Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

މެކަބީގެ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމުމުން، އިނގިރޭސި ބޮޑު ވަޒީރު ނުރުހުން ވެއްޖެ

އެކަމާ ގުޅިގެން ސްޓާމާ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އިނގިރޭސިވިލާތުގެ މަގުތައް މަތީގައި ޔަހޫދީންނާ ދެކޮޅު އަމަލު ތަކަށް ޖާގަ ނުދޭނެ ކަމަށެވެ.

އެސްޓަން ވިލާއިން މަކާބީ ޓެލް އަވީވްގެ ސަޕޯޓަރުން މެޗަށް ނުވެއްދުމަށް ނިންމި ނިންމުމާމެދު ބްރިޓިޝް ބޮޑުވަޒީރު ރުހިވަޑައި ނުގަންނަވާކަން ފާޅުކުރައްވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2025 | އާދީއްތަ 01:45
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

ޔުއެފާ ޔޫރޮޕާ ލީގުގައި އެސްޓަން ވިލާ އާއި މެކަބީ ތެލް އަވީވް ބައްދަލު ކުރާ މެޗަށް، މެކަބީގެ ސަޕޯޓަރުން ނުވެއްދުމަށް ނިންމުމުން، އިނގިރެސިވިލާތުގެ ބޮޑު ވަޒީރު ކީ ސްޓާމާ ނުރުހުން ވެއްޖެ އެވެ.

ބުރާސްފަތި ދުވަހު އެސްޓަން ވިލާ އިން ބުނެފައިވާ ގޮތުގައި، ސަލާމަތީ ޙާލަތާއި ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު، އެ މެޗަށް އަވޭ ޓީމުގެ ސަޕޯޓަރުން ނުވެއްދުމަށް ވެސްޓް މިޑްލޭންޑްސް ފުލުހުންގެ ފަރާތުން ލަފާ ލިބިފައިވާ ކަމަށެވެ. އެ ލަފާގެ މަތިން ބާމިންހަން ސޭފްޓީ އެޑްވައިޒަރީ ގުރޫޕުން ވެސް ވަނީ، ސަޕޯޓަރުން ނުވެއްދުމަށް ނިންމައިފަ އެވެ. އެހެންކަމުން މި ނިންމުމަށް ޔުއެފާ އިން ވެސް ތާއީދު ކުރާނެ ކަމަށް ބެލެވެ އެވެ.

އެކަމާ ގުޅިގެން ސްޓާމާ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އިނގިރޭސިވިލާތުގެ މަގުތައް މަތީގައި ޔަހޫދީންނާ ދެކޮޅު އަމަލު ތަކަށް ޖާގަ ނުދޭނެ ކަމަށެވެ. އެގޮތުން ސްޓާމާ ވިދާޅުވެފައި ވަނީ ފުލުހުންގެ ދައުރަކީ ފުޓުބޯޅަ ހުރިހާ ސަޕޯޓަރުންނަށް ވެސް، އެއްވެސް ބިރުވެރި ކަމެއް ނެތި މެޗު ބަލާލެވޭނެ މާހައުލެއް ޤާއިމު ކޮށްދިނުން ކަމަށެވެ.

ބޮޑު ވަޒީރު ސްޓާމާގެ އިތުރުން، އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބަދެނޯޗް ވެސް ވަނީ އެ ނިންމުމާ މެދު ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެއީ ޤައުމީ ލަދުވެތި ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެކަމުން ދޭހަވަނީ، އިނގިރޭސިވިލާތުގެ ބައެއް ސަރަހައްދު ތަކަށް ޔަހޫދީންނަށް ނުދެވޭ ކަމުގެ ނުރަނގަޅު މެސެޖު ކަމަށެވެ.

ބާމިންހަމްގެ ކުރީގެ މެމްބަރު ލޯޑް އިއާން އޯސްޓިން ވިދާޅުވެފައި ވަނީ، އެ ނިންމުމުގެ ސަބަބުން 2028 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗުތައް ވިލާ ޕާކުގައި ބޭއްވުމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެ ނިންމުން އަލުން މުރާޖައާ ކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

ނަމަވެސް، ބާމިންހަމްގެ ޕެރީ ބާ ސަރަހައްދުގެ މިނިވަން މެމްބަރެއް ކަމަށްވާ އައޫބް ޚާން ވަނީ އެ ނިންމުމަށް މަރުޙަބާ ކިޔުއްވައިފަ އެވެ. މެޗާ ގުޅިގެން އުފެދިފައިވާ ސިޔާސީ ހަލަބޮލި ކަމާއި، ނަމާން ކަމަށް ބަލާއިރު، މިގަދަ ފިޔަވަޅެއް އެޅުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ވެސްޓް މިޑްލޭންޑްސް ފުލުހުން ބުނެފައި ވަނީ އެ ނިންމުން ނިންމާފައި ވަނީ ކުރީގެ ހާދިސާ ތަކަށާއި، މިހާރު ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ކަމަށެވެ. އޭގެ ތެރޭގައި 2024 ވަނަ އަހަރު އަޔެކްސް އާއި މެކަބީ ބައްދަލު ކުރި މެޗުގައި ހިނގައި ދިޔަ ކަންތައްތައް ހިމެނޭ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

2021 ވަނަ އަހަރުގެ އާބާދީ ބޯހިމެނުމުގައިވާ ގޮތުން ބާމިންހަމްގެ އާބާދީގެ 30 އިންސައްތަ އަކީ މުސްލިމުންނެވެ. އަދި ޣައްޒާގެ ހަނގުރާމަ ފެށުނީއްސުރެ، އެ ސިޓީގައި ފަލަސްޠީނަށް ތާއީދުކޮށް ގިނަ މުޒާހަރާތަކެއް ބާއްވާފައިވެ އެވެ.

މަސްދަރު: ދި ނިއު ޔޯކް ޓައިމްސް

ބާމިންގހަމްޔޫރޮޕާ ލީގުކެއި ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)އިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިނގިރޭސި ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމާ ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފި

އިނގިރޭސި ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމާ ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފި

10 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު