Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިސޯޓު މުވައްޒަފުން

ރިސޯޓުތަކުގައި މަސައްކަތްކުރާ 70 އިންސައްތަ މުވައްޒަފުންނަކީ ބިދޭސީން

ރިސޯޓުތަކުގައި ޖުމްލަ 52،396 މުވައްޒަފުން މަސައްކަތްކުރޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 6 އެޕްރީލު 2023 | ބުރާސްފަތި 05:33
ރިސޯޓު މުވައްޒަފުންތަކެއް

ރިސޯޓު މުވައްޒަފުންތަކެއް

ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ 70 އިންސައްތައަކީ ބިދޭސީ މުވައްޒަފުންކަން ހާމަވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި 2022ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާގައެވެ. މިގޮތުން ރާއްޖޭގެ ޖުމްލަ އާބާދީއަކީ 515،122 (ފަސް ލައްކަ ފަނަރަ ހާސް ސަތޭކަ ބާވީސް) އެވެ. އެއީ 382،751 (ތިންލައްކަ އަޑިހަ ދެ ހާސް ހަތްސަތޭކަ ފަންސާސް އެއް) ދިވެހިންނާއި 132،371 (އެއް ލައްކަ ތިރީސް ދެ ހާސް ތިން ސަތޭކަ ހަތްދިހަ އެއް) ބިދޭސީންނެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އާބާދީގެ 10 އިންސައްތަ ދިރިއުޅެނީ ރިސޯޓުތަކުގައިކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ. އެއީ 52،396 މުވައްޒަފުންނެވެ. ރިސޯޓު މުވައްޒަފުންގެ ތެރޭގައި ދިވެހި މުވައްޒަފުންނަށްވުރެ ބިދޭސީ މުވައްޒަފުން ބޮޑުތަނުން ވަނީ އިތުރުވެފައެވެ. މިގޮތުން 15،689 ބިދޭސީ މުވައްޒަފުން ރިސޯޓުތަކުގައި މަސައްކަތްކުރާއިރު، 36،707 ބިދޭސީ މުވައްޒަފުން ހިމެނެއެވެ. މިއީ މިއާއެކު ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ 70 އިންސައްތަ ހިއްސާކުރަނީ ބިދޭސީ މުވައްޒަފުންކަމަށް ތަފާސްހިސާބުން ހާމަވެއެވެ. ދިވެހިން ހިއްސާކުރަނީ އެންމެ 30 އިންސައްތައެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން އިތުރުކުރުމަށް ފަތުރުވެރިކަމުގެ އެކި ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަަތީ ވަޒީފާތަކަށް ދިވެހިންނަށް އިސްކަންދޭންޖެހޭ މިންވަރު އިތުރުކުރުމަށް އަމާޒުހިފާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މައުސޫމް ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް ގިނަ ފުރުސަތުތައް ފަހިކުރަން ޖެހޭއިރު އެނދުތައް ގިނަވުމުގެ ސަބަބުން ބޭރުން ވެސް މުވައްޒަފުން ގެންނަން ޖެހޭނެ ކަމަށެވެ. އަދި ބޭރުން މުވައްޒަފުން ގެނައި ނަމަވެސް ދިވެހިން ބޭނުންވާ ވަޒީފާތައް ދިވެހިންނަށް ލިބޭ ގޮތަށް އޮންނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރިސޯޓުރާއްޖޭގެ ފަތުރުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ކުއްލި ގޮތަކަށް މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ: ފުލުހުން

ކުއްލި ގޮތަކަށް މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ: ފުލުހުން

11 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު