Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލަންކާއަށް ކުރަމުންދާ ވިއްސާރަ

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025 | ހޮނިހިރު 08:08

ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން 56 މީހުން މަރުވެ 21 މީހުން ގެއްލުނު ކަން ޑީއެމްސީ އިން ރިޕޯޓު ކޮށްފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 29 ނޮވެމްބަރު 2025 | ހޮނިހިރު 08:08
ލަންކާ ހުޅަނގުގައި ޕުޓަލަމްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ މަގެއްގެ ތެރެއިން ރައްޔިތުންތަކެއް ހަރަކާތްތެރިވަނީ

ލަންކާ ހުޅަނގުގައި ޕުޓަލަމްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ މަގެއްގެ ތެރެއިން ރައްޔިތުންތަކެއް ހަރަކާތްތެރިވަނީ | އޭއެފްޕީ

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ގައުމަށް ފައިސާގެ އެހީ އާއި މަސްދަޅު ކޭސް ހަދިޔާ ކުރަން ސަރުކާރުން ނިންމައިފި އެވެ.

ބޯ ވިއްސާރަ އާއި ގަދަ ވައިގެ ސަބަބުން ސްރީލަންކާ ގެ އެތައް ސަރަހައްދެއްގެ ދިރިއުޅުމަށް ބޮޑެތި ބުރޫއެރުންތަކެއް ކުރިމަތިވެފައިވާއިރު، ފެން ބޮޑުވުން އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ތައް ހިނގަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް ފެންބޮޑުވެ 56 މީހަކު ވަނީ މަރުވެފަ އެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީ އިން ބުނީ ލަންކާ އަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އެ ގައުމަށް ފައިސާ ގެ އެހީގެ ގޮތުގައި 50،000 އެމެރިކާ ޑޮލަރު ހަދިޔާ ކުރަން ނިންމާ ފައިވާ ކަމަށެވެ. އަދި މަސްދަޅުގެ 25،000 ކޭސް ހަދިޔާ ކުރަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މިއީ ތޫފާން "ޑިޓުވާ" ގެ ސަބަބުން ސްރީލަންކާ ގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެ ގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެ ޤައުމަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ވެސް މިނިސްޓްރީ އިން ބުނެ އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މި ފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ގައުމު ގެ ރައްޔިތުންނާ އެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށެވެ. އަދި މި އެހީގެ ސަބަބުން ހާލުގައި ޖެހިފައިވާ ސްރީލަންކާ ރައްޔިތުންނަށް ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ލިބި، ލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެ ކަމަށް ރާއްޖެ އިން އުއްމީދު ކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

މުޅި ލަންކާ އަށް ރެޑް އެލަޓް ނެރެފައިވާއިރު، ލަންކާގެ މީޑިއާ އިން ރިޕޯޓު ކޮށްފައިވަނީ އެ ގައުމަށް މިހާރު ކުރިމަތިވެފައި ވަނީ ވަރަށް ބޮޑު ގައުމީ ކާރިސާއެއް ކަމަށެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނި ގޮތުގައި، ތޫފާން ދިތުވާގެ ސަބަބުން ދިމާވި ހާދިސާތަކުގައި ޖުމްލަ 56 މީހުން މަރުވެފައިވާއިރު، 21 މީހުން ވަނީ ގެއްލިފަ އެވެ. އަދި 14 މީހުންނަށް އަނިޔާވެފައި ވެއެވެ.

ޑީއެމްސީ ރިޕޯޓުކުރާ ގޮތުގައި، ގަދަ މޫސުމީ ހާލަތުގެ ސަބަބުން 12,313 އާއިލާގެ 43,991 މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ. މި ތޫފާނުގެ ސަބަބުން ހަތަރު ގެ އެއްކޮށް ހަލާކުވެފައިވާއިރު، އެތައް ޑިސްޓްރިކްޓެއްގައި 666 ގެއަށް ވަނީ ދޭތެރެދޭތެރެއިން ގެއްލުންވެފަ އެވެ.

ލަންކާ އަށް ކުރިމަތިވެފައިވާ މޫސުމީ ހާލަތުގެ ސަބަބުން ގިނަ އަދަދެއްގެ ފްލައިޓުތައް ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއަރޕޯޓުން ޑައިވާޓް ކުރި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ސްރީލަންކާތޫފާން ޑިޓުވާރާއްޖެ-ސްރީލަންކާފެންބޮޑުވުންފޮރިން މިނިސްޓްރީ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 އޯގަސްޓު 2026

ގެއްލުނު ތިން ދިވެހިން ހޯދަން ބޭރުގެ އެހީ ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތް ސާފުކުރަން މިނިސްޓަރަށް ދެންނެވުމުން ޖަވާބެއް ނުދެއްވި

10 އޯގަސްޓު 2026
ގެއްލުނު ތިން ދިވެހިން ހޯދަން ބޭރުގެ އެހީ ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތް ސާފުކުރަން މިނިސްޓަރަށް ދެންނެވުމުން ޖަވާބެއް ނުދެއްވި
09 އޯގަސްޓު 2026

ހުވަދޫ ކަނޑަށް 3 މީހުން ގެއްލުނުތާ 3 ދުވަސް ފަހުން ބޭރުގެ އެހީ ހޯދަން ސަރުކާރުން ނިންމައިފި

09 އޯގަސްޓު 2026
ހުވަދޫ ކަނޑަށް 3 މީހުން ގެއްލުނުތާ 3 ދުވަސް ފަހުން ބޭރުގެ އެހީ ހޯދަން ސަރުކާރުން ނިންމައިފި
05 އޯގަސްޓު 2026

ސްރީލަންކާގައި މޫސުން ގޯސްވެ، އަށް މީހަކު މަރުވެ، 11،832 މީހުންނަށް ގެއްލުން

05 އޯގަސްޓު 2026
ސްރީލަންކާގައި މޫސުން ގޯސްވެ، އަށް މީހަކު މަރުވެ، 11،832 މީހުންނަށް ގެއްލުން
01 އޯގަސްޓު 2026

އީސްޓަރ ސަންޑޭގެ ބޮމުގެ ހާދިސާގައި، ސްްރީލަންކާގެ އިސް ދެ އޮފިޝަލަކަށް މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފި

01 އޯގަސްޓު 2026
އީސްޓަރ ސަންޑޭގެ ބޮމުގެ ހާދިސާގައި، ސްްރީލަންކާގެ އިސް ދެ އޮފިޝަލަކަށް މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފި
26 ޖުލައި 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ދިވެހިން ސްރީލަންކާއިން ހައްޔަރުކޮށްފި

26 ޖުލައި 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ދިވެހިން ސްރީލަންކާއިން ހައްޔަރުކޮށްފި
10 ޖުލައި 2026

ހައިޓީގެ ގޭންގް ސަޕްރެޝަން ފައުޖަށް ސްރީލަންކާ ސިފައިން ގުޅިއްޖެ

10 ޖުލައި 2026
ހައިޓީގެ ގޭންގް ސަޕްރެޝަން ފައުޖަށް ސްރީލަންކާ ސިފައިން ގުޅިއްޖެ
09 ޖުލައި 2026

ސްރީލަންކާގައި ހަލުއިކަމާއެކު ޑެންގޫ ފެތުރި، 45 މީހުން މަރުވެ، ބަލި ޖެހުނު މީހުން 65،000ން މައްޗަށް

09 ޖުލައި 2026
ސްރީލަންކާގައި ހަލުއިކަމާއެކު ޑެންގޫ ފެތުރި، 45 މީހުން މަރުވެ، ބަލި ޖެހުނު މީހުން 65،000ން މައްޗަށް
07 ޖުލައި 2026

ނިގަމްބޯ ޖަލުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 27 އަށް އިތުރުވެއްޖެ

07 ޖުލައި 2026
ނިގަމްބޯ ޖަލުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 27 އަށް އިތުރުވެއްޖެ
06 ޖުލައި 2026

ސްރީލަންކާ ޖަލުގައި ގައިދީންގެ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މަދުވެގެން 26 މީހުން މަރުވެއްޖެ

06 ޖުލައި 2026
ސްރީލަންކާ ޖަލުގައި ގައިދީންގެ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މަދުވެގެން 26 މީހުން މަރުވެއްޖެ
06 ޖުލައި 2026

ލަންކާގެ ކުޅުންތެރިއަކު ކްރިކެޓް ކުޅެން ހުއްޓާ ދަނޑުމައްޗަށް ވެއްޓި މަރުވެއްޖެ

06 ޖުލައި 2026
ލަންކާގެ ކުޅުންތެރިއަކު ކްރިކެޓް ކުޅެން ހުއްޓާ ދަނޑުމައްޗަށް ވެއްޓި މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް