Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުހައްމަދު ޝައްމާން ވަހީދު

އިމިގްރޭޝަންގެ މުވައްޒަފުން ލައްވައި މިނިސްޓަރ އިހްސާން ގާނޫނާ ހިލާފު ކަންކަން ކޮށްފައިވޭތޯ ސުވާލު ކުރަން ގާޒީ ފުރުސަތެއް ނުދިން

ޝަރީއަތުގައި ހެކިންނާ ސުވާލު ކުރަނިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާން ގާނޫނާ ހިލާފު ކަންކަން ކުރި ކަމުގެ ސުވާލެއް ޝަމްއާން ކުރުމުން ގާޒީ ވަނީ އެކަމަށް ހުރަސް އަޅާފައި. ޝަމްއާންގެ އާއިލާއިން ތުހުމަތު ކުރަނީ އިހުސާން ގެ ކޮރަޕްޝަން ހާމަ ކުރާނެ ކަމުގެ ބިރަށް ޝަމްއާން ފްރޭމް ކޮށްގެން ބަންދު ކޮށްފައިވާ ކަމަށް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 17 ޑިސެމްބަރު 2025 | ބުދަ 03:35
 ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި، އިމިގްރޭޝަންގެ މުވައްޒަފުން ލައްވައި ހޯމް މިނިސްޓަރ އަލީ އިހްސާން ގާނޫނާ ހިލާފު ކަންކަން ކޮށްފައިވޭތޯ ސުވާލުކުރުމުން ގާޒީ އިބްރާހިމް އިހްސާން އެކަމަށް ހުރަސްއަޅައިފި އެވެ.

ޝަމްއާން ބަންދުކޮށްފައިވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ މައްސަލާގައި އިމިގްރޭޝަންގެ މުވައްޒަފުންތަކާ ބައިވެރިވެގެން، ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ އަތުލުމަށް ފަހު އެ މީހާ އިމިގްރޭޝަންގެ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލާގަ އެވެ. މި މައްސަލާގައި ޝަމްއާން ގެ މައްޗަށް ދައުލަތުން ގިނަ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ.

އަންގާރަ ދުވަހު ބޭއްވި މި މައްސަލައި ގެ ޝަރީއަތުގެ މަޖިލީހުގައި ހެކިވެރިއެއްގެ ގޮތުގައި ހާޒިރުކުރި އިމިގްރޭޝަންގެ ކޮންޓްރޯލާ ބިއުރޯގެ މުވައްޒަފަކާ ޝަމްއާން ސުވާލެއް ކުރުމުން ދައުލަތުން އެކަމަށް އިއުތިރާޒް ކުރިއިރު، ގާޒީ ވެސް ވަނީ އެ ސުވާލު ހުއްޓުވާފަ އެވެ. އެ ހެކިވެރިޔާ އާ ޝަމްއާން ސުވާލު ކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ލައްވައި ގާނޫނާ ހިލާފް ކަންކަން ކުރަން ހޯމް މިނިސްޓަރު އަލީ އިހްސާން އެންގެވި ކަމަށް ބުނެ، އެކަމާ ގުޅޭގޮތުންނެވެ.

ޝަމްއާންގެ މި ސުވާލާ އެކު ގާޒީ އިހްސާން ވިދާޅުވީ، މީޑިއާ ސާކަސްއެއްގެ ގޮތުގައި ނުވަތަ މީޑިއާ ހެޑްލައިން ހެދުމަށް އެ ޝަރީއަތް ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި ދިފާއުގައި ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމާއި ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ޝަމްއާނަށް ވެސް އޮންނާނެ ކަމަށާއި ނަމަވެސް ވަކި މެސެޖެއް ބަޔަކަށް ދޭން އެ ޝަރީއަތް ބޭނުން ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި އެކަން ކުރާ ނަމަ ފިޔަވަޅު އެޅޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޝަރީއަތުގެ މަޖިލީހުގައި މިގޮތަށް ކަން ހިނގާފައިވާއިރު، އެ މައްސަލައިގައި ޝަމްއާންގެ އާއިލާއިން ކުރިން ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓަރު އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުން ކަމަށެވެ. އަދި ޝަމްއާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާ ގެ އަތުގައި އިހުސާންގެ ވީޑިއޯއެއް އޮތްކަން އިހުސާނަށް އެނގިލެއްވުމުން ކަމަށް އެ އާއިލާއިން ތުހުމަތު ކުރެ އެވެ.

މީގެ އިތުރުން ހޯމް މިނިސްޓްރީ ހިންގުމާއި އިމިގްރޭޝަން ބެލެހެއްޓުމުގައި އިހުސާން ވަނީ ކޮރަޕްޝަނުގެ އެތައް އަމަލުތަކެއް ހިންގައިފައި ކަމަށް އާއިލާއިން ތުހުމަތުކުރި އެވެ. އަދި ޝަމްއާން ބަންދު ކުރި ކުރުމަކީ ފްރޭމެއް ކަމަށް ތުހުމަތު ކުރެ އެވެ.

މުހައްމަދު ޝައްމާން ވަހީދުއަލީ އިޙްސާންގާޒީ އިބްރާހިމް އިހްސާންއިމިގްރޭޝަން

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަނަމަ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް އޮންނަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި

16 ޑިސެމްބަރު 2025
އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަނަމަ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް އޮންނަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި
16 ޑިސެމްބަރު 2025

ގަވާއިދާއި ހިލާފަށް ބިދޭސީން ގެނެސްގެން މަނީލޯންޑަރ ކުރި ބިދޭސީ އަކު ތިން އަހަރަށް ޖަލަށްލާ، 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި

16 ޑިސެމްބަރު 2025
ގަވާއިދާއި ހިލާފަށް ބިދޭސީން ގެނެސްގެން މަނީލޯންޑަރ ކުރި ބިދޭސީ އަކު ތިން އަހަރަށް ޖަލަށްލާ، 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި
16 ޑިސެމްބަރު 2025

ގަވާއިދާ ޚިލާފަށް މާލޭގައި ހިންގަމުން ދިޔަ 2 ވިޔަފާރިއެއް ހުއްޓުވައި، 1 ތަނަކަށް ނޯޓިސް ދީފި

16 ޑިސެމްބަރު 2025
ގަވާއިދާ ޚިލާފަށް މާލޭގައި ހިންގަމުން ދިޔަ 2 ވިޔަފާރިއެއް ހުއްޓުވައި، 1 ތަނަކަށް ނޯޓިސް ދީފި
15 ޑިސެމްބަރު 2025

މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 3 ސްޕާ އެއް ބަންދު ކޮށްފި

15 ޑިސެމްބަރު 2025
މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 3 ސްޕާ އެއް ބަންދު ކޮށްފި
10 ޑިސެމްބަރު 2025

ހަތަރު މަސާޖު ޕާލާ އެއް ބަންދުކޮށް، ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

10 ޑިސެމްބަރު 2025
ހަތަރު މަސާޖު ޕާލާ އެއް ބަންދުކޮށް، ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު