Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޭބަރ ފޯސް ސަރވޭ 2024

ލޭބަރ ފޯސް ސާރވޭގެ ފީލްޑް ވާރކް މިމަހުގެ 15ން 21ށް ކުރިއަށްދާނެ، އެއްބާރުލުން ބޭނުންވޭ: ބިއުރޯ

ލޭބަރ ފޯސް ސަރވޭއަކީ ވަޒީފާގެ ބާޒާރާއި ގުޅޭ މުހިންމު ސަރވޭއެއް

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޑިސެމްބަރު 2024 | އާދީއްތަ 11:56
ބޯހިމެނުމުގެ މަސައްކަތުގެ ތެރެއިން މައުލޫމާތު ނަގަނީ- ފައިލް ފޮޓޯ

ބޯހިމެނުމުގެ މަސައްކަތުގެ ތެރެއިން މައުލޫމާތު ނަގަނީ- ފައިލް ފޮޓޯ

ލޭބަރ ފޯސް ސާރވޭގެ ފީލްޑް ވާރކް މިމަހުގެ 15ން 21ށް ކުރިއަށްދާނެ ކަމަށާއި، އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފިއެވެ.

ބިއުރޯއިން ނެރުނު ބަޔާނެއްގައި ބުނީ 2024 ގައި ކުރުމަށް ހަމަޖެހިފައިވާ ލޭބަރ ފޯސް ސަރވޭ ގްރޭޓަރ މާލެ ސަރަހައްދުގެ ރެމްޑަމްކޮށް ހޮވާލެވިފައިވާ ގޭބިސީތަކެއްގައި 28 އޮކްޓޫބަރު 2024 އިން ފެށިގެން ކުރިއަށް ގެންދާ ކަމަށެވެ. އަދި ލޭބަރ ފޯސް ސަރވޭގެ ފީލްޑް ވާރކް މިމަހުގެ 15ން 21ށް މާލެ، ވިލިމާލެ އަދި ހުޅުމާލެއިން ރެންޑަމްކޮށް ހޮވާލެވިފައިވާ ގޭބިސީތަކުގައި ކުރިއަށްގެން ގެންދާނެ ކަމަށެވެ.

ލޭބަރ ފޯސް ސަރވޭއަކީ ރާއްޖޭގެ ލޭބަރ މާކެޓާއި ގުޅޭ (ވަޒީފާގެ ބާޒާރާއި ގުޅޭ) މުހިންމު ތަފާސްހިސާބު އެއްކުރުމަށް ކުރެވޭ ވަރަށް މުހިންމު ގައުމީ ސާރވޭއެކެވެ. މިސަރވޭއިން އެއްކުރެވޭ މައުލޫމާތުން މަސައްކަތް ލިބިފައިވާ އާބާދީގެ ނިސްބަތް މަސައްކަތް ލިބިފައިނުވާ އާބާދީގެ ނިސްބަތް ފަދަ ލޭބަރ މާކެޓާއި ގުޅޭ އިންޑިކޭޓަރުތައް އެކުލަވާލެވޭނެއެވެ.

މިސަރވޭއިން މައުލޫމާތު ނެގޭނެ މައިގަނޑު ބައިތަކަކީ، މީހުންގެ އާންމު މައުލޫމާތު، ހިޖުރަކުރުން، ތައުލީމް، ވަޒީފާއާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފްސީލް، އާމްދަނީ ލިބޭ މަސައްކަތް ހޯދާ އަދި ލިބިފައިނުވާ އާބާދީގެ ތަފްސީލް، އާމްދަނީ ލިބޭ އަދި އާމްދަނީ ނުލިބޭ ގޮތަށް ކުރާ މަސައްކަތާއި ގޭތެރޭގެ މަސައްކަތުގައި ވަގުތުހޭދަކުރާ މިންވަރު އަދި ހިލޭ ސާބަހަށް ކުރާ މަސައްކަތުގެ ތަފްސީލު ހިމެނެއެވެ.

ބިއުރޯއިން ބުނީ، ލޭބަރ ފޯސް ސަރވޭއަކީ ދިވެހިރާއްޖޭގެ ތަފާސްހިސާބު ގާނޫނުގެ ދަށުން ހުއްދަ ލިބިގެން ކުރާ ސަރވޭއެއް ކަމަށާއި، މިސަރވޭއިން އެއްކުރެވޭ ވަކި ފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތަކީ ސިއްރެއް ގޮތުގައި ހިފެހެއްޓޭނެ އެއްޗެއް ކަމަށެވެ. އަދި މިގާނޫނުގައި ކަނޑައެޅިފައިވާ ގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައި އުޅޭ މީހަކު އެދިއްޖެނަމަ ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަކީ އާއްމުންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

މިއީ ގޭބިސީގެ މެންބަރުންގެ އަގުހުރި ވަގުތާއި އެއްބާރުލުން ބޭނުންވާ ސަރވޭއެއްކަން ފާހަގަކޮށް އެއިދާރާއިން ބުނީ މި މުހިންމު މަސައްކަތުގައި ފުރިހަމައަށް އެއްބާރުލުން ދިނުމަށް ހޭދަވާ ވަގުތަކީ ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ހަރުދަނާ ކުރުމަށް ވެވޭ ގައުމީ ޚިދުމަތެއް ކަމަށެވެ. އަދި މިސަރވޭއަށް މައުލޫމާތު ހޯދުމަށް ބައްދަލުކުރަން ބޭނުންވާ ގޭބިސީގެ މީހުންނާއި، ފަސޭހައިން ބަދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ބިއުރޯއިން ވަނީ އެދިފައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

08 ޑިސެމްބަރު 2025
އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!
16 ނޮވެމްބަރު 2025

ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ

16 ނޮވެމްބަރު 2025
ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ
01 އޮކްޓޯބަރު 2025

ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!

01 އޮކްޓޯބަރު 2025
ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!
01 ސެޕްޓެމްބަރު 2025

ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި

01 ސެޕްޓެމްބަރު 2025
ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި
22 ނޮވެމްބަރު 2023

ރާއްޖޭގައި އެކަނިވެރި މައިންގެ ގޮތުގައި 5443 މީހުން!

22 ނޮވެމްބަރު 2023
ރާއްޖޭގައި އެކަނިވެރި މައިންގެ ގޮތުގައި 5443 މީހުން!
27 އޮކްޓޯބަރު 2023

2022 ވަނަ އަހަރުގެ ބޯހިމެނުމުގެ މައުލޫމާތު އަތޮޅު ފެންވަރުގައި ހިއްސާކޮށް، ތަމްރީންތަކެއް ކުރިއަށް ގެންދިއުމަށް 20 ޓްރޭނަރުން ހޯދަނީ

27 އޮކްޓޯބަރު 2023
2022 ވަނަ އަހަރުގެ ބޯހިމެނުމުގެ މައުލޫމާތު އަތޮޅު ފެންވަރުގައި ހިއްސާކޮށް، ތަމްރީންތަކެއް ކުރިއަށް ގެންދިއުމަށް 20 ޓްރޭނަރުން ހޯދަނީ
03 ނޮވެމްބަރު 2022

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ބޯހިމަނަން ފަށައިފި

03 ނޮވެމްބަރު 2022
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ބޯހިމަނަން ފަށައިފި
13 އޯގަސްޓު 2022

ރާއްޖޭގެ ޒުވާނުންގެ އާބާދީ އަކީ 45 އިންސައްތަ

13 އޯގަސްޓު 2022
ރާއްޖޭގެ ޒުވާނުންގެ އާބާދީ އަކީ 45 އިންސައްތަ
01 ސެޕްޓެމްބަރު 2021

ތަފާސްހިސާބާ ގުޅުން ހުރި ދާއިރާއިން މަތީ ތައުލީމު ހާސިލު ނުކުރަނީ މުސާރަ ކުޑަވީމަ- ޗީފް ސްޓެޓިސްޓީޝަން

01 ސެޕްޓެމްބަރު 2021
ތަފާސްހިސާބާ ގުޅުން ހުރި ދާއިރާއިން މަތީ ތައުލީމު ހާސިލު ނުކުރަނީ މުސާރަ ކުޑަވީމަ- ޗީފް ސްޓެޓިސްޓީޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު