Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިޔަރު

ކަށި މިޔަރު ހިމެނޭ ގޮތައް ގިނަ ބާވަތުގެ މިޔާރާއި މަޑީގެ ބައިނަލް އަގްވާމީ ވިޔަފާރި އަށް ހުރަސް އަޅަން ފާސް ކޮށްފި

ސައިޓީސްގެ މެމްބަރުން ފެހުރިއްސާއި އެންމަޑީގެ ހުރިހާ ބާވަތްތައް އެޕެންޑިކްސް އެކެއް ގެ ދަށަށް ގެނެސް އެންމެ މަތީ ދަރަޖައިގެ ރައްކާތެރިކަން ދީފައިވާއިރު ބައިނަލްއަޤްވާމީ ވިޔަފާރި މަނާ ވެގެންދާނެ

ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2025 | ހޮނިހިރު 15:17
ފެހުރިހި - އެންމެ މަތީ ދަރަޖައިގެ ހިމާޔަތް ސައިޓީސް އިން ވަނީ ދީފައި

ފެހުރިހި - އެންމެ މަތީ ދަރަޖައިގެ ހިމާޔަތް ސައިޓީސް އިން ވަނީ ދީފައި

ރާއްޖޭގައި މަނާ ކޮށްފައި އޮތް ކަށި މިޔަރުގެ މަސްވެރިކަމަށް ސަރުކާރުން ހުޅުވާލިތާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ކަށި މިޔަރު ހިމެނޭ ގޮތައް 70 ބާވަތެއްގެ މިޔަރާއި މަޑީގެ ބާވަތްތަކުގެ ބައިނަލް އަގްވާމީ ވިޔަފާރި އަށް ހުރަސް އަޅަން ފާސް ކުރުމުގައި ރާއްޖެ އިން ބައިވެރިވެއްޖެ އެވެ.

ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑެންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) ގެ މެމްބަރު ގައުމުތަކުން، ފެހުރިއްސާއި، އެން މަޑީގެ ހުރިހާ ބާވަތްތައް ވަނީ އެޕެންޑިކްސް I ގެ ދަށަށް ގެނެސްފައެވެ. މި ގޮތައް ނިންމުމާ އެކު އެންމެ މަތީ ދަރަޖައިގެ ރައްކާތެރިކަން މި ބާވަތްތަކަށް ލިބި، މި ބާވަތްތަކާއި އެ ތަކެތީގެ އުފެއްދުންތަކުގެ ހުރިހާ ބައިނަލްއަޤްވާމީ ވިޔަފާރިއެއް މަނާ ވެގެން ދާނެ އެވެ.

Advertisement - newsAdvertisement

ނެތިދިއުމުގެ ބޮޑު ނުރައްކަލެއްގައިވާ އޯޝިއަނިކް ވައިޓް ޓިޕް ޝާކް (ފީ މިޔަރު) އަށް ވެސް ވަނީ އެންމެ މަތީ ދަރަޖައިގެ ރައްކާތެރިކަން ދީފައެވެ.

ނެތިދިއުމުގެ ބިރު ހީވެފައިވާ، ދުނިޔޭގައިވާ އެންމެ ބޮޑު މަސް ކަމަށްވާ ފެހުރިހީގެ އުރަހައިގެ ބައިނަލްއަޤްވާމީ ވިޔަފާރި މިހާރު ވެސް ކުރެވެމުން ދާއިރު، އެ ތަކެތި ސައިޓީސް ގެ އެޕެންޑިކްސް I ގެ ދަށަށް ގެނައުމުން، ވިޔަފާރި ބަންދުވެ، އެ ތަކެތީގެ އާބާދީ އިތުރަށް ދަށްވިޔަ ނުދިނުމަށް ވަރަށް މުހިންމު ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މީގެ އިތުރުން، ގިޓާފިޝް (މަޑި މިޔަރު) ގެ ބައެއް ބާވަތްތަކަކީ ނެތިދިއުމުގެ ނުރައްކަލެއްގައިވާ ބާވަތްތައް ކަމަށް ވުމާއެކު ބައިނަލްއަޤްވާމީ ވިޔަފާރި ހުއްޓުވުމުގެ ގޮތުން އަހަރަކު އެކްސްޕޯޓް ކުރެވޭނެ އަދަދު ސުމަކަށް ގެނައުމަށް ސައިޓީސް ގެ މެމްބަރުން ނިންމުމާއެކު މިބާވަތުގެ މިޔަރުގެ ވިޔަފާރި މުޅިން ހުއްޓޭނެ ކަަމަށް ވަނީ ބެލެވިފައެވެ.

ދުނިޔޭގެ މަހުގެ ވިޔަފާރި އާއި އުރަހައިގެ ވިޔަފާރީގައި ގިނައިން ފެންނަ، އަދި ދުނިޔޭގެ ބައެއް ހިސާބުތަކުގައި ފިޝް އެންޑް ޗިޕްސް ގައި 'ފްލޭކް' ގެ ނަމުގައި މަޝްހޫރުވެފައިވާ ބާވަތެއް ކަމަށްވާ ސްމޫތް-ހައުންޑް (ހޮނޑު މިޔަރު) އަށް ވެސް ވަނީ ފުރަތަމަ ފަހަރަށް ސައިޓީސް ގެ ރައްކާތެރިކަން ލިބިފައެވެ. މި ބާވަތްތައް ވަނީ އެޕެންޑިކްސް II ގެ ދަށަށް ލިސްޓުކޮށްފައެވެ، މާނައަކީ ވިޔަފާރި ކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި އެ ބާވަތުގެ މަސްވެރިކަން ކުރެވޭނެ ކަން ސައިޓީސް އަށް ސާބިތުކޮށްދެވުމުންނެވެ.

ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ހުއްދަ ކުރި ކަށި މިޔަރުގެ މަސްވެރިކަމަށް ސައިޓީސްގެ ނިންމުމުގެ ސަބަބުން ވަރަށް ބޮޑަށް ހުރަސް އެޅޭނެ ކަމަށް ބެލެވެއެވެ.

ކަނޑުގެ ވަރަށް ފުނުގައި އުޅޭ ގަލްޕާ ޝާކް (ކަށި މިޔަރު) ގެ ބާވަތްތަކަކީ ކޮސްމެޓިކްސް އިންޑަސްޓްރީ ގައި ވަރަށް ބޮޑު ޑިމާންޑެއް އޮންނަ އެ ތަކެތީގެ ތެލުގެ ބޭނުމުގައި ބާނަމުން އަންނަ ބާވަތްތަކެކެވެ. މި ބާވަތްތައް ވެސް ވަނީ އެޕެންޑިކްސް II ގެ ދަށަށް ލިސްޓުކޮށްފައެވެ. ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި، އެ ތަކެތީގެ އާބާދީ 80% އާ ހަމައަށް ދަށްވެފައިވެއެވެ. ކަށި މިޔަރުގެ ބާވަތްތައް ބޮޑުވަނީ ވަރަށް ލަހުންނެވެ. އަދި ދަރިމައި ވަނީ އުމުރުގެ ފަހުކޮޅުގައެވެ. އަދި ދަރިމައިވަނީ ވަރަށް މަދު އަދަދަކަށެވެ. އެ ތަކެތީގެ އާބާދީ ދަށްވުމުން އަނބުރާ ރަނގަޅުވުމަށްވެސް ވަރަށް ގިނަ ދުވަސް ނަގައެވެ.

މި ނިންމުންތަކަށް އެއްބަސްވެފައިވަނީ އދ ގެ ސައިޓީސް ގެ 20 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީޒް (CoP20) ގެ ބައްދަލުވުމުގައި ހުކުރު ދުވަހު އެވެ. ސައިޓީސް ކޮޕް20 ގެ ބައްދަލުވުން ކުރިއަށް ދަނީ އުޒްބެކިސްތާނުގެ ސަމަރުގަންދުގައި ނޮވެމްބަރު 24 އިން ޑިސެމްބަރު 5 ގެ ނިޔަލަށެވެ.

މިޔަރުގެ ވިޔަފާރި ކޮންޓްރޯލު ކުރުމަށް ހުށަހެޅި ހުށަހެޅުމަކީ ގިނަ ސަރުކާރުތަކެއް ބައިވެރިވެގެން ހުށަހެޅި ހުށަހެޅުމެވެ. މިގޮތުން، އޯޝަނިކް ވައިޓިޕް ޝާކްސް (ފީބޯ މިޔަރު) އެޕެންޑިކްސް 1 އަށް ބަދަލުކުރުމަށް ޕެނަމާއިން އިސްކޮށް މަސައްކަތްކޮށްފައިވާއިރު، ފެހުރިހި އެޕެންޑިކްސް 1 އަށް ބަދަލުކުރުމަށް ދިވެހިރާއްޖެ އިން އިސްކޮށް މަސައްކަތްކޮށްފައިވެއެވެ. އަދި މަޑީގެ ބާވަތްތައް ރައްކާތެރިކުރުމަށް އިކުއެޑޯ އިން އިސް ދައުރެއް އަދާ ކުރިއެވެ.

ފީބޯ މިޔަރު ރައްކައުތެރި ކުރުމަށް ބޭނުންވި ދެބައިކުޅަ އެއްބައިގެ އަޣުލަބިއްޔަތު ލިބިފައިވާއިރު، 83 އިންސައްތަ މެންބަރުން ތާއީދު ކޮށްފައިވެއެވެ. އެން މަޑީގެ ބާވަތްތަކާއި ފެހުރިހި އެޕެންޑިކްސް 1 އަށް ބަދަލުކުރުމުގެ ހުށަހެޅުމަށް ހުރިހާ ގައުމަކުން ތާއީދު ކޮށްފައި ވެއެވެ.

ކަށި މިޔަރުގެ ވިޔަފާރި ކޮންޓްރޯލު ކުރުމަށް ހުށަހެޅީ އިނގިރޭސިވިލާތާއި އާއި ޔޫރަޕިއަން ޔޫނިއަން އިން ގުޅިގެންނެވެ. ބޭނުންވި ދެބައިކުޅަ އެއްބައިގެ އަޣުލަބިއްޔަތު މި ހުށަހެޅުމަށް ލިބިފައިވާއިރު، 86 އިންސައްތަ މެންބަރުން ތާއީދުކޮށްފައިވެއެވެ. ރައީސް މުއިއްޒު ކަށި މިޔަރުގެ ބާވަތްތަކަށް ހުއްދަ ދޭން ނިންމެވި ނަމަވެސް، ކަށި މިޔަރުގެ ވިޔަފާރި ކޮންޓްރޯލު ކުރުމަށް ސައިޓީސް އަށް ހުށަހެޅުމުން ރާއްޖެ އިން ދެކޮޅު ހަދާފައި ނުވާ ކަން ފާހަގަ ކުރެވެއެވެ.

ކަށި މިޔަރުފެހުރިހިމިޔަރު މަސްވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހަޅައިފި

ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހަޅައިފި

11 ޑިސެމްބަރު 2025
ރާއްޖޭގައި މިޔަރު ހިފުމަށާއި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލައި ހުށަހެޅި ގަރާރު ބޭރު ކޮށްލައިފި

ރާއްޖޭގައި މިޔަރު ހިފުމަށާއި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލައި ހުށަހެޅި ގަރާރު ބޭރު ކޮށްލައިފި

05 ނޮވެމްބަރު 2025
ކަށި މިޔަރުގެ މަސްވެރިކަމާ ރައްޔިތުން ދެކޮޅު ކަން ގައުމީ ސަރވޭއަކުން ދައްކާފައިވަނިކޮށް، ރައީސް މުއިއްޒު އެ ބާވަތުގެ މަސްވެރިކަމަށް ހުއްދަ ދީފި

ކަށި މިޔަރުގެ މަސްވެރިކަމާ ރައްޔިތުން ދެކޮޅު ކަން ގައުމީ ސަރވޭއަކުން ދައްކާފައިވަނިކޮށް، ރައީސް މުއިއްޒު އެ ބާވަތުގެ މަސްވެރިކަމަށް ހުއްދަ ދީފި

01 ނޮވެމްބަރު 2025
ކަށިމިޔަރު ބާނަން ހުއްދަ ދޭން މުއިއްޒު ނިންމެވި އިރު ރައްޔިތުން އެކަމާ ދެކޮޅުކަން ސާވޭ އަކުން ހާމަވެއްޖެ

ކަށިމިޔަރު ބާނަން ހުއްދަ ދޭން މުއިއްޒު ނިންމެވި އިރު ރައްޔިތުން އެކަމާ ދެކޮޅުކަން ސާވޭ އަކުން ހާމަވެއްޖެ

09 އޮކްޓޯބަރު 2025
ކަށި މިޔަރު ބާނަން ހުއްދަ ދޭން މުއިއްޒުގެ ނިންމުމާ ދެކޮޅަށް ބައިނަލް އަގްވާމީ ޕެޓިޝަނެއް ފަށައިފި

ކަށި މިޔަރު ބާނަން ހުއްދަ ދޭން މުއިއްޒުގެ ނިންމުމާ ދެކޮޅަށް ބައިނަލް އަގްވާމީ ޕެޓިޝަނެއް ފަށައިފި

26 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު