުން ފާޅުކުރަމުންދެއެވެ.

Advertisement - newsAdvertisement

ޓީމްގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ މި ޕެޓިޝަން ހުށަހަޅައިފައިވަނީ 1،500 ފިރިހެން ރިސޯޓް މުވައްޒަފުންގެ ސޮޔާއެކުގައި ކަމަށެވެ. އަދި އިތުރު 10 ރިސޯޓުގައި މި ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ޕެޓިޝަންގައި އެދިފައިވަނީ ބޭރުގެ އެންމެ މަޝްހޫރު ހޮޓެލް ޗެއިންތައް ކަމަށްވާ މެރިއޮޓް ފަދަ ތަންތަނުގައި އޮންނަ ކަހަލަ ގްރޫމިން ސްޓޭންޑަޑެެއް ރާއްޖޭގައި ވެސް ތައާރަފް ކޮށްދިނުން އެދިއެވެ. އަދި ކޮންމެ ދުވަހަކު ތުނބުޅި ބާލައި އޮމާން ކުރަން ނުޖެހި ޑީސެންޓް ގޮތަކަށް ތުނބުޅި ބެހެއްޓޭ ގޮތަށް ސްޓޭންޑަޑެއް ހަދައިދިނުން އެދިއެވެ. އެހެންކަމުން، ބޭރުގެ ހޮޓެލް ޗެއިންތަކުގެ މުވައްޒަފުންނަށް ތުނބުޅި ބަހައްޓަން ހުއްދަދީފައިވާ މިންގަނޑާ އެއްގޮތަށް ރާއްޖޭގެ ރިސޯޓް މުވައްޒަފުންނަށް ވެސް އެ ފުރުސަތު ދިނުމަށް މި ޕެޓިޝަންގައި އެދިފައިވެއެވެ.

މީގެ ކުރިން ރާއްޖޭގެ ރިސޯޓް މުވައްޒަފުންނަށް ހިންގި ސާވޭއެއްގައި ދައްކާ ގޮތުން 97 އިންސައްތަ ރިސޯޓް މުވައްޒަފުން ތުނބުޅި ބަހައްޓަން ބޭނުންވާކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި އެ ސާވޭގައި 7000 މީހުން ބައިވެރިވިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މައުރޫފް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ މުވައްޒަފުން ކަހަލަ ގޮތަކަށް ބޭނުންވަނީ ތުނބުޅި ބެހެއްޓޭނެ ގޮތް ވުން ކަމަށެވެ.

މިނިސްޓަރު ފައްޔާޒުއާއެކު ބައްދަލުވުން ވެސް ވަރަށް ކާމިޔާބުކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ މިނިސްޓަރުގެ ވާހަކަތައް ވަރަށް ޕޮޒިޓިވްކަމަށާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާ ވާހަކަ ދައްކައިގެން ސަރުކާރުގެ ސްޓޭންޑަޑެއް އެކަމުގައި ގާއިމުކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަން އޭނާ ފާހަގަ ކޮށްފައި ވެއެވެ.

ރިސޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ކުއްލި ގޮތަކަށް މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ: ފުލުހުން

ކުއްލި ގޮތަކަށް މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ: ފުލުހުން

11 ސެޕްޓެމްބަރު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025
ގެއްލިގެން ހޯދަމުން ދިޔަ 35 އަހަރުގެ މީހާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ 35 އަހަރުގެ މީހާ ފެނިއްޖެ

10 ޖުލައި 2025
ރެފަލްސް މޯޯލްޑިވްސް ރިސޯޓުން މޫދަށް ފޭބިފަހުން ގެއްލުނު ބިދޭސީމީހާ ފެނިއްޖެ

ރެފަލްސް މޯޯލްޑިވްސް ރިސޯޓުން މޫދަށް ފޭބިފަހުން ގެއްލުނު ބިދޭސީމީހާ ފެނިއްޖެ

20 މެއި 2024
ރިސޯޓުތަކުގައި މަސައްކަތްކުރާ 70 އިންސައްތަ މުވައްޒަފުންނަކީ ބިދޭސީން

ރިސޯޓުތަކުގައި މަސައްކަތްކުރާ 70 އިންސައްތަ މުވައްޒަފުންނަކީ ބިދޭސީން

06 އެޕްރީލު 2023

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު