Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ

އަނިޔާވެރިކަން މިހާރު މާ ބޮޑަށް ދިގު ދެމިއްޖެ. ރައްޔިތުން ފަހަތަށް ޖެހެވޭކަށް ނެތް: ފައިސަލް

10 ސެޕްޓެމްބަރު 2017 | އާދީއްތަ 03:03

ތަރައްޤީއަކީ ދަރިންގެ ދަރިން ދަރަނިވެރިވާ ކަމަކަށް ވާކަށް ނުޖެހޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 10 ސެޕްޓެމްބަރު 2017 | އާދީއްތަ 03:03
ފައިސަލް: ބިރު ފަހަނައަޅާ ދާން ޖެހޭ

ފައިސަލް: ބިރު ފަހަނައަޅާ ދާން ޖެހޭ

މިގައުމުގައި އަނިޔާވެރިކަމާއި ކޮރަޕްޝަންގެ އަމަލުތައް މާގިނަ ދުވަހަށް ދެމިގެން ހިނގައްޖެ ކަމަށާއި ރައްޔިތުން ބިރުގަނެ ފަހަތަށް ޖެހެވޭކަށް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުން ހޮނިހިރު ދުވަހުގެރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ފައިސަލް ވިދާޅުވީ މިސަރުކާރަކީ ރަނގަޅު ކަންކަން ކުރަން ފަސްޖެހޭ ސަރުކާރެއް ކަމަށާއި އެކަމުގެ ސަބަބުން މިސަރުކާރުގެ އަނިޔާވެރިކަމާއި ކޮރަޕްޝަންގެ އަމަލުތައް ދިގުލައިގެންދާ ކަމަށެވެ. މިއީ ރައްޔިތުން ވިސްނަންޖެހޭ ކަމެއް ކަމަށާއި އަނިޔާވެރިކަމާއި ކޮރަޕްޝަން އަކީ ދިގުލައިގެންދާން ފުރުސަތު ދޭންޖެހޭ ކަމެއް ކަމަށް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށެވެ. ފައިސަލް ވިދާޅުވީ ބިރުވެތިވާންވީ ހަމައެކަނި ހެއްދެވި ފަރާތަށް ކަމަށާއި ގައުމާ ދޭތެރޭ ވިސްނުމަށްފަހު ގައުމުގެ ހައްގުގައި ފަސްޖެހިގެން ނުވާނެ ކަމަށެވެ.

ތަރައްގީއަށްޓަކައި މިސަރުކާރުން ވެސް ކަންތައްތަކެއް ކުރަމުންދާ ކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ތަރައްގީ ބޭނުންވަނީ ކޮރަޕްޝަނާ ނުލައި އަދި ރައްޔިތުންގެ ހައްގުތައް ވެސް ލިބޭ ގޮތަށް ކަމަށެވެ. ތަރައްގީގެ މަޝްރޫއުތަކުން ނާޖާއިޒު ބޮޑެތި ފައިދާތަކެއް ނަގަމުންދާ ކަމަށް ބުނެ ރައްޔިތުން ސުވާލު އުފައްދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިފެންނަނީ ރައްޔިތުންގެ ސިކުނޑިތަކަށް ވަންނަން މަސައްކަތް ކުރާ ތަން. ރައްޔިތުން ތަރައްގީ ބޭނުން ވާނެ. އެކަމަކު ތަރައްގީއަކީ ދަރިންގެ ދަރިން ދަރަނިވެރިވާ ކަމަކަށް ވާކަށް ނުޖެހޭ. އަޅުގަނޑުމެން އެބަޖެހޭ ވިސްނަން،" ފައިސަލް ވިދާޅުވިއެވެ އިސްލާމް ދީނުގައި ވެސް އަނިޔާވެރިކަމަކީ މަނާކުރައްވާފައިވާ ކަމެއް ކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ އަނިޔާވެރިކަމުން ސަލާމަތް ވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް އަނިޔާގެ ވާހަކަދެއްކުމުން އެވާހަކަ ހުތުރުވެ މިއަދު ކުށްވެރިވަމުންދާ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ. އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލަމުންދާ ދިއުމަށް އިޝާރާތް ކުރައްވާ ފައިސަލް ވިދާޅުވީ ކޮމިޝަނުން އަމަލުކުރާ ގޮތުން ހިނި އަންނަ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާނަކީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެއް ކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނު އަސާސީގައި އޮންނަ ގޮތް ސުލައިމާނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. މެމްބަރުންގެ ގޮނޑި ގެއްލުވާލެވޭނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައިވާއިރު، އެ ނޫން ގޮތަކަށް އިލެކްޝަންސް ކޮމިޝަނަށް އަމަލު ކުރެވޭނީ ގާނޫނު އަސާސީ ބަދަލުކޮށްގެން ކަމަށް ފައިސަލް ނަސީމް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ދިވެހި ދައުލަތަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ހިދުމަތަށް މަސައްކަތް ކުރާ ފަދައިން ދައުލަތުގެ އެހެން މުއައްސަސާތަކުގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރެވޭ ގޮތަށް ސަލާމަތީ ފަރާތްތަކުން މަސައްކަތް ކުރަންވާނެ ކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ ދައުލަތުގެ އެންމެ ބާރުގަދަ މުއައްސަސާ ކަމުގައިވާ ރައްޔިތުންގެ މަޖިލީހަށް ސިފައިންނާއި ފުލުހުން ގާނޫނާ ހިލާފަށް ވަދެ މަޖިލީހުގެ ގާނޫނީ މަސައްކަތްތަކަށް ހުރަސް އެޅޭގޮތަށް އަމަލުކުރައްވާ މަންޒަރު ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް