Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ޗާލީ ކާކް މަރާލި ކަމަށް ތުހުމަތު ކުރެވޭ ރޮބިންސަން ފުރަތަމަ ފަހަރަށް ޝަރީއަތަށް ޙާޒިރު ކޮށްފި

މި މައްސަލައިގައި ރޮބިންސަންގެ މައްޗަށް ހަތް ދައުވާއެއް ވަނީ އުފުލާފައި. އޭގެ ތެރޭގައި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އާއި، ހެކި ނައްތާލުމުގެ ކުށުގެ ދައުވާ އާއި، އޭނާގެ ރޫމް މޭޓަށް ކުށުގެ މެސެޖުތައް ޑިލީޓު ކުރުމަށް އެންގި މައްސަލައިގެ ދައުވާ ވެސް ހިމެނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2025 | އާދީއްތަ 04:02
ޝަރީއަތުގެ މަޖިލީހުގައި ރޮބިންސަން އާއި އޭނާގެ ޤާނޫނީ ވަކީލުން

ޝަރީއަތުގެ މަޖިލީހުގައި ރޮބިންސަން އާއި އޭނާގެ ޤާނޫނީ ވަކީލުން

ކޮންޒަވޭޓިކް ޙަރަކާތްތެރިޔާ ޗާލީ ކާކް މަރާލި ކަމަށް ތުހުމަތު ކުރެވޭ ޓައިލާ ރޮބިންސަން، އެ މައްސަލައިގައި ފުރަތަމަ ފަހަރަށް ކޯޓަށް ޙާޒިރު ކޮށްފި އެވެ. 

ޔޫޓާގެ ޕްރޮވޯގައި ހުންނަ ކޯޓަށް ރޮބިންސަން ޙާޒިރު ކޮށްފައި ވަނީ އޭނާ ގެ އަތުގައި ބިޑި އަޅުވައިގެންނެވެ. ގަމީހަކާއި ޓައީއެއް އަޅައިގެން ރޮބިންސަން ހުރިއިރު، ޝަރީއަތުގައި އޭނާ ވަކީލުންނާ ވާހަކަ ދައްކާފައި ވަނީ ވެސް ހިނިތުންވުމާ އެކު އެވެ. އެ ޝަރީއަތުގެ މަޖިލީހަށް ރޮބިންސަންގެ މަންމަ އާއި ބައްޕަގެ އިތުރުން، އޭނާ ގެ ބޭބެ ވެސް ޙާޒިރު ވެފައިވާ ކަމަށް އޭނާ ގެ ޤާނޫނީ ވަކީލު ރިޗާޑް ނޮވަކް ވިދާޅުވެފައިވެ އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަރަށް ބޮޑު ސަޕޯޓާރެއް ކަމަށްވާ ޗާލީ ކާކް މަރާލީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އޭނާ ގަޔަށް ބަޑި ޖަހައި މަރާލި ކަމަށް ތުހުމަތު ކުރެވެނީ އުމުރުން 22 އަހަރުގެ ރޮބިންސަންގެ މައްޗަށެވެ. ޗާލީ ކާކް މަރާލި ދުވަހު ފުލުހުން ވަނީ ރޮބިންސަން ހައްޔަރު ވެސް ކޮށްފަ އެވެ. 

އެމެރިކާގެ ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު ޓޯނީ ގްރާފް ވަނީ ރޮބިންސަންގެ ފަރާތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދީފަ އެވެ. އެއާއެކު، އޭނާ ގެ ފަރާތުން ވާހަކަ ދައްކަވާފައި ވަނީ އޭނާ ގެ ޤާނޫނީ ވަކީލުންނެވެ. ރޮބިންސަންގެ ޤާނޫނީ ވަކީލުން އެދުނީ އެ މައްސަލައިގެ ޝަރީއަތުގެ އަޑު އެހުމަށް ކެމެރޭ ވެއްދުން މަނާ ކޮށްދިނުމަށެވެ. އެގޮތުން އޭނާ ގެ ޤާނޫނީ ވަކީލު ސްޓޭސީ ވިސާ ވިދާޅުވީ، މީޑިއާ ތަކުގެ ނުރަނގަޅު އަސަރު ކޯޓުގެ ތެރޭގައި ބޭނުން ނުވާ ކަމަށެވެ. 

އެއާއެކު ފަނޑިޔާރު ގްރާފް ވިދާޅުވީ މި ހިނގާ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު މީޑިއާ ތަކަށް ފުރުސަތު ދިނުމާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުން، 21 ވަނަ ދުވަހާ ދޭތެރޭގައި އަޑު އެހުމެއް ބާއްވާނެ ކަމަށް ވެސް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. 

ދައުލަތުގެ ޕްރޮސެކިއުޓަރުންގެ އެދުމުގެ މަތިން ފަނޑިޔާރު ގްރާފް ވަނީ، ޗާލީ ކާކްގެ އަނބިކަނބަލުން އެރިކާ ކާކް އެ މައްސަލައިގައި ދައުވާ ހުށަހަޅާ ފަރާތް ތަމްސީލު ކުރާނެ ފަރާތެއްގެ ގޮތުގައި ކަނޑައަޅުއްވައިފަ އެވެ. 

މި މައްސަލައިގައި ރޮބިންސަންގެ މައްޗަށް ހަތް ދައުވާއެއް ވަނީ އުފުލައިފަ އެވެ. އޭގެ ތެރޭގައި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އާއި، ހެކި ނައްތާލުމުގެ ކުށުގެ ދައުވާ އާއި، އޭނާ ގެ ރޫމް މޭޓަށް ކުށުގެ މެސެޖުތައް ޑިލީޓު ކުރުމަށް އެންގި މައްސަލައިގެ ދައުވާ ވެސް ހިމެނެ އެވެ. މި މައްސަލައިގައި ދައުލަތުގެ ވަކީލުން ވިދާޅުވެފައި ވަނީ، ރޮބިންސަންގެ މައްޗަށް މަރުގެ ޙުކުމެއް އިއްވައި ދިނުމަށް އެދޭނެ ކަމަށެވެ.

މަސްދަރު: ރޮއިޓާސް

ޓައިލާ ރޮބިންސަންޗާލީ ކާރކްޖިނާއީ ދައުވާއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު