Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓިކްޓޮކް

އިނގިރޭސި ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމާ ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފި

ޓިކްޓޮކް ހިންގާ މައި ކުންފުނި ކަމަށްވާ، ޗައިނާގެ ބައިޓްޑާންސްއާ ގުޅިފައިވާ ޑޭޓާ ސެކިއުރިޓީގެ ކަންބޮޑުވުންތަކާ ގުޅިގެން، އިނގިރޭސިވިލާތުގެ ސަރުކާރުގެ ޑިވައިސް ތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނީ 2023 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި. އިނގިރޭސިވިލާތުގެ އިތުރުން، ބައެއް އެހެން ޤައުމު ތަކުގައި ވެސް ވަނީ އެކަން މަނާ ކޮށްފައި.

ބޮޑުވަޒީރު ކިއަރ ސްޓާމަރު ޒުވާން ވޯޓަރުންނާ ގުޅުން ބަދަހިކުރުމަށް ޓިކްޓޮކްގައި އަމިއްލަ އެކައުންޓެއް ހުޅުވައިލައްވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2025 | ބުދަ 01:27
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކީ ސްޓާމާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކީ ސްޓާމާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކީ ސްޓާމާ، ސޯޝަލް މީޑިއާ ޕްލެޓްފޯމް - ޓިކްޓޮކް އެކައުންޓެއް ހައްދަވައި ރަސްމީކޮށް ބޭނުން ކުރައްވަން ފައްޓަވައިފި އެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމާ ޓިކްޓޮކް އެކައުންޓެއް ހައްދަވާފައި ވަނީ ހޯމަ ދުވަހު އެވެ. މިއީ ޒުވާން އުމުރުފުރައިގެ ރައްޔިތުންނާއި ވޯޓަރުންނާ ގުޅުން ބަދަހި ކުރުމަށް ބޮޑު ވަޒީރު ސްޓާމާ ކުރައްވަމުން ގެންދަވާ މަސައްކަތުގެ ބައެއް ކަމަށް ރިޕޯޓު ތަކުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އެއާ އެކު ސްޓާމާ ވެގެން ގޮސްފައި ވަނީ، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުންގެ ތެރެއިން ޓިކްޓޮކް ބޭނުން ކުރައްވަ ފުރަތަމަ ބޮޑު ވަޒީރަށެވެ.

ބޮޑު ވަޒީރުގެ އޮފީސް ޑައުނިން ސްޓްރީޓްގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ، ބޮޑު ވަޒީރު ސްޓާމާގެ ޓިކްޓޮކް އެކައުންޓު ހިންގުމަށް ސަލާމަތީ ކަންކަން ރައްކާތެރި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. ސްޓާމާގެ ޓިކްޓޮކް އެކައުންޓުގައި ޝާއިއު ކޮށްފައިވާ ފުރަތަމަ ވީޑިއޯގައި ފެންނަނީ އަނބިކަނބަލުންނާ އެކު ޑައުނިން ސްޓްރީޓްގެ ކްރިސްމަސް ބޮކިތައް ދިއްލުމުގެ ޙަރަކާތައް ވަޑައިގަންނަވާ މަންޒަރެވެ. އެ ވީޑިއޯގައި ސްޓާމާ ވިދާޅުވަނީ ޓިކްޓޮކް އިން އޭނާ ފޮލޯ ކުރެއްވުމަށެވެ.

ދެ ވަނަ ވީޑިއޯގައި ފެންނަނީ ޔުކްރެއިންގެ ރައީސް ވުލޮޑޮމިއަރ ޒެލެންސްކީ އަށް މަރުޙަބާ ދަންނަވާ މަންޒަރެވެ. އެގޮތުން ހިންގަވާފައި ޒެލެންސްކީ، ބޮޑު ވަޒީރުގެ ރަސްމީ ދެކޮޅު 10 ޑައުނިން ސްޓްރީޓް އަށް ވަޑައިގަންނަވާއިރު، ޒެލެންސްކީ އަށް މަރުޙަބާ ދެންނެވުމަށް ސްޓާމާ ނިކުމެ ހުންނަވައި މަންޒަރު ވެސް ފެނެ އެވެ.

ސްޓާމާގެ ޓިކްޓޮކް އެކައުންޓުގައި ޕޯސްޓު ކޮށްފައިވާ ތިން ވަނަ ވީޑިއޯގައި ފެންނަނީ، ސްޓާމާ އާއި ޒެލެންސްކީގެ އިތުރުން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަދި ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް މަޝްވަރާ ކުރައްވާ މަންޒަރެވެ. މިއީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި ސުލްޙަ ޤާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި، ޔުކްރެއިންގެ މަސްލަޙަތު ހިމާޔަތް ކުރުމަށް ހަތަރު ލީޑަރުން ބޭއްވެވި ބައްދަލުވުމެކެވެ.

އެއަށް ފަހު އަންގާރަ ދުވަހު ސްޓާމާ ވަނީ ހަތަރު ވަނަ ވީޑިއޯއެއް ވެސް ޓިކްޓޮކް އެކައުންޓުގައި ޕޯސްޓު ކުރައްވައިފަ އެވެ. އެ ވީޑިއޯގައި ފެންނަނީ ދުވަހުގެ މަސައްކަތްތައް ފަށައި ގަތުމަށް ސްޓާމާ ވަޑައިގަންނަވާއިރު، ޑައުނިން ސްޓްރީޓްގެ ބައެއް މުވައްޒަފުންނާ އޭނާ ވާހަކަ ދައްކަވާ މަންޒަރެވެ.

އެ އެކައުންޓުން ފަސް ވަނަ ވީޑިއޯއެއް ޕޯސްޓު ކޮށްފައި ވަނީ އަންގާރަ ދުވަހުގެ ރޭ އެވެ. އެ ވީޑިއޯގައި ފެންނަނީ މިދިޔަ ހަފުތާގެ ތެރޭގައި ބޮޑު ވަޒީރު ސްޓާމާ ސްކޫލަކަށް ޒިޔާރާތް ކުރެއްވިއިރު، އެ ސްކޫލްގެ ދަރިވަރަކާ އެކު ހީ ސަމާސާ ކުރައްވާ މަންޒަރެވެ. އަދި މިޔުޒިކާ އެއްވަރަށް، ސްޓާމާ އާއި ދަރިވަރު އަތުން އިޝާރާތް ކުރައްވަމުން ނަށާ މަންޒަރު ވެސް ފެނެ އެވެ.

ޓިކްޓޮކް ހިންގާ މައި ކުންފުނި ކަމަށްވާ، ޗައިނާގެ ބައިޓްޑާންސްއާ ގުޅިފައިވާ ޑޭޓާ ސެކިއުރިޓީގެ ކަންބޮޑުވުންތަކާ ގުޅިގެން، އިނގިރޭސިވިލާތުގެ ސަރުކާރުގެ ޑިވައިސް ތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނީ 2023 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އިނގިރޭސިވިލާތުގެ އިތުރުން، ބައެއް އެހެން ޤައުމު ތަކުގައި ވެސް ވަނީ އެކަން މަނާ ކޮށްފަ އެވެ.

އެގޮތަށް ޓިކްޓޮކް މަނާ ކުރުމުގެ ކުރިން، 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ އޮފީސް، 10 ޑައުނިން ސްޓްރީޓް އިން ވަނީ ރަސްމީ ޓިކްޓޮކް އެކައުންޓެއް ހުޅުވައިފަ އެވެ. ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ދައުރުގެ ތެރޭގައި ޑައުނިން ސްޓްރީޓް އިން ޓިކްޓޮކް އެކައުންޓެއް ހުޅުވައި ބޭނުން ކުރަން ފެށި ނަމަވެސް، ތިން މަސް ދުވަސް ފަހުން ވަނީ އެ އެކައުންޓުން ވީޑިއޯ ޕޯސްޓު ކުރުން ހުއްޓާލައިފަ އެވެ.

ބޮޑު ވަޒީރު ސްޓާމާގެ ތަރުޖަމާނު ވިދާޅުވީ ސަރުކާާރުގެ ގިނަ ޑިވައިސް ތަކުގައި ޓިކްޓޮކް އެޕްލިކޭޝަން ބޭނުން ކުރުމުގެ މަނާ ކުރުންތައް އަދި ވެސް ދެމި އޮތް ކަމަށެވެ. އަދި ޓިކްޓޮކާ ގުޅިގެން ސަރުކާރުގެ ސެކިއުރިޓީ ޕޮލިސީ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ސްޓާމާ ޓިކްޓޮކް އެކައުންޓެއް ހައްދަވާފައިވާއިރު، ސްޓާމާ އާއި އޭނާގެ ސަރުކާރުގެ މަޤުބޫލުކަން ދަށްވެފައިވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ. މިފަދަ ދަނޑިވަޅެއްގައި ޓިކްޓޮކް އެކައުންޓެއް ހައްދަވައި، ބޭނުން ކުރަން ފެއްޓެވުމުގެ މައިގަނޑު މަޤުސަދަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން ގުޅުން ބަދަހި ކުރުމަށް ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ޑޭޓޭ ސެކިއުރިޓީ އާއި އެހެނިހެން މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ތަކެއް އޮތް ނަމަވެސް، ޓިކްޓޮކް އަކީ ދުނިޔޭގެ އެންމެ މަޤުބޫލު ސޯޝަލް މީޑިއާ އެޕްލިކޭޝަން ތަކުގެ ތެރޭގައި ހިމެނޭ އެޕެކެވެ. ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި 1.5 ބިލިއަނަށް ވުރެ ގިނަ މީހުން އަދި އިނގިރޭސިވިލާތުގައި 30 މިލިއަނަށް ވުރެ ގިނަ މީހުން ޤަވާއިދުން ޓިކްޓޮކް ބޭނުން ކުރެ އެވެ.

ޓިކްޓޮކް ބޭނުން ކުރައްވަން ސްޓާމާ ފައްޓަވާފައިވާއިރު، އޭނާގެ އިތުރުން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް ފަދަ ބޭފުޅުން ވެސް ޓިކްޓޮކް ބޭނުން ކުރައްވަމުން ގެންދަވަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ޓިކްޓޮކްކެއި ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
މެކަބީގެ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމުމުން، އިނގިރޭސި ބޮޑު ވަޒީރު ނުރުހުން ވެއްޖެ

މެކަބީގެ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމުމުން، އިނގިރޭސި ބޮޑު ވަޒީރު ނުރުހުން ވެއްޖެ

19 އޮކްޓޯބަރު 2025
އިނގިރޭސިވިލާތާއި އިންޑިއާ އާއި ދެމެދު 468 މިލިއަން ޑޮލަރުގެ މިސައިލް ޑީލެއް

އިނގިރޭސިވިލާތާއި އިންޑިއާ އާއި ދެމެދު 468 މިލިއަން ޑޮލަރުގެ މިސައިލް ޑީލެއް

10 އޮކްޓޯބަރު 2025
އިނގިރޭސި ބޮޑުވަޒީރު ސްޓާމާ އިންޑިއާ އަށް ވަޑައިގަންނަވަނީ

އިނގިރޭސި ބޮޑުވަޒީރު ސްޓާމާ އިންޑިއާ އަށް ވަޑައިގަންނަވަނީ

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު