Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިލިމާލެ ޕޮލިސް ސްޓޭޝަން

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި

މި މައްސަލައިގެ ތަހުގީގު ކުރަނީ ފުލުހުންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2025 | ހޯމަ 19:39
ފުލުހުންގެ އޮފިޝަލުން ތަކެއް މަގު މަތީގައި ޙަރަކާތްތެރި ވަނީ

ފުލުހުންގެ އޮފިޝަލުން ތަކެއް މަގު މަތީގައި ޙަރަކާތްތެރި ވަނީ

ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ވަގަށްނެގި މައްސަލައާ ގުޅިގެން ފުލުހުންގެ ސީނިއަރ ސާޖަންޓް ރޭންކުގައި ހުރި މުވައްޒަފަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އދ. ދިގުރަށް/ ޝަބުނަމީގެ، މުނައްވަރު އާދަމް އެވެ. މުނައްވަރު އާދަމް އަކީ ފުލުހުންގެ ސީނިއަރ ސާޖަންޓް ރޭންކުގައި ހުރި މުވައްޒަފެކެވެ.

Advertisement - newsAdvertisement

ވިލިމާލެ ޕޮލިސް ސްޓޭޝަނުގައި ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް މަދުވެފައިވާ ކަން އެނގުމުން، މި މައްސަލައިގެ ތަހުގީގު ފަށާފައިވަނީ ފުލުހުންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގަ އެވެ. މި ދެ އިދާރާއިން ގުޅިގެން މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ މި މައްސަލައިގައި ފުލުހުންގެ މުވައްޒަފަކު ހިމެނޭތީ ކަމަށް ބެލެވެ އެވެ. މައްސަލައާ ގުޅިގެން މުނައްވަރު އާދަމް ވަނީ ސަސްޕެންޑް ކުރެވިފަ އެވެ.

މި މައްސަލަ އާ ގުޅިގެން މީގެ ކުރިން ފުލުހުން ބުނީ، ގާނޫނާ ހިލާފަށް ރާއްޖެ އަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓު ވިލިވާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓާ އޭގެ ތެރެއިން 6 ކާޓަން ސިނގިރޭޓް މަދުވެފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. މި ތަކެއްޗަކީ ބިދޭސީއެއްގެ އަތުން 23 މެއި 2025 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށާއި، މި ތަކެތީގެ ތެރެއިން 6 ކާޓަން ސިނގިރޭޓް މަދުކަން އެނގިފައިވަނީ އެ ތަކެތި ކަސްޓަމްސްއާ ހަވާލު ކުރުމަށް 12 ނޮވެންބަރު 2025 ވަނަ ދުވަހު ބެލިއިރު ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބަލަމުން ދަނިކޮށް ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި 23 ޑިސެންބަރު 2024 ވަނަ ދުވަހު 2 ބިނދޭސީއެއްގެ އަތުން ގެނެސްފައިވާ 25 ކާޓަން ސިނގިރޭޓް މަދުވެފައިވާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ގިނަ ސިނގިރޭޓުތަކެއް ވިލިނގިލިން ވެސް ގެއްލިފައި ވާއިރު، މީގެ ކުރިން އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުން އެންމެ ސިނގިރޭޓެއް ވެސް ފުލުހުންނަށް ހޯދިފަ އެއް ނުވެ އެވެ. ގަވައިދާ ހިލާފަށް އެތެރެކޮށްފައި ހުންނަ ސިނގިރޭޓު މިގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގަށް ނެގުން އާންމު ވުމުން މިކަމުގައި ދައުލަތުގެ އިސް ފަރާތްތަކުގެ ބޮޑު ހިއްސާއެއް ވާކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.

ރައީސް މުއިއްޒު ސިނގިރޭޓުގެ އަގު ބޮޑު ކުރީ އެއްވެސް ކަހަލަ އިހްލާސްތެރި ނިޔަތެއް އޮވެގެނެއް ނޫން ކަމަށާއި، އެކަން ކުރީ ސިނގިރޭޓުގެ ވަގު ވިޔަފާރި ކުރުމުގެ ފުރުސަތުތައް އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް ފަހި ކޮށްދިނުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ވިލިމާލެ ޕޮލިސް ސްޓޭޝަންމުނައްވަރު އާދަމްސީނިއަރ ސާޖަންޓްސިނގިރޭޓް ވައްކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވަގައް ނަގާތީ ފާޑު ކިޔުން ބޮޑުވެއްޖެ، ފުލުހުން ބުނީ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަަމަށް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވަގައް ނަގާތީ ފާޑު ކިޔުން ބޮޑުވެއްޖެ، ފުލުހުން ބުނީ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަަމަށް

22 ނޮވެމްބަރު 2025
ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލަ ޖިނާއީ މައްސަލަ އެއް ގެ ގޮތުގައި ތަހުގީގު ކުރަނީ

ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލަ ޖިނާއީ މައްސަލަ އެއް ގެ ގޮތުގައި ތަހުގީގު ކުރަނީ

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފި

ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފި

16 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު