Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮންސްޓްރަކްޝަން ދާއިރާ ކުރިއެރުވުން

ކޮންސްޓްރަކްޝަން ދާއިރާއަށް ޚާއްސަ ވުޒާރާއެއް ގާއިމްކުރާނަން: އިންތިޚާބީ ރައީސް

ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ދާއިރާއަކީ ކޮންސްޓްރަކްޝަން ދާއިރާ

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޮކްޓޯބަރު 2023 | ހޯމަ 03:07
މާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީން މަސައްކަތްކުރަނީ

މާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީން މަސައްކަތްކުރަނީ

ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ ކުރިއެރުވުމަށް ޚާއްސަ ވުޒާރާއެއް ގާއިމްކުރާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އިންތިޚާބީ ރައީސް ވިދާޅުވީ ރާއްޖޭގައި ކޮންސްޓްރަކްޝަން ދާއިރާ މުހިންމު ކަމަށާއި، އެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ދާއިރާއަކީ ކޮންސްޓްރަކްޝަން ދާއިރާ ކަމަށެވެ.

Advertisement - newsAdvertisement

ކޮންސްޓްރަކްޝަން ދާއިރާ ކުރިއެރުވުމަށް އެކި ސަރުކާރުތަކުން މަސައްކަތްކޮށްފައިވާކަން ފާހަގަކުރައްވައި އިންތިޚާބީ ރައީސް ވިދާޅުވީ އަދިވެސް މިދާއިރާ ކުރިއެރުވުމަށް ކުރެވޭނެ ގިނަ ކަންކަން އެބަހުރި ކަމަށެވެ.

މީގެ އިތުރުން އިންތިޚާބީ ރައީސް ވިދާޅުވީ ރާއްޖޭގައި ބޮޑެތި ދާއިރާއަތަކަށް ވަކި ވުޒާރާތައް ހުންނަ ކަމަށެވެ. އެގޮތުން ޓޫރިޒަމަށް ވަކި ވުޒާރާއެއް، މަސްވެރިކަމަށް ވަކި ވުޒާރާއެއް އަދި ދަނޑުވެރިކަމަށް ވަކި ވުޒާރާއެއް ހުންނަ ކަމަށެވެ. ނަމަވެސް ކޮންސްޓަރަކްޝަން ދާއިރާ އޮންނަނީ އަބަދު ވެސް ކޮންމެ ވެސް ވުޒާރާއެއް ތެރޭގައި ކަމަށެވެ. އަދި މި ދާއިރާ އޮންނަނީ ވަރަށް ބޮޑަށް ފޮރުވިފައި ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމުގައި ކޮންސްޓްރަކްޝަން ދާއިރާއަށް ޚާއްސަކޮށް ވަކި ވުޒާރާއެއް ގާއިމް ކުރާނެ ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ވިދާޅުވީ ވަކި ވުޒާރާއެއް ގާއިމްކުރެވުމުން މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވި، މި ދާއިރާއަށް މިހާރަށް ވުރެ ބޮޑަށް އިސްކަން ދެވޭނެ ކަމަށެވެ. އަދި ވަކި ވުޒާރާއެއް ގާއިމް ކުރުމުން ބޭރުގެ އެހެން ގައުމުތަކުން ހޯދަންޖެހޭ އެހީތައް ހޯދުމުގައި ވެސް ވަރަށް ބޮޑު ތަފާތެއް ފެންނާނެ ކަމަށް ވިދާޅުވިއެވެ.

ކޮންސްޓްރަކްޝަން ދާއިރާ ކުރިއެރުވުމަށް އެ ދާއިރާއަށް ޚާއްސަ ވުޒާރާއެއް ގާއިމްކުރާނެ ކަމަށް އިންތިޚާބީ ރައީސް ވިދާޅުވެފައިވާއިރު، އިމާރާތްކުރުމާއި ރިއަލް އެސްޓޭޓްގެ ދާއިރާގެ އުފެއްދުންތެރިކަން 2022 ވަނަ އަހަރު 23.3 އިންސައްތަ ކުރިއަރާނެކަމަށް 2023 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކުރިއިރު އަންދާޒާކުރި ނަމަވެސް، 2022 ވަނަ އަހަރު ނިމުނުއިރު މި ދާއިރާގެ އުފެއްދުންތެރިކަން އިތުރުވެފައިވަނީ 11.8 އިންސައްތައިން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން މެދުރާސްތާގެ އަންދާޒާތަކަށް ބަލާއިރު 2024 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރާ ހަމަޔަށް ކޮންމެ އަހަރަކު އެވަރެޖްކޮށް އިމާރާތްކުރުމާއި ރިއަލް އެސްޓޭޓްގެ ދާއިރާގެ އުފެއްދުންތެރިކަން 7.7 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އިންތިޚާބީ ރައީސް, ޑރ. މުހައްމަދު މުއިއްޒު ކޮންސްޓްރަކްޝަން

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

08 ޑިސެމްބަރު 2025
އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!
17 ފެބުރުއަރީ 2025

މި ސަރުކާރުން މިހާރު ވަނީ ކޮންސްޓްރަކްޝަން ސިނާއަތް ހަލާކުކޮށްލުމުގެ މަސައްކަތް ފަށާފައި: މެމްބަރު ޝަމްހީދު

17 ފެބުރުއަރީ 2025
މި ސަރުކާރުން މިހާރު ވަނީ ކޮންސްޓްރަކްޝަން ސިނާއަތް ހަލާކުކޮށްލުމުގެ މަސައްކަތް ފަށާފައި: މެމްބަރު ޝަމްހީދު
31 ޖެނުއަރީ 2025

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ބޮޑުތަނުން ފުނޑިއްޖެ

31 ޖެނުއަރީ 2025
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ބޮޑުތަނުން ފުނޑިއްޖެ
05 ނޮވެމްބަރު 2023

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވަނީ ވަކި ބޭފުޅަކަށް ނޫން: ފިރުޒުލް

05 ނޮވެމްބަރު 2023
އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވަނީ ވަކި ބޭފުޅަކަށް ނޫން: ފިރުޒުލް
03 ނޮވެމްބަރު 2023

ނަސްރުގެ ދުވަހަށް އަންނަ އަހަރުން ފެށިގެން ދޭންޖެހޭ ސަމާލުކަން ދޭނަން: ޑރ. މުއިއްޒު

03 ނޮވެމްބަރު 2023
ނަސްރުގެ ދުވަހަށް އަންނަ އަހަރުން ފެށިގެން ދޭންޖެހޭ ސަމާލުކަން ދޭނަން: ޑރ. މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު