Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިސޯޓް ކުއްޔާއި ޖޫރިމަނާ

ރިސޯޓް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ނުދައްކާ ހުރި ފައިސާ އަހަރުން އަހަރަށް އިތުރުވަނީ އެގްރިމެންޓް ބާތިލުނުކުރާތީ

ރިސޯޓުތަކުން ދައްކަންޖެހޭ ކުލި ނުދެއްކުމުން ޖޫރިމަނާ ކުރެވޭ ރޭޓް ބޮޑު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 19 އެޕްރީލު 2022 | އަންގާރަ 08:25
ރިސޯޓުތަކުން ދައްކަން ޖެހޭ ކުލި ނުދައްކާ ބައެއް މައްސަލަތައް ދައުވާ ކުރުމަށް ކޯޓަށް ހުށައަޅާ

ރިސޯޓުތަކުން ދައްކަން ޖެހޭ ކުލި ނުދައްކާ ބައެއް މައްސަލަތައް ދައުވާ ކުރުމަށް ކޯޓަށް ހުށައަޅާ

ރިސޯޓް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން ދަނީ އެގްރީމެންޓް ބާތިލުނުކޮށް ދިގުލައިގެންދާތީ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން އާއްމުކޮށްފައިވާ، މީރާގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ ތެރެއިން ރިސޯޓް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ނުލިބޭ 16.9 ބިލިއަން ރުފިޔާ އެބައޮތް ކަމަށެވެ. އަދި މިއަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

ރިސޯޓު ތަރައްގީކުރުމަށް ދެވޭ މުއްދަތުގައި ރަށް ތަރައްގީކޮށް ނުނިންމުނު ނަމަވެސް އެ މުއްދަތު ހަމަވުމުން ކުލި ހިނގަން ފަށާ ގޮތަށް ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވެއެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މިފަދަ ރަށްތަކާ ގުޅިގެން ކޮންސްޓްރަކްޝަން މުއްދަތު ހަމަވުމަށްފަހުވެސް ރަށް ނުހުޅުވި އަދި އެގްރިމެންޓް ބާތިލްނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވުމުގެ ސަބަބުން އެ ރަށްތަކަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ އިތުރުވަމުންދާ ކަމަށެވެ.

ތަފާތު ސަބަބުތަކާހުރެ އެއްބަސްވުން ބާތިލުކުރެވިފައިވާ ރަށްތަކުގެ އެއްބަސްވުން ބާތިލު ކުރެވުނު ދުވަހާ ހަމައަށް ކުލި ހިސާބު ކުރަން އޮތްނަމަވެސް، އެ ކުލި ދައްކާ ދުވަހުގެ ނިޔަލަށް ޖޫރިމަނާ ހިނގާ ގޮތަށް އޮންނާތީ ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު ބޮޑު ތަނުން އިތުރުވަމުން ގޮސްފައިވާކަމަށްވެސް ބުނެފައިވެއެވެ.

ރިސޯޓުތަކުން ދައްކަންޖެހޭ ކުލި ނުދެއްކުމުން ޖޫރިމަނާ ކުރެވޭ ރޭޓް (ދުވާލަކަށް، ނުދައްކާ އޮތް ކުލީގެ %0.5) ބޮޑުވުމުގެ ސަބަބުން ނުދައްކާވާ ކުއްޔަށްވުރެ ބޮޑު ޖޫރިމަނާއެއް އަރާ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓުގައި ބުނެފައިވަނީ، ރިސޯޓުތަކުން ދައްކަންޖެހޭ ކުލި ނުދައްކާ ބައެއް މައްސަލަތައް ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅައި، މިފަދަ ބައެއް މައްސަލަތައް މީރާއާ އެއްކޮޅަށް ނިމުނު ނަމަވެސް، ކޯޓުގެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކައިފައިނުވާ ކަމަށެވެ. އެހެންކަމުން ޙުކުމްތައް ތަންފީޒުނުވެ ގިނަ އަހަރުތަކެއް ފާއިތުވެފައިވުމާއި، ފައިސާ ނުދައްކާ އިތުރުވާ ދުވަސްތަކަށް ދުވަހުން ދުވަހަށް ޖޫރިމަނާ އަރާކަމަށްވެސް ރިޕޯޓުގައިވަނީ ބުނެފައެވެ.

މިގޮތަށް ކުއްޔާ ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް ނޯޓިސް ފޮނުވުމާއި އެ ފަރާތްތަކާއި ބައްދަލުކޮށްވެސް ފައިސާ ދެއްކުމަށް މީރާ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ގެންދަނީ މަސައްކަތްތަކެއްވެސް ކުރަމުންނެވެ.

ރިސޯޓުމިނިސްޓްރީ އޮފް ޓުއަރިޒަމްމީރާއޮޑިޓަރ ޖެނެރަލް އޮފީސް

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
05 އޮކްޓޯބަރު 2025

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު