Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

މެޖޯރިޓީ ލީޑަރު ފަލާހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަދި ނައިބު ރައީސް ވެސް ފެއިލް ވެއްޖެ: މެންބަރު އަމީން

ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ބަންދަށް ހުކުރު ދުވަހު ކްރިމިނަލް ކޯޓުން 5 ދުވަސް ޖަހާފަ އެވެ. މިކަމާ ގުޅިގެން ހުކުރު ދުވަހުގެ ރޭ އެމްޑީޕީ އިން ވަނީ ކުއްލި ހަރަކާތުގެ ނަމުގައި ހަރަކާތެއް ބާއްވާފަ އެވެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2025 | ހޮނިހިރު 01:09
ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

މިއަދު ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އާއި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފެއިލް ވެފައިވާ މަންޒަރު ކަމަށް މަޖިލީހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ. 

ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ބަންދަށް ހުކުރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ 5 ދުވަސް ޖަހާފަ އެވެ. މިކަމާ ގުޅިގެން ހުކުރު ދުވަހުގެ ރޭ އެމްޑީޕީ އިން ވަނީ ކުއްލި ހަރަކާތުގެ ނަމުގައި ހަރަކާތެއް ބާއްވާފަ އެވެ. 

Advertisement - newsAdvertisement

މި ހަރަކާތުގައި ވާހަކަ ދައްކަވަމުން މެންބަރު އަމީން ވިދާޅުވީ ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރަމުން ދިއަ މަޖިލީހުގެ މެންބަރެއް ފުލުހުން އަނިޔާވެރި ކަމާއެކު ހައްޔަރު ކޮށްފައިވާއިރު ފުލުހުން ވަނީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައި ކަމަށެވެ. އަދި ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށެވެ. 

އެބޭފުޅުންގެ ސުޕަރ މެޖޯރިޓީ އެއޮތީ. މެޖޯރިޓީ ލީޑަރު ފަލާހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މިއަދު ފެއިލް ވެއްޖެ. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަށް ހޯމް މިނިސްޓަރު އަރައިގަނެއްޖެ. ފުލުހުން އަރައިގަނެއްޖެ. މަޓޭ ޖަލަށް ލައިގެން މައިތިރި އެއް ނުކުރެވޭނެ. އެމްޑީޕީ ޕީޖީ ގައި ތިއްބަވާ 12 މެންބަރުން ލައިގެން ވެސް ލާހިކެއް ނޫން މައިތިރި ކުރާކަށް،
ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

ސަރުކާރުގެ އަމަލުތައް މިހެން ހުރި އިރު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އާއި މެޖޯރިޓީ ލީޑަރު ހަނު ހުންނެވުމުން ދޭހަވަނީ ޕީއެންސީގެ ކޮންޓްރޯލް އޮތް 20 ވަނަ މަޖިލިސް ފެއިލް ވެފައިވާ މިންވަރު ކަމަށް ވެސް އަމީން ވިދާޅުވި އެވެ. 

މެންބަރު މައުރޫފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމެޓީއިން ބަލައި ދިނުމަށް އެދި ހުށައަޅާފައިވާއިރު ބުރާސްފަތި ދުވަހުގެ ރޭ އެ ކޮމިޓީ ބައްދަލު ވުމެއް ވެސް ވަނީ ބާއްވާފަ އެވެ. ނަމަވެސް އިމްތިޔާޒާއި ސުލޫކު ކޮމެޓީގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ ނުވުމުން އެއްވެސް ކަމަކަށް ވޯޓަށް އެހޭ ގޮތެއް ނުވި އެވެ.

މިކަމަށް އިޝާރާތް ކުރައްވާ މެންބަރު އަމީން ވިދާޅުވީ ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް މަޖިލިހުގެ ކޮމިޓީ ބޭއްވެން ޖެހޭނެ ކަމަށެވެ. އަދި ކޯރަމް ވެސް ހަމަ ކުރެވެން ޖެހޭނެ ކަމަށެވެ. 

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ ކޮމިޓީ އަށް ހާޒިރުވީ 5 މެމްބަރުންނެވެ. ވޯޓަށް އަހަން ކޯރަމް ހަމަ ވަނީ 6 މެމްބަރުން ކޮމިޓީގެ ބައްދަލުވުމުގައި ތިބެގެންނެވެ. 

ކޮމިޓީ އަށް ހާޒިރުވި 5 މެމްބަރުންނަކީ ކޮމިޓީގެ މުގައްރިރު ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު، ކަނޑިތީމް ދާއިރާގެ މެމްބަރު އަމީން ފައިސަލް ގެ އިތުރުން، ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފް، މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު އަދި މަޑަވެލި ދައިރާގެ މެމްބަރު މުހައްމަދު ޝަމީޒް އެވެ. 

މި ކޮމިޓީގައި ތިއްބަވާ 11 މެންބަރުންގެ ތެރެއިން މި ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވަނީ މެދުހެންވޭރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ނާސިހް އާއި، މަކުނުދޫ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަފީގް އާއި، މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު އާއި، ބިލެތްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަސްލަމް އާއި، ކިނބިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަލީ އަޝްރަގް ގެ އިތުރުން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން މަރްޒޫގް އެވެ. 

މި ބައްދަލުވުން ފެށިތާ 10 ވަރަކަށް މިނިޓު ތެރޭގައި ބައްދަލުވުން ވަނީ ނިންމާލާފަ އެވެ.

ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް އިދިކޮޅު ޕާޓީ އެމްޑީޕީމައުރޫފް ޒާކިރުރައްޔިތުންގެ މަޖިލީހުގެ މެންބަރުން

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
ކޯސްޓް ގާޑު އުޅަނދަށް ގެއްލުން ދިނުން ހިމެނޭހެން މެންބަރު މައުރޫފް އަށް ކުރަނީ ތިން ތުހުމަތު

ކޯސްޓް ގާޑު އުޅަނދަށް ގެއްލުން ދިނުން ހިމެނޭހެން މެންބަރު މައުރޫފް އަށް ކުރަނީ ތިން ތުހުމަތު

12 ޑިސެމްބަރު 2025
ގައުމު ވީދާ ކައި ހުސްކުރަން ވެރިކަން ކުރަން ތިބި މީހުން މަސައްކަތް ކުރަން ދޫކޮށްލެވެން ނެތް: މައުރޫފް

ގައުމު ވީދާ ކައި ހުސްކުރަން ވެރިކަން ކުރަން ތިބި މީހުން މަސައްކަތް ކުރަން ދޫކޮށްލެވެން ނެތް: މައުރޫފް

06 ސެޕްޓެމްބަރު 2025
ކެންދޫ އިންޖީނުގޭގެ އިންޖީނަށް އަޅާ އަޑީތެޔޮ ހުސްވެ އިންޖީނު ހުއްޓި މުޅި ރަށުން ކަރަންޓް ކެނޑިއްޖެ

ކެންދޫ އިންޖީނުގޭގެ އިންޖީނަށް އަޅާ އަޑީތެޔޮ ހުސްވެ އިންޖީނު ހުއްޓި މުޅި ރަށުން ކަރަންޓް ކެނޑިއްޖެ

01 ސެޕްޓެމްބަރު 2025
ރައްޔިތުން މިއަދު މިތިބި ގޮތަށް ތިބެގެން އަދުލު އިންސާފެއް ނާންނާނެ، މެންބަރުން މިއަދު ތިބި ހާލަތުން ވެސް ރަނގަޅު ގާނޫނެއް ނުހެދޭނެ: މެންބަރު ޒިޔާދު

ރައްޔިތުން މިއަދު މިތިބި ގޮތަށް ތިބެގެން އަދުލު އިންސާފެއް ނާންނާނެ، މެންބަރުން މިއަދު ތިބި ހާލަތުން ވެސް ރަނގަޅު ގާނޫނެއް ނުހެދޭނެ: މެންބަރު ޒިޔާދު

09 ޖުލައި 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު