Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަގު ކޮންޓްރޯލް ކުރަން ޒިމްބާބުވޭއިން ރަން ފައިސާފ

އަގު ކޮންޓްރޯލް ކުރަން ޒިންބާބުވޭއިން ތައާރަފު ކުރީ ރަން ފައިސާފޮތި

26 ޖުލައި 2022 | އަންގާރަ 00:31

މި ފައިސާފޮތީގެ ސަބަބުން ތަކެތީގެ އަގު އުފުލުން ކޮންޓްރޯލްވާނެ ކަމަށް ޒިންބާބުވޭއިން ލަފާ ކުރޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 26 ޖުލައި 2022 | އަންގާރަ 00:31
ޒިންބާބުވޭއިން ތައާރަފު ކުރި ރަން ފައިސާފޮތި

ޒިންބާބުވޭއިން ތައާރަފު ކުރި ރަން ފައިސާފޮތި

ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް ޒިމްބާބުވޭއިން ރަން ފައިސާފޮއްޗެއް ތައާރަފު ކޮށްފިއެވެ.

އެ ޤައުމުން މި ފައިސާފޮތި ވިއްކާނީ އާއްމުކޮށް ބިޑަށް ހުޅުވާލައިގެންނެވެ. މި ފައިސާ ފޮއްޗަށް އެ ޤައުމުން ދީފައިވާ ނަމަކީ "މޯސި އޯ ޓުންޔާ" އެވެ. މި ފައިސާއަކީ ލިކުއިޑް އެސެޓެއްގެ ގޮތުގައި ބޭނުން ކުރެވޭ އެއްޗެކެވެ.

ލިކުއިޑް އެސެޓަކީ ބޭނުންވުމުން އެ އެއްޗެއް ފައިސާއަށް ބަދަލުކުރެވޭ ތަކެއްޗެވެ. މި ފައިސާ ފޮތިވެސް ނަގުދު ފައިސާއަށް ބަދަލު ކުރެވޭނެ ކަމަށާއި ޤައުމުގެ އެތެރޭގެ ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުގައި ވެސް މި ފައިސާފޮތި ބޭނުން ކުރެވޭނެ ކަމަށް ޒިންބާބުވޭގެ ރިޒަރވް ބޭންކުން ބުނެއެވެ.

މި ފައިސާފޮތި ނަގުދު ފައިސާއަށް ބަދަލު ކުރެވޭނީ އެ މީހެއްގެ މިލްކިއްޔާތުގައި ފައިސާފޮތި އޮންނަތާ މަދުވެގެން 180 ދުވަސް ވުމުންނެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފައިވާ ގޮތުގައި ޒިންބާބުވޭގެ އިންފްލޭޝަން މިހާތަނަށް ވަނީ 837 އިންސައްތައަށް އިތުރުވެފައެވެ. މީގެ ސަބަބުން މީހުން ފައިސާ ފަހަށް ރައްކާކުރުމަށް އަސަރު ކޮށްފައިވާ ކަމަށާއި ޒިންބާބުވޭ ޑޮލަރުގެ ބަދަލުގައި އެމެރިކާ ޑޮލަރަށް ބަރޯސާވާ މިންވަރުވެސް އިތުރުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ޒިމްބާބުވޭގައި ބައެއް ވިޔަފާރިތަކުން މިހާރު އެ ޤައުމުގެ ޑޮލަރު ގަބޫލެއް ނުކުރެއެވެ. އެ މީހުން ބޭނުންވަނީ އެމެރިކާ ޑޮލަރެވެ. މިކަންކަމަށް އަލަށް ތައާރަފު ކުރި ރަން ފައިސާފޮތިން ހައްލެއް ލިބޭނެ ކަމަށް އެ ޤައުމުން ގަބޫލުކުރެއެވެ.

މި ފައިސާފޮތި ހަދާފައިވަނީ 22 ކެރެޓް ރަނުންނެވެ. ރަނަކީ ބައިނަލްއަގުވާމީ މާކެޓުގައި ވެސް ބަލައިގަންނާނެ އެއްޗަކަށްވުމުން އޭގެ އަގު ނުވެއްޓި ހިފެހެއްޓޭނެއެވެ.

ޒިމްބާބުވޭއިން މި ފައިސާފޮތި ވިއްކަނީ ވެސް އެހާ އަގުބޮޑުކޮށެވެ. އެގޮތުން، ހޯމަ ދުވަހު ތައާޜަފު ކުރި މި ފައިސާ ފޮތީގެ އަގަކީ 1824 އެމެރިކާ ޑޮލަރެވެ. މިއީ އެ ޤައުމުގެ އެންމެ އާދައިގެ ދިރިއުޅުމުގައި ދިރިއުޅޭ ފަރާތްތަކަށް މާބޮޑު އަގަކަށްވާތީ ބައެއް ފަރާތްތަކުން ކަންބޮޑުވެއެވެ.

ޒިމްބާބުވޭއިންފްލޭޝަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހަކުރު، ކޮފީ އަދި ސައިފަތުގެ އަގު މައްޗަށް ހިނގައްޖެ

07 ޑިސެމްބަރު 2025
ހަކުރު، ކޮފީ އަދި ސައިފަތުގެ އަގު މައްޗަށް ހިނގައްޖެ
17 ނޮވެމްބަރު 2025

އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެތީ ތައްޔާރުވުމަށް އަޒީމާ ގޮވާލައްވައިފި

17 ނޮވެމްބަރު 2025
އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެތީ ތައްޔާރުވުމަށް އަޒީމާ ގޮވާލައްވައިފި
16 ނޮވެމްބަރު 2025

ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ

16 ނޮވެމްބަރު 2025
ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ
22 އޮކްޓޯބަރު 2025

މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ ރާއްޖޭގެ އިޤްތިސާދަަށް ނުރައްކާ ބޮޑުވާނެ ކަމެއް: ސަރުވަޝް

22 އޮކްޓޯބަރު 2025
މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ ރާއްޖޭގެ އިޤްތިސާދަަށް ނުރައްކާ ބޮޑުވާނެ ކަމެއް: ސަރުވަޝް
01 އޮކްޓޯބަރު 2025

ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!

01 އޮކްޓޯބަރު 2025
ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!
05 ސެޕްޓެމްބަރު 2025

ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު

05 ސެޕްޓެމްބަރު 2025
ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު
01 ސެޕްޓެމްބަރު 2025

ރައްޔިތުންނާއި ނޫސްވެރިން އެދޭ ކަންކަން ފުރިހަމަ ނުވަނީސް އެމްޑީޕީއިން ފަށާ މުޒާހަރާތައް ހުއްޓާ ނުލުމަށް ރައީސް ޞާލިހު ގޮވާލައްވައިފި

01 ސެޕްޓެމްބަރު 2025
ރައްޔިތުންނާއި ނޫސްވެރިން އެދޭ ކަންކަން ފުރިހަމަ ނުވަނީސް އެމްޑީޕީއިން ފަށާ މުޒާހަރާތައް ހުއްޓާ ނުލުމަށް ރައީސް ޞާލިހު ގޮވާލައްވައިފި
05 އޯގަސްޓު 2025

އާންމު ރައްޔިތުންގެ ދިރިއުޅުމަށް މިހާވަރަށް ދަތި ކޮށް، ފިއްތުންތަށް ކުރިމަތިކުރުވި ސަރުކާރެއް މި ނޫނީ އަދި ނުދެކެން: މީކާއީލް

05 އޯގަސްޓު 2025
އާންމު ރައްޔިތުންގެ ދިރިއުޅުމަށް މިހާވަރަށް ދަތި ކޮށް، ފިއްތުންތަށް ކުރިމަތިކުރުވި ސަރުކާރެއް މި ނޫނީ އަދި ނުދެކެން: މީކާއީލް
03 ޖުލައި 2025

ތަކެތީ އަގު މެއި މަހު ވެސް އުފުލި ރައްޔިތުންނަށް އިތުރު ތަކުލީފު

03 ޖުލައި 2025
ތަކެތީ އަގު މެއި މަހު ވެސް އުފުލި ރައްޔިތުންނަށް އިތުރު ތަކުލީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް