Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ރާއްޖޭގައި އެކަނިވެރި މައިންގެ ގޮތުގައި 5443 މީހުން!

ރާއްޖޭގެ އާބާދީގެ 31 އިންސައްތައަކީ ކުޑަކުދިން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 22 ނޮވެމްބަރު 2023 | ބުދަ 08:05
މަންމައަކު އޭނާގެ ދަރިފުޅާއެކު

މަންމައަކު އޭނާގެ ދަރިފުޅާއެކު

ރާއްޖޭގައި އެކަނިވެރި މައިންގެ ގޮތުގައި 5443 މީހުން އެބަތިބިކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ އިދާރާއިން ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އަންގާރަ ދުވަހު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2022 ގެ ނިޔަލަށް ރާއްޖޭގައި އެކަނިވެރިމައިންގެ އިނާޔަތް ލިބޭ ތިބީ 5443 މީހުންނެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓާ ކުރާ ބެލެނިވެރިންގެ ތެރޭގައި 148 މީހުން އެބަތިބިކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ. މިއީ އެންސްޕާއާ ހަވާލާދީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާއްމުކޮށްފައިވާ އަދަދުތަކެކެވެ.

Advertisement - newsAdvertisement

މިދިޔަ އަހަރު އެކުލަވައިލި ބޯހިމެނުމުގެ ނަތީޖާއިން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 31 އިންސައްތައަކީ ކުޑަކުދިންނެވެ. އެއީ 119،159 ކުދިންނެވެ. މީގެ ތެރޭގައި 61،150 ފިރިހެން ކުދިންނާއި 58،009 އަންހެން ކުދިން ހިމެނެއެވެ.

ރާއްޖޭގައި ދިރިއުޅޭ ކުޑަކުދިންގެ އާބާދީގެ 38 އިންސައްތަ ކުދިން ދިރިއުޅެނީ މާލެ ސަރަަހައްދުގައެވެ. އެއީ 45,252 ކުދިންނެވެ. އަދި އަތޮޅުތެރޭގައި ދިރިއުޅެނީ 73,907 ކުދިންނެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފައިވާ ގޮތުގައި 5 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރޭގައި 3.8 އިންސައްތަ ކުދިންނަކީ ނުކުޅެދުންތެރިކަމެއް ހުންނަ ކުދިންނެވެ. އެގޮތުން އާއްމުކޮށް ކުޑަކުދިންގެ ފެނުމާއި ހަނދާންބަލިވުމާއި މުއާމަލާތްކުރުމުގައި ނުކުޅެދުންތެރިކަން ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް ވަނީ ބުނެފައެވެ.

މިދިޔަ އަހަރު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑެވެލޮޕްމަންޓަށް ހުށަހެޅި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގެ އަދަދުތައް ވެސް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ އާއްމުކޮށްފައެވެ. އެގޮތުން 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ކުރާ އަނިޔާގެ އެކި ބާވަތްތަކުގެ 1،287 މައްސަލައެއް ހުށަހަޅާފައިވާ ކަަމަށާއި މީގެ ތެރޭގައި 567 ފިރިހެން ކުދިންނާ ގުޅުންހުރި މައްސަލަ އަދި 720 އަންހެން ކުދިންނާ ގުޅުންހުރި މައްސަލަ ހިމެނޭ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

08 ޑިސެމްބަރު 2025
އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!
16 ނޮވެމްބަރު 2025

ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ

16 ނޮވެމްބަރު 2025
ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ
01 އޮކްޓޯބަރު 2025

ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!

01 އޮކްޓޯބަރު 2025
ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!
01 ސެޕްޓެމްބަރު 2025

ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި

01 ސެޕްޓެމްބަރު 2025
ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި
15 ޑިސެމްބަރު 2024

ލޭބަރ ފޯސް ސާރވޭގެ ފީލްޑް ވާރކް މިމަހުގެ 15ން 21ށް ކުރިއަށްދާނެ، އެއްބާރުލުން ބޭނުންވޭ: ބިއުރޯ

15 ޑިސެމްބަރު 2024
ލޭބަރ ފޯސް ސާރވޭގެ ފީލްޑް ވާރކް މިމަހުގެ 15ން 21ށް ކުރިއަށްދާނެ، އެއްބާރުލުން ބޭނުންވޭ: ބިއުރޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު