Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުލަގްޒަރީ ރިސޯޓެއް ތަރައްގީކުރުން

343 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓް ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގަނީ

މިއީ ދުނިޔޭގެ ލަގްޒަރީ ރިސޯޓުތަކުގެ ތެރޭގައި ހިމެނިގެންދާނެ ރިސޯޓެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 13 މާރިޗު 2023 | ހޯމަ 17:53
ރިސޯޓުގެ ކުރެހުމެއް

ރިސޯޓުގެ ކުރެހުމެއް

ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރުމަށް 343 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ފަށަން ނިންމައިފިއެވެ.

މި މަޝްރޫއަށް އިންވެސްޓްކުރުމަށް ގަތަރުގެ އިންވެސްޓްމެންޓް ކުންފުންޏެއް ކަމަށްވާ އެސްތިތުމާރ ހޯލްޑިންގްސްއިން ވަނީ ނިންމާފައެވެ. އެސްތިތުމާރ ހޯލްޑިންގްސްއަކީ، ރާއްޖޭގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ވޮލްޑޯފް އެސްޓޯރިއާ އިތާފުށި ތަރައްގީކުރި ކުންފުންޏެވެ. މިއަދު މި ރިސޯޓަކީ ދުނިޔޭގެ ލަގްޒަރީ ރިސޯޓުތަކުގެ ތެރެއިން ހޮވާލެވޭ ރިސޯޓެކެވެ.

ގާތްގަނޑަކަށް 5.2 ބިލިއަން ރުފިޔާއަށް މާލެ ސަރަހައްދުގައި ތަރައްގީކުރަން ނިންމާފައިވާ މި ރިސޯޓު މެނޭޖުކުރާނީ ރޯޒްވުޑް ހޮޓެލްސް އެންޑް ރިސޯޓްސްއިންނެވެ.

މި ރިސޯޓުގެ ކޮންސެޕްޓާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތުދެއްވަމުން، އިތާފުށީގެ އޯނަރުންގެ ތެރޭގައި ހިމެނޭ ގަތަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ރަމީސް އަލް-ޚައްޔާތު ވިދާޅުވީ، މި ރިސޯޓުގައި 128 ވިލާ އެކުލެވޭނެ ކަމަށެވެ. އަދި 5 މޫދު ކޮޓަރި ހިމެނޭނެ ކަމަށާއި، ރާއްޖޭގައި ގާއިމްކުރާ ފުރަތަމަ ވޯޓަރ ޕާކުވެސް ގާއިމުކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ނަން މަޝްހޫރު ރެސްޓޯރެންޓުތަކާއި، އެކި ކުޒީންތައް ހިމެނޭނެއެވެ. މި ރިސޯޓު ތަރައްގީވެގެންދާނީ ބޮޑަށް އާއިލާތަކަށް ޚާއްސަ ކޮންސެޕްޓަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރިސޯޓު ހުޅުވޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 2025 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

ރިސޯޓުރާއްޖޭގެ ފަތުރުވެރިކަން

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2025

ކުއްލި ގޮތަކަށް މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ: ފުލުހުން

11 ސެޕްޓެމްބަރު 2025
ކުއްލި ގޮތަކަށް މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ: ފުލުހުން
06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
30 އޯގަސްޓު 2025

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު
30 އޯގަސްޓު 2025

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު
06 އޯގަސްޓު 2025

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު