Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ލޫޓުވައިފި ލޫޓުވައިފި"

"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "އަންހެނުންގެ އަޑު" ހަރަކާތް މާލޭގައި ކުރިއަށް ގެންގޮސްފި

އެމްޑީޕީން މާލޭގައި 'ލޫޓުވައިފި، ލޫޓުވައިފި' ނަމުގައި ބޮޑު އެއްވުމަކަށް ދަނީ ތައްޔާރުވަމުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2025 | އަންގާރަ 16:08
"ލޫޓުވައިފި، ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "އަންހެނުންގެ އަޑު"

"ލޫޓުވައިފި، ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "އަންހެނުންގެ އަޑު"

"ލޫޓުވައިފި، ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "އަންހެނުންގެ އަޑު" ހަރަކާތް މާލޭގައި ކުރިއަށް ގެންގޮސްފި އެވެ.

އަންގާރަ ދުވަހު ހަވީރު އާރޓިފިޝަލް ބީޗުން ފެށި މިހަރަކާތަކީ، އަންނަ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު އެ ޕާޓީން ބޭއްވުމަށް ތައްޔާރުވަމުން ދާ "ލޫޓުވައިފި ލޫޓުވައިފި" ބޮޑު ހަރަކާތަށް ތައްޔާރުވުމަށާއި އަދި އެހަރަކާތުގައި ވީހާވެސް ގިނަބަޔަކު ބައިވެރިކުރުމަށް ހިތް ވަރުދިނުމަށް ގޮވާލާ ހިންގި ހަރަކާތެއް ކަމަށް އެމްޑީޕީން ބުނެއެވެ.

Advertisement - newsAdvertisement

މިހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެފައިވާ ވައުދުތައް، ސަރުކާރަށް ހަނދާންކޮށްދިނުމުގެ ގޮތުން އަންހެނުން ވަނީ ބޯޑުތަކެއްގައި މިވައުދުތައް ލިޔެގެން މާލޭގެ ބޮޑެތި މަގުތަކުގައި ޝުއޫރުފާޅުކޮށްފަ އެވެ.

އެމްޑީޕީގެ މި ހަރަކާތުގައި އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން މިވަގުތު ރައްޔިތުން މަޖިލީހުގައި ކުރީގެ މެމްބަރުންނާއި ލީޑަރޝިޕްގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވަނީ ބައިވެރިފައެވެ.

އެގޮތުން ކުރީގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެފައިވާއިރު، ރައްޔިތުންގެ ޓެކްސް ފާއިސާއިން އެތައް ބޭކާރު ހަރަދުކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ. އަދި ކުރީ ސަރުކާރުގެ ބޮލުގައި ހުރިހާ ކަމެއް އަޅުވަމުން ރައްޔިތުންނަށް އޮޅުވާ ދޮގު ހައްދަވަމުން ގެންދަވާތީ ރައްޔިތުންނަށް މިއަދު އެކަން ބަލައި ނުގަނެވޭނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ކުރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސެއިން ވިދާޅުވީ ބޭސް ސިޓީއަށް ސަލާން ޖަހަން ޖެހިފައިވާއިރު ކަރަންޓް ބިލުންވެސް މިސަރުކާރުން ގެންދަނީ ވައްކަން ކުރަމުން ކަމަށެއެވެ.

އަދި ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ އެމްޑީޕީން 3 އޮކްޓޯބަރުގައި ނިކުންނަނީ ރައްޔިތުންގެ ފާއިސާއިން ރައީސް މުއިއްޒު މުޅި ގައުމު ލޫޓްވަމުންދާތީ، ގިނަ އަދަދެއްގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެއެވެ. އަދި ރައީސް މުއިއްޒުއަށް ދެ އަހަރު ދުވަހު ވެރިކަމުގައި ހުންނަވަން ފުރުޞަތު ދިން ނަމަވެސް ރައްޔިތުންނަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށް މާރިއާ ވިދާޅުވި އެވެ.

'ޕިކަޕް ޖަލްސާ' މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ރައްޔިތުންގެ ބޭސްފަރުވާ އަށާއި، ޑޮލަރުގެ އަގު ބޮޑުވުމާއި، ތަކެތީގެ އަގު މައްޗަށް ދިއުން ފަދަ ދިރިއުޅުމަށް ދަތިވާ އެތައް ކަމެއް ކުރަމުން ގެންދާކަން ފާހަގަ ކޮށް ނުރުހުމުގެ ޝުއޫރު ފާޅު ކޮށްފައިވެއެވެ.

އެމްޑީޕީގެ ގިނަ ހަރަކާތްތެރިންނާއި ސަޕޯޓަރުން ބައިވެރިވި މި ހަރަކާތުގައި އަދުގެ ސަރުކާރުން ގާނޫނު އަސާސީ އަށާއި ގާނޫނުތަކަށް ބަދަލުތައް ގެނެސް ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކަށް އަރައިގަންނާތީ އެކަމާ ނުރުހުން ފާޅުކޮށް ވާހަކަ ދެއްކުން އޮތެވެ.

މި ހަރަކާތުގެ ތެރޭން މާލޭގެ ބޮޑެތި މަގުތަކުގައި، އަންނަމަހު 3 ވަނަ ދުވަހު މާލޭގައި، 'ލޫޓުވައިފި، ލޫޓުވައިފި' ނަމުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ބޮޑު އެއްވުމަށް ތައްޔާރު ކޮށްފައިވާ ޚާއްސަ ލަވަ ޖެހުމާއި އެކު އެ އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ދައުވަތު ދީފައިވެއެވެ.

ރައީސް މުއިއްޒުއެމްޑީޕީމާލެމާރިޔާ ދީދީރޮޒައިނާ އާދަމްލޫޓުވައިފި މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު