Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އެމެރިކާގެ ބްރައުން ޔުނިވާސިޓީގައި ދިން ހަމަލާގައި ދެ ދަރިވަރުން މަރުވެއްޖެ، ޤާތިލު ހޯދުމުގެ މަސައްކަތް ކުރިއަށް

ހަމަލާގެ ފަހުން ވަނީ ސީސީޓީވީ ފުޓޭޖެއް ވެސް އާންމު ކޮށްފައި. އެ ވީޑިއޯގައި ހަމަލާ ދިން މީހާ ހިނގާފައި ދާ މަންޒަރު ފެނުނު ނަމަވެސް، އޭނާގެ މޫނު ފެނިފައި ނުވެ އެވެ. ހަމަލާ ދިން މީހާ ހުރި ކަޅު ކުލައިގެ ހެދުމެއްގައި ކަމަށް ފާހަގަ ކުރެވޭއިރު، އޭނާ ހުރި ކަމަށް ބެލެވެނީ މޫނު ނިވާ ކުރުމަށް މާސްކެއް އަޅައިގެން ކަމަށް ފުލުހުންނާ ހަވާލާދީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2025 | އާދީއްތަ 11:10
ހަމަލާ ދިން ކަމަށް ތުހުމަތު ކުރާ މީހާ ހިނގާފައިވާ ދާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން އިމޭޖެއް

ހަމަލާ ދިން ކަމަށް ތުހުމަތު ކުރާ މީހާ ހިނގާފައިވާ ދާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން އިމޭޖެއް

އެމެރިކާގެ ރޯޑް އައިލެންޑުގެ ޕްރޮވިޑެންސްގައި ހުންނަ ބްރައުން ޔުނިވާސިޓީގައި ދިން ހަމަލާއެއްގައި ދެ ދަރިވަރަކު މަރުވެފައިވާއިރު، ހަމަލާ ދިން މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލުން ބުނެފި އެވެ. 

ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ހަމަލާ ދިންއިރު، މިހާރު އެ ޔުނިވާސިޓީ ވަނީ އެއްކޮށް ލޮކްޑައުން ކޮށްފަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ކަމާ ގުޅުން ހުރި އިދާރާ ތަކުން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނައިރު، މިހާތަނަށް އޭނާ ފެނިފައި ނުވެ އެވެ.

އެމެރިކާގެ އެންމެ ފުރަތަމަ އަދި އެންމެ ޤަދަރުވެރި ޔުނިވާސިޓީ ތަކުގެ ތެރޭގައި ވެސް ހިމެނޭ ބްރައުން ޔުނިވާސިޓީގައި އަދިވެސް ބައެއް ދަރިވަރުން ތިބިއިރު، އެ ދަރިވަރުންނަށް ވެސް އަންގާފައި ވަނީ ރައްކާތެރި ސަރަހައްދު ތަކުގައި ތިބުމަށެވެ. އެ ސަރަހައްދުން މީހުން ހުސް ކުރުމުގެ މަސައްކަތް ފަށާނީ، ސަލާމަތީ ކަންކަން މުޅިން ފުރިހަމަ ވުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

ރޯޑް އައިލެންޑް ހޮސްޕިޓަލުގެ އޮފިޝަލުން ބުނެފައި ވަނީ، އަނިޔާވި ގިނަ މީހުންގެ ޙާލު ސީރިއަސް ކަމަށެވެ. ނަމަވެސް، ބައެއް މީހުންގެ ޙާލު މަޑު މަޑުން ރަނގަޅު ވަމުން އަންނަ ކަމަށް ހާމަ ކޮށްފައިވެ އެވެ. މި ހާދިސާގައި މަރުވި ދަރިވަރުން އަދި އަނިޔާވި މީހުންގެ ނައްތައް ވެސް މިހާތަނަށް ހާމަ ކޮށްފައި ނުވެ އެވެ. 

ބްރައުން ޔުނިވާސިޓީގެ ރައީސް ކްރިސްޓީނާ ޕެކްސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ މިހާތަނަށް އެ ސަރަހައްދުގެ ރައްޔިތުން ތަހަންމަލު ކޮށްފައި ނުވާ ފަދަ ހާދިސާއެއް ކަމަށެވެ. ޚާއްސަކޮށް މިއީ އެ ސަރަހައްދުގެ ރައްޔިތުން އަދި ޔުނިވާސިޓީ އަށް ވެސް ހިތާމަވެރި ދުވަހެއް ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ އެ ހަމަލާ ދީފައިވާ ފިރިހެެން މީހާގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާ ކަމަށާއި، އޭނާއާ ގުޅޭ ގޮތުން އެއްކުރެވިފައި ވަނީ މަދު މައުލޫމާތެއް ކަމަށެވެ. އޭނާގެ ނަމާއި އިތުރު ތަފްސީލު ވެސް މިވަގުތު ހާމަ ކުރެވެން ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިވަގުތަށް ބަލާއިރު، އޭނާ އަކީ އެ ޔުނިވާސިޓީއާ ގުޅުން ހުރި މީހެއް ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެ އެވެ. 

ހަމަލާގެ ފަހުން ވަނީ ސީސީޓީވީ ފުޓޭޖެއް ވެސް އާންމު ކޮށްފަ އެވެ. އެ ވީޑިއޯގައި އޭނާ ހިނގާފައި ދާ މަންޒަރު ފެނުނު ނަމަވެސް، އޭނާގެ މޫނު ފެނިފައި ނުވެ އެވެ. ހަމަލާ ދިން މީހާ ހުރި ކަޅު ކުލައިގެ ހެދުމެއްގައި ކަމަށް ފާހަގަ ކުރެވޭއިރު، އޭނާ ހުރި ކަމަށް ބެލެވެނީ މޫނު ނިވާ ކުރުމަށް މާސްކެއް އަޅައިގެން ކަމަށް ފުލުހުންނާ ހަވާލާދީ ބުނެފައިވެ އެވެ. އެ ހަމަލާ ދިނުމަށް އޭނާ ބޭނުން ކުރި ހަތިޔާރެއް އަދި އެ ހަތިިޔާރުގެ ބާވަތެއް ވެސް ހޯދިފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ހަމަލާ ދީފައި ވަނީ ބްރައުން ޔުނިވާސިޓީގެ އިންޖިނިއަރިން ސްކޫލުގެ ބާރްސް އެންޑް ހޮލީ އިމާރާތަށް އަމާޒުކޮށެވެ. ހަމަލާ ދީފައި ވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުރި ބޮޑު ކުލާސް ރޫމަކަށް އަމާޒުކޮށް ކަމަށް ވެސް ބުނެފައިވެ އެވެ. 

މަސްދަރު: ބީބީސީ

ބްރައުން ޔުނިވާސިޓީޔުނިވާސިޓީ ހަމަލާއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޗާލީ ކާކް މަރާލި ކަމަށް ތުހުމަތު ކުރެވޭ ރޮބިންސަން ފުރަތަމަ ފަހަރަށް ޝަރީއަތަށް ޙާޒިރު ކޮށްފި

ޗާލީ ކާކް މަރާލި ކަމަށް ތުހުމަތު ކުރެވޭ ރޮބިންސަން ފުރަތަމަ ފަހަރަށް ޝަރީއަތަށް ޙާޒިރު ކޮށްފި

14 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު