Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއެމްގެ ކުއާޓާލީ ބިޒްނަސް ސާވޭ

ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތައް ގިނަވެ، އިމާރަތް ކުރުމުގެ ދާއިރާގެ ވަޒީފާތަކަށް ކުރިއެރުމެއް ނުލިބޭ

ފަތުރުވެރިކަމުގެ އޮފް-ސީޒަނަށް މި ދުވަސްވަރު ދިމާވުމާ ގުޅިގެން އެ ސިނާއަތަށް ހީނަރުކަމެއް އައި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 28 އޮކްޓޯބަރު 2023 | ހޮނިހިރު 12:28
2023 ވަނަ އަހަރު އައިި ފުރަތަމަ ފަތުރުވެރިޔާ

2023 ވަނަ އަހަރު އައިި ފުރަތަމަ ފަތުރުވެރިޔާ

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތައް އިތުރުވި އިރު، އިމާރަތް ކުރުމުގެ ދާއިރާގެ އައު ވަޒީފާތައް އިތުރުނުވާ ކަމަށް އެމްއެމްއޭ އިން އާންމު ކުރި ކުއާޓާލީ ބިޒްނަސް ސާވޭ ގައި ބުނެފި އެވެ.

އެމްއެމްއޭ އިން އާންމު ކުރި ސާވޭގެ ނަތީޖާތަކުން ދައްކާ ގޮތުން، ފަތުރުވެރިކަމުގެ ދާއިރާގެ އައު މުވައްޒަފުންގެ އަދަދު 27 ޕޮއިންޓުން މައްޗަށް ޖެހިފައިވާއިރު، އިމާރަތް ކުރުމުގެ ދާއިރާގެ މުވައްޒަފުންގެ އަދަދުގެ ނިސްބަތް އަދި ވެސް ހުރީ ކުރީ ރިޕޯޓުގައި ވެސް ދެއްކި ފަދައިން 54 ޕަސެންޓުގައި އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ނިސްބަތް އިތުރުވި ނަމަވެސް، އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ އެހެން ސިނާއަތްތަކާ އަޅާބަލާއިރު، މިދިޔަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރާފައެއް ނުވެ އެވެ. އޭގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ އޮފް-ސީޒަނަށް މި ދުވަސްވަރު ދިމާވުމާ ގުޅިގެންނެވެ.

އެހެން ނަމަވެސް، ކުރިއަށް މި އޮތް ފިނި މޫސުމާ ދިމާކޮށް އެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އެ ރިޕޯޓުގައި އަންދާޒާކޮށްފައިވެ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން، އިމާރާތް ކުރުމުގެ ސިނާއަތް މަޑު ގިނީގައި ނަމަވެސް ކުރިއަރާފައިވާ ކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ދެ ދާއިރާގެ އިތުރުން، ހޯލް ސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ވެސް ނިމިދިޔަ ކުއާޓަރުގައި ކުރިއަރާފައިވާއިރު، އެ ދާއިރާގައި ވެސް އައު މުވައްޒަފުންގެ ހަރަކާތްތެރިވުން ވަނީ އިތުރުވެފަ އެވެ.

މި ސާވޭ ރިޕޯޓަކީ އެމްއެމްއޭ އިން އާންމު ކުރި މިފަދަ ތިންވަނަ ސާވޭ ރިޕޯޓެވެ. އެގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ބިޒްނަސް ސާވޭ އަކީ 25 ސެޕްޓެމްބަރ 2023 އިން 12 އޮކްޓޯބަރު ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ސާވޭއަކަށް ވީއިރު، މި ސާވޭގައި ފަތުރުވެރިކަން، އިމާރަތް ކުރުން، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ޓްރާންސްޕޯޓް އަދި ކޮމިއުނިކޭޝަން ދާއިރާގެ އެކި ހިސާބުތައް އެމްއެމްއޭ އިން ވަނީ އިއުލާންކޮށްފަ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީރާއްޖޭގެ ފަތުރުވެރިކަންކޮންސްޓްރަކްޝަން

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

08 ޑިސެމްބަރު 2025
އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!
16 ނޮވެމްބަރު 2025

ބަޖެޓުން މުސާރަދޭ މީހުންގެ އަދަދު 54،000ށް އަރަނީ، އަންނަ އަހަރު 7،000 ވަޒީފާ އިތުރުވާނެ، ބަޖެޓުގެ 30 އިންސައްތަ ހޭދަ ވާނީ މުސާރަ ދޭން

16 ނޮވެމްބަރު 2025
ބަޖެޓުން މުސާރަދޭ މީހުންގެ އަދަދު 54،000ށް އަރަނީ، އަންނަ އަހަރު 7،000 ވަޒީފާ އިތުރުވާނެ، ބަޖެޓުގެ 30 އިންސައްތަ ހޭދަ ވާނީ މުސާރަ ދޭން
20 އޮކްޓޯބަރު 2025

ފައިސާ ޗާޕުކޮށް، ބިލިއަނުން ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް މި ފަށަނީ ޣައިރު ޤާނޫނީ، ނުރައްކާތެރި ކަމެއް: އެމްޑީޕީ

20 އޮކްޓޯބަރު 2025
ފައިސާ ޗާޕުކޮށް، ބިލިއަނުން ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް މި ފަށަނީ ޣައިރު ޤާނޫނީ، ނުރައްކާތެރި ކަމެއް: އެމްޑީޕީ
14 އޮކްޓޯބަރު 2025

ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!

14 އޮކްޓޯބަރު 2025
ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!
06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
05 ސެޕްޓެމްބަރު 2025

ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު

05 ސެޕްޓެމްބަރު 2025
ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު
30 އޯގަސްޓު 2025

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު
30 އޯގަސްޓު 2025

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު
21 އޯގަސްޓު 2025

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

21 އޯގަސްޓު 2025
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ
04 އޯގަސްޓު 2025

ޔާމީން ވެރިކަމުގައި ވެސް މުއިއްޒު ވެރިކަމުގައި ވެސް ޚިޔާނާތާ ދެކޮޅަށް އުޅުމުން ބުރައިގެން ދިޔައީ އަޝްރަފް!

04 އޯގަސްޓު 2025
ޔާމީން ވެރިކަމުގައި ވެސް މުއިއްޒު ވެރިކަމުގައި ވެސް ޚިޔާނާތާ ދެކޮޅަށް އުޅުމުން ބުރައިގެން ދިޔައީ އަޝްރަފް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު