Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮންސްޓްރަކްޝަން ދާއިރާ

މި ސަރުކާރުން މިހާރު ވަނީ ކޮންސްޓްރަކްޝަން ސިނާއަތް ހަލާކުކޮށްލުމުގެ މަސައްކަތް ފަށާފައި: މެމްބަރު ޝަމްހީދު

17 ފެބުރުއަރީ 2025 | ހޯމަ 07:16

އާއްމު ރައްޔިތުންގެ ވިޔަފާރިތަކަށް ސަރުކާރުން ދަނީ ވަންނަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 17 ފެބުރުއަރީ 2025 | ހޯމަ 07:16
ފަލަސުރުހީ ޕްރޮގްރާމްގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު ވާހަކަދައްކަވަނީ

މި ސަރުކާރުން ކޮންސްޓްރަކްޝަން ސިނާއަތް ހަލާކުކޮށްލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ޝަމްހީދު ވިދާޅުވީ މިސަރުކާރު އައިފަހުން ގައުމުގެ ހުރިހާ ވިޔަފާރިތަކެއް ފުނޑެމުންދާ މަންޒަރު ފެންނަ ކަމަށާއި، އެއްވެސް އުންމީދެއް ނެތް ކަމަށެވެ.

އާއްމު ރައްޔިތުންގެ ވިޔަފާރިތަކަށް ސަރުކާރުން ވަންނަކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ ޓެކްސީ ވިޔަފާރި ހަލާކުކޮށްލައި، މަސްވެރިން ބާނާ މަހުގެ އަގު ވައްޓާލައި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ ބޭފުޅުންނަށް ދަތިކޮށްފައިވާ ކަމާށެވެ. އަދި ވޭޕް މަނާކުރިއިރު އެވިޔަފާރި ކުރަމުންދިޔަ މީހުންނަށް ވަކި މުއްދަތެއް ވެސް ނުދީ އިދަޖައްސާލި ކަމަށް މެމްބަރު ޝަމްހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމްހީދު ވިދާޅުވީ ކޮންސްޓްރަކްޝަން ސިނާއަތަށް ސަރުކާރުން ވަނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އަމިއްލަ ކުންފުނިތަކަށް މިމަސައްކަތް ކުރުމަށް ފުރުސަތު ނުލިބޭނެ ކަމަށެވެ. އަދި ޕްރޮޖެކްޓްތައް އެއްކޮށް ހިންގާނީ ސަރުކާރުގެ ކުންފުނިތަކުން ކަމަށް މެމްބަރު ޝަމްހީދު ވިދާޅުވިއެވެ.

މި ފެންނަނީ ޓެކްސީ އެކަންޏެއް ނޫން. އާއްމުންގެ ވިޔަފާރިތައް ސަރުކާރު ވަންނަމުންދާތަން އެޓޭކްކުރާތަން. މީގެ އިތުރުން ވޭޕް ވިޔަފާރި ކުރަމުންދިޔަ ކުދިންތަކަކަށް އެއްވެސް ފުރުސަތެއް ނުދީ ބަދަލެއް ނުދީ ގާނޫނުން އެބޭފުޅުންގެ ވިޔަފާރިތައް ފުނޑާލި. އޭގެފަހުން ޖައްސާލީ މަސްވެރިންނާ. ހަމައެއާއެކު ޓޫރިޒަމް ސެކްޓަރގައި މަސައްކަތް ކުރާ ބޭފުޅުންނާ ވެސް ޖައްސާލީ. މިއަދު ޓެކްސީތަކަށްފަހު މިހާރު ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެއްކޮށް ހުއްޓާލުމަށް ސަރުކާރުން މިހާރު ނިންމާފައި. ބަންޑާރަ ނައިބުގެ ލަފާ ހޯދައިގެން އަމިއްލަ ފަރާތްތަކުން ހިންގާ ހުރިހާ ޕްރިޖެކްޓެއް ހުއްޓާލާފައި ހަމައެކަނި ސަރުކާރުގެ ކުންފުނިތަކުން ޕްރޮޖެކްޓްތައް ހިންގާ ގޮތަށް. އެއީ މި ސަރުކާރުގެ ސިޔާސަތަކީ.
ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހްމަދު ޝަމްހީދު

މެމްބަރު ޝަމްހީދު ވިދާޅުވީ އިގްތިސާދު ރަނގަޅަށް ކުރިއެރުވުމަށް ޕްރައިވެޓް ސެކްޓަރގެ ދައުރު ވަރަށް ބޮޑު ކަމަށާއި، އެދާއިރާ ކުރިއެރުވުމަށް ސަރުކާރުން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ދުނިޔޭގެ އެކިއެކި ގައުމުތަކުގައި އިގްތިސާދު ކުރިއަރައިގެން ގޮސްފައިވަނީ ފްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު އެ ސެކްޓަރގައި ވަޒީފާތައް އިތުރުވެ ކުރިއެރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިސަރުކާރުން މަސައްކަތް ކުރަނީ އިގްތިސާދު ކުރިއެރުވުމުގެ ނަމުގައި ޕްރައިވެޓް ސެކްޓަރ ފުނޑާލުމަށް ކަމަށް މެންބަރު ޝަމްހީދު ވިދާޅުވިއެވެ.

ކޮންސްޓްރަކްޝަންޑރ. އަހްމަދު ޝަމްހީދުފަލަ ސުރުޚީ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

08 ޑިސެމްބަރު 2025
އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!
01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
28 ނޮވެމްބަރު 2025

ފިސްކަލް ޒިންމާ ގެ ޗާޓަރ އެކުލަވާލަންވީ ވަގުތަކީ މިއީ، މިހާރު ނުވިކަމެއް ދެ އަހަރު ފަހުން ވެސް ނުވާނެ: ޑރ.ޝަމްހީދު

28 ނޮވެމްބަރު 2025
ފިސްކަލް ޒިންމާ ގެ ޗާޓަރ އެކުލަވާލަންވީ ވަގުތަކީ މިއީ، މިހާރު ނުވިކަމެއް ދެ އަހަރު ފަހުން ވެސް ނުވާނެ: ޑރ.ޝަމްހީދު
28 ނޮވެމްބަރު 2025

ރާއްޖޭގައި ދަރަނީގެ އިންޓަރެސްޓް ޕޭމަންޓު ދަނީ އިތުރުވަމުން، ސަސްޓެއިން ނުކުރެވޭނެ: މެންބަރު ޝަމްހީދު

28 ނޮވެމްބަރު 2025
ރާއްޖޭގައި ދަރަނީގެ އިންޓަރެސްޓް ޕޭމަންޓު ދަނީ އިތުރުވަމުން، ސަސްޓެއިން ނުކުރެވޭނެ: މެންބަރު ޝަމްހީދު
16 ނޮވެމްބަރު 2025

ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު

16 ނޮވެމްބަރު 2025
ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު
12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
02 ނޮވެމްބަރު 2025

"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"

02 ނޮވެމްބަރު 2025
"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"
29 އޮކްޓޯބަރު 2025

ވަޒީރު ބޭނުން މީހަކަށް ޕްރޮޖެކްޓް ދެވޭ ގޮތް ހެދުމަކީ އެތައް މިލިއަން ރުފިޔާ އެއް ގެއްލިދާނެ ކަމުގެ ބިރުގެ ތެރެއަށް ޤައުމު ވައްޓާލުން : ޝަމްހީދު

29 އޮކްޓޯބަރު 2025
ވަޒީރު ބޭނުން މީހަކަށް ޕްރޮޖެކްޓް ދެވޭ ގޮތް ހެދުމަކީ އެތައް މިލިއަން ރުފިޔާ އެއް ގެއްލިދާނެ ކަމުގެ ބިރުގެ ތެރެއަށް ޤައުމު ވައްޓާލުން : ޝަމްހީދު
29 އޮކްޓޯބަރު 2025

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު
21 އޮކްޓޯބަރު 2025

އެސްއީޒެޑް ޤާނޫނަށް އިސްލާހު ހުށަހެޅީ، 11 ރިސޯޓާއި 22 ފިނޮޅު ޓެކްސް އިން ބަރީއަ ކޮށްދިނުމަށް - ޝަމްހީދު

21 އޮކްޓޯބަރު 2025
އެސްއީޒެޑް ޤާނޫނަށް އިސްލާހު ހުށަހެޅީ، 11 ރިސޯޓާއި 22 ފިނޮޅު ޓެކްސް އިން ބަރީއަ ކޮށްދިނުމަށް - ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް