Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިންތީގެ ހަމަހަކަން

ޕާޓީތަކުގެ އިސް މަޤާމުތަކަށް މީހުން އައްޔަންކުރުމުގައި މިންތީގެ ހަމަހަކަން ގެނައުން މުހިންމު - ރޮޒައިނާ

4 ފެބުރުއަރީ 2025 | އަންގާރަ 20:19

އަންހެނުން ލީޑަރޝިޕްގައި ތިބުމަށް އުސޫލުތަކަށް ގެނެވިދާނެ ބަދަލުތައް ބަލާ ދިރާސާކުރުން މުހިންމު ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 ފެބުރުއަރީ 2025 | އަންގާރަ 20:19
 އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒެއިނާ އާދަމް

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒެއިނާ އާދަމް

ޕާޓީތަކުގެ އިސް މަޤާމުތައް ދޭ އިރު މިންތީގެ ހަމަހަމަކަން ޤާއިމްކުރުން ވަރަށް މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަސާސީ ގަވައިދަށް ގެންނަން ފެންނަ ބަދަލުތައް އަންހެނުންގެ ރޫހާ ހިއްސާ ކުރުމަށް މިހާރު ހުޅުވާލާފައިވާ ފުރުސަތާއި ގުޅިގެން ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އިސް މަޤާމުތަކާއި ސަރުކާރުތަކުގައި އަންހެނުންގެ ބައިވެރިވުން އޮތުން ވަރަށް މުހިންމު ކަމަށެވެ. އެހެންކަމުން އަންހެނުން ލީޑަރޝިޕްގައި ތިބުމަށް އުސޫލުތަކަށް ގެނެވިދާނެ ބަދަލުތައް ބަލާ ދިރާސާކުރުން މުހިންމު ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ކޮމިޓީތަކާއި ޤައުމީ މަޖިލީހުގައި ވެސް އަންހެނުންގެ ދައުރު ފުޅާކުރަން ޖެހޭ ކަމަށް ރޮޒައިނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީ އަށް ދެއްވި ބަސްތީގަތުމުގައި ރޮޒައިނާ ވިދާޅުވީ ޕާޓީ ވަރުގަދަކުރުމަށާއި ނިންމުންތައް ހަރުދަނާކުރުމަށް އަންހެނުންގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށެވެ. އަދި ޕާޓީގެ އިސް ސަފުގައި އަންހެނުން ތިބުމަކީ މުހިންމު ކަމެއް ކަމަށް ވާއިރު ހަމަހަމަ އުސޫލަކުން ފުރުސަތު ލިބޭނެ ގޮތްތަކެއް ކަނބަލުންނަށް ހޯދާދިނުން މުހިންމު ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރުކަމަށްވާ އެކްސެލެރޭޓް އެކްޝަން ޝިއާރާއި އެއްގޮތަށް އެމްޑީޕީގެ އެންމެ ބޮޑު މަގްސަދަކީ ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުވުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާ ވަނީ ކެބިނެޓާއި އިސް މަޤާމުތަކުގައި މި ސަރުކާރަށް ބަލާ އިރު ތިބީ ވަރަށް މަދު ބައެއްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ޤައުމުގެ ކަންކަން ނިންމާ ފެންވަރުގައި މިހާރުވެސް އަންހެނުން ވަރަށް މަދުކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންމެ ޕާޓީއެއްގައި ވެސް އަންހެނުންގެ ގޮތްޕެއް އޮތް ނަމަވެސް ލީޑަރޝިޕްގެ މަޤާމްތަކުގައި އެންމެ އެކަށީގެންވާ ގޮތަށް ކަނބަލުން ނެތް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑަރޝިޕްގައި އަންހެނުން އިތުރުކުރުމަށާއި އެ ޕާޓީ ހިންގުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށްޓަކާ، ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން ފެންނަ ބަދަލުތައް ހުށަހެޅުމަށް އާއްމު މެމްބަރުންނަށް ފުރުސަތު ހުޅުވާލާފައިވަނީ އަންގާރަ ދުވަހުން ފެށިގެންނެވެ. އެގޮތުން އެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ 14:00 އާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ. އެ މުއްދަތުގެ ތެރޭގައި، އީމެއިލް: womenswing@mdp.org.mv މެދުވެރިކޮށް ބަދަލުތައް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ރޮޒައިނާ އާދަމްއެމްޑީޕީ

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

4

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

5

އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް