Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

2 ޑިސެމްބަރު 2025 | އަންގާރަ 05:07

މެޗު އެއްވަރުވެ މިވަގުތު ރެއާލް ދެ ވަނައިގައި އޮތް ނަމަވެސް، އަލޮންސޯ ބުނީ ސީޒަން ނުނިމޭ ކަމަށެވެ. އޭނާ ބުނީ ސްޕެނިޝް ލީގަކީ ވަރަށް ދިގު ލީގެއް ކަަމަށާއި، ލީގުގައި ބާކީ މެޗުތައް ވެސް ރެއާލް އަށް އޮތް ކަމަށެވެ. އެހެންކަމުން، އަދި އެއްވެސް ކަމެއް ނުނިމޭ ކަމަށާއި، ރެއާލް އަށް އޮތީ ހިތްވަރާ އެކު ކުރިއަށް ދިޔުން ކަމަށް އޭނާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޑިސެމްބަރު 2025 | އަންގާރަ 05:07
ރެއާލްގެ ކޯޗު އަލޮންސޯ

ރެއާލްގެ ކޯޗު އަލޮންސޯ

ސްޕެނިޝް ލީގުގައި އެންމެ ފަހުން ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑު އެއްވަރު ވީ ނަމަވެސް، އެ ޓީމުގެ ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށް ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

ޖިރޯނާއާ ދެކޮޅަަށް ކުޅުނު މެޗުން މޮޅުވެ، އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު ރެއާލް އަށް އޮތް ނަމަވެސް، އެ މެޗު އެއްވަރު ވުމުން ރެއާލް އޮތީ ދެ ވަަނައިގަ އެވެ. ޕޮއިންޓެއްގެ ލީޑަކާ އެކު މިވަގުތު އެއް ވަނައިގައި އޮތީ ވާދަވެރި ބާސެލޯނާ އެވެ.

އަލޮންސޯ ބުނީ ޖިރޯނާ މެޗުގެ ދެ ވަނަ ހާފުގައި ރެއާލްގެ ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. ޚާއްސަކޮށް މެޗުން މޮޅުވުމަށް ކުޅުންތެރިން ހިތްވަރު ލައިގެން މަސައްކަތް ކުރިއިރު، މެޗުން މޮޅުވާނެ ފުރުސަތު ވެސް އެ ޓީމަށް ލިބުނު ކަމަށް އަލޮންސޯ ބުންޏެވެ. އެހެން ނަމަވެސް، ރެއާލް އަށް އެންމެ ބޮޑަށް ދިމާވި މައްސަލަ އަކީ ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވުން ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

މެޗު އެއްވަރުވެ މިވަގުތު ރެއާލް ދެ ވަނައިގައި އޮތް ނަމަވެސް، އަލޮންސޯ ބުނީ ސީޒަން ނުނިމޭ ކަމަށެވެ. އޭނާ ބުނީ ސްޕެނިޝް ލީގަކީ ވަރަށް ދިގު ލީގެއް ކަަމަށާއި، ލީގުގައި ބާކީ މެޗުތައް ވެސް ރެއާލް އަށް އޮތް ކަމަށެވެ. އެހެންކަމުން، އަދި އެއްވެސް ކަމެއް ނުނިމޭ ކަމަށާއި، ރެއާލް އަށް އޮތީ ހިތްވަރާ އެކު ކުރިއަށް ދިޔުން ކަމަށް އޭނާ ބުންޏެވެ.

ލީގުގައި އެންމެ ފަހުން ރެއާލް ކުޅުނު ތިން މެޗު ވެސް އެއްވަރުވެފައިވާއިރު، އެކަމަށް އިޝާރާތްކޮށް އަލޮންސޯ ބުނީ އެއީ މައްސަލަ ޖައްސަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ އެ މެޗު ތަކުގެ ނަތީޖާ އަނބުރާލުމުގެ ފުރުސަތު ރެއާލް ލިބުނު ކަމަށާއި، ނަމަވެސް، އެކަން ކާމިޔާބު ނުވީ ކަމަށެވެ. މިވަގުތު ޓީމުގައޮ އޮތް ރޫހާއި ހިތްވަރާ އެކު ކުރިއަށް ދިޔުމުގައި ސާބިތުވެ ތިބެން ޖެހޭ ކަން ފާހަގަ ކުރަމުން އަލޮންސޯ ބުނީ، ފާޑު ކިޔުންތަކާ ވެސް ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް، ރެއާލް ކުރާ މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، އަބަދު ވެސް ކުރިއަށް ދަނީ ރަނގަޅު ކުރަން ހުންނަ ކަންކަމަށް ސަމާލުކަން ދީގެން ކަމަށް އަލޮންސޯ ބުންޏެވެ. އަދި ކުރިއަށް އޮތް މެޗުން ނަތީޖާ ނެރެ، ރެއާލް އަލުން ރަނގަޅު ފޯމަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އަލޮންސޯ ބުނެފައިވެ އެވެ.

މިހާތަނަށް ލީގުގައި ކުޅެފައިވާ 14 މެޗުން 33 ޕޮއިންޓާ އެކު ރެއާލް އޮތީ ދެ ވަނައިގަ އެވެ. 10 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ތިން މެޗުން އެއްވަރުވެފައިވެ އެވެ. އަދި އެއް މެޗުން ބަލިވެފައިވެ އެވެ. އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް 14 މެޗުން ލިބެނީ 34 ޕޮއިންޓެވެ.

ރެއާލް މެޑްރިޑްޒަބީ އަލޮންސޯ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
07 އޮކްޓޯބަރު 2025

މިދިޔަ ސީޒަންގެ ހިތްދަތިކަން ތަކުރާރު ވެގެން ނުވާނެ ކަމަށް ރޮޑްރީގޯ ބުނެފި

07 އޮކްޓޯބަރު 2025
މިދިޔަ ސީޒަންގެ ހިތްދަތިކަން ތަކުރާރު ވެގެން ނުވާނެ ކަމަށް ރޮޑްރީގޯ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް