Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަން

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

ހައިކޯޓުގެ 11 ފަނޑިޔާރުންގެ ތެރެއިން 5 ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ޖޭއެސްސީން ދަނީ ބަލަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2025 | ހޮނިހިރު 06:36
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމު ގައި ކޮމިޝަނުން ސަމާލުކަން ދެނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރަން ނޫން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ހައިކޯޓު ގެ ބެންޗު ގައި ހިމެނޭ 11 ފަނޑިޔާރުން ގެ ތެރެއިން ފަސް ފަނޑިޔާރެއް ގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީ އިން ބަލަން ފެށުމާ ގުޅިގެން އެ ކޮމިޝަނަށް ވަނީ ގިނަ ބައެއް ގެ ފާޑުކިޔުން އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއް ގައި ޖޭއެސްސީ އިން ބުނީ ގާނޫނު އަސާސީ ގެ 157 ވަނަ މާއްދާ ގެ (ށ) ގައި "ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ވަކިފަރާތަކަށް ބުރަނުވާ، މުސްތަގިއްލު މުއައްސަސާއެއް ކަމާއި، އެ ކޮމިޝަނު ގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާންވާނީ ގާނޫނު އަސާސީ އާއި ރައްޔިތުން ގެ މަޖިލީހުން ފާސްކުރާ ގާނޫނާ އެއްގޮތްވާ ގޮތުގެމަތީން" ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

ބަޔާނުގައި ބުނީ ދިވެހިރާއްޖޭ ގެ ފަނޑިޔާރު ގެ އަކީ ރައްޔިތުން އިތުބާރު ކުރާ، އަދުލު އިންސާފު އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭ ތަނަކަށް ހެދުމަކީ އެ ކޮމިޝަން ގެ ޒިންމާ އެއް ކަމަށެވެ. އަދި އަދުލުވެރި ކަމާއެކު ޝަރީއަތް ހިންގާ، އަވަސް ކަމާއެކު އިންސާފު ފޯރުކޮށްދޭ ފަރާތްތަކަކަށް ޝަރުއީ ކޯޓުތަކު ގައި މަސައްކަތް ކުރާ ފަނޑިޔާރުން ވާން ޖެހޭނެ ކަމަށެވެ.

އެހެން ކަމުން ފަނޑިޔާރުންނާ މެދު ހުށަހެޅޭ ޝަކުވާތައް ބަލައި، ފަނޑިޔާރުން ގެ މަސައްކަތު ގެ ފެންވަރު ބެލުމާއި ތަމްރީން ދިނުމާއި ފަނޑިޔާރުން ގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ކޮމިޝަނުން އަޅަމުންދާ ކަމަށް ވެސް ޖޭއެސްސީ ގެ ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން ފަނޑިޔާރުން ގެ މަސައްކަތާއި ގުޅޭ އިދާރީ އިންތިޒާމްތަކާއި ކަންކަން ހަމަޖެހިފައި ވޭތޯ ކަށަވަރު ކުރަމުން ދާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ޖޭއެސްސީ އިން ބުނީ ކޮމިޝަނަށް ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި ކޮމިޝަނުން ސަމާލުކަން ދެނީ ވަކިކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ، ވަކި ގޮތަކަށް އަމަލު ކުރުމަކަށް ނޫން ކަމަށެވެ. އެއީ ކޮންމެ ކޯޓެއް ގެ ފަނޑިޔާރަކަށް ވީނަމަ ވެސް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގައި ފާހަގަ ކޮށްފައިވާ ކަންކަމާ ގުޅިގެން މައުލޫމާތު ސާފުކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން އެންމެ ފުރިހަމަ އަށް ބަލަމުންދާ ކަން ފާހަގަކޮށްފައި ވެއެވެ.

އެ ހުރިހާ ކަމެއް އެންމެ ފުރިހަމަ އަށް ބެލުމަށްފަހު ގައި ނޫނީ އެއްވެސް ފަނޑިޔާރެއް ގެ ސުލޫކީ މައްސަލަ އެއް ބެލުމަށް ނިންމާފައި ނުވާނެ ކަމަށް ވެސް ޖޭއެސްސީ އިން ބުނެފައި ވެއެވެ. އަދި އެކަން އެ ކޮމިޝަން ގެ ތަފާސް ހިސާބުތަކުން ކަށަވަރުކޮށްދޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ޖޭއެސްސީ އިން ބުނީ ފަނޑިޔާރުން ގެ ސުލޫކީ މައްސަލަތަކު ގެ ގޮތުގައި މި އަހަރު ގެ މިހާތަނަށް 176 ޝަކުވާ ކޮމިޝަނަށް ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން ތަހުގީގު ކުރަން ނިންމާފައި ވަނީ 57 ޝަކުވާ ކަމަށެވެ. އަދި ސުލޫކީ މައްސަލަ ބެލުމަށްފަހު، ސާބިތުވެ ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ 6 ފަނޑިޔާރުންނަށް ކަމަށެވެ.

އެ ކޮމިޝަނުން ސަމާލުކަން ދެނީ ހުށަހެޅިފައިވާ ޝަކުވާ އާއި އެ ޝަކުވާއަކާ ގުޅިގެން ހުށަހަޅާ ހެކީގެ މައްޗަށް ކަމަށް ޖޭއެސްސީ އިން ބުނެ އެވެ. އެހެން ކަމުން ވަކި ކޯޓެއް ގެ ފަނޑިޔާރުން ގެ މައްސަލަތައް ކޮމިޝަނުން ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ތަހުގީގު ކުރާ ކަމަށް ދޭހަވާ ގޮތަށް އާންމުގެ މެދުގައި މައުލޫމާތު ފެތުރުމަކީ އެންމެ ޒިންމާދާރު ގޮތް ކަމަށް ކޮމިޝަނުން ނުދެކޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންހައި ކޯޓުފަނޑިޔާރުންސުލޫކީ މައްސަލަތައްޤާނޫނުއަސާސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

05 ޑިސެމްބަރު 2025
ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު