Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަންހެން މެމްބަރުންގެ ހިއްސާ ދަށްވުން

93 ގޮނޑީގެ ތެރެއިން އެންމެ 3 ގޮނޑި އަންހެނުންނަށް ލިބުން ލަދުވެތި، ކޯޓާ ސިސްޓަމްގެ ބޭނުން ބޮޑު - ރޮޒައިނާ

ރައްޔިތުންގެ މަޖިލީހުގެ 33 އިންސައްތައަކީ އަންހެނުންކަމަށް ކަނޑައެޅުމަށް ޤާނޫނު އަސާސީ އަށް އިސްލާހެއް ރޮޒައިނާ ވަނީ ހުށަހަޅުއްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 އެޕްރީލު 2024 | ހޯމަ 13:06
ރޮޒައިނާ އާދަމް

ރޮޒައިނާ އާދަމް

93 ގޮނޑީގެ ތެރެއިން އެންމެ 3 ގޮނޑި އަންހެނުންނަށް ލިބުމަކީ ލަދުވެތި ކަމެއް ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ވަނީ އެކްސްގައި އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ ޕޯސްޓެއް ހިއްސާކުރައްވާފައެވެ. އަދި މިއީ ލަދުވެތިކަމެއް ކަމަށާއި މިކަމުން އެނގެނީ ރާއްޖެ އަށް ކިހާ ބޮޑަށް ކޯޓާ ސިސްޓަމެއްގެ ބޭނުން ޖެހިފައިވާކަން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި އަންހެނުން ތަމްސީލްކުރާ އިންސައްތަ އެހާ ދަށްވުމަކީ ޤައުމެއްގެ ހައިސިއްޔަތުން ވެސް ވަރަށް ލަދުގަންނަން ޖެހޭ ކަމެއް ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

2009 ވަނަ އަހަރު މަޖިލީހަށް 5 ކަނބަލުން، 2019 ވަނަ އަހަރު 4 ކަނބަލުން ވަނީ ހޮވިވަޑައިގަންނަވާފައެެވެ. އެހެންކަމުން އަންހެން މެމްބަރުންގެ ނިސްބަތް ދަނީ ފަހަރަކުން ފަހަރަކަށްއި ދަށަށެވެ. އަނެއްކޮޅުން މަޖިލިސް މެމްބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެހެންކަމުން މިއީ ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. ރޮޒައިނާ ވަނީ އޭނާ ހުށަހަޅުއްވާފައިވާ ކޯޓާގެ އިސްލާހު އެޖެންޑާގައި ހިމަނާދެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 33 އިންސައްތައަކީ އަންހެނުންކަމަށް ކަނޑައެޅުމަށް ޤާނޫނު އަސާސީ އަށް އިސްލާހެއް ރޮޒައިނާ ވަނީ ހުށަހަޅުއްވާފައެވެ. އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މި އިސްލާހު ހުށަހަޅުއްވާފައި ވަނީ 28 ފެބްރުއަރީ 2024ގައެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެންބަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ ކަށަވަރުކުރުމަށާއި ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް، ގައުމުގެ މުހިންމު ނިންމުންތަކުގައި އަންހެނުންގެ ބަސް ހިމެނުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މެދުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތުތަކެއް ހުޅުވާދީ، ސިޔާސީ މައިދާނުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަކީ ވެސް މި ބިލްގެ މަޤްސަދެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ޤާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ހުށަހަޅާފައި ވަނީ 71 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އަކުރުތަކެއް އިތުރުކުރުމަށެވެ.

އޭގެ ތެރޭގައި 71 ވަނަ މާއްދާގެ (ހ)ގެ ދަށުން ކަނޑައަޅާ މެމްބަރުންގެ 33 އިންސައްތަ ޚާއްސަކުރަންވާނީ އަންހެނުން ކަމަށް ބަޔާންކޮށް އެ މާއްދާގެ (ނ)ގެ ގޮތުގައި އަކުރެއް އިތުރުކުރުން ހިމެނެއެވެ.

އަދި މެންބަރުން އިންތިޚާބު ކުރާ ދާއިރާތައް ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށާއި އަންހެން މެންބަރުން އިންތިޚާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ ދާއިރާތައް ހަމަހަމަވާނެ އުސޫލަކުން ދައުރުވާ ގޮތަށް ކަމަށް ބަޔާންކޮށް (ރ)ގެ ގޮތުގައި 71 ވަނަ މާއްދާ އަށް އަކުރެއް އިތުރުކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. އަދި މި އުސޫލު ކަނޑައަޅާގޮތް ބަޔާން ކުރަންވާނެ ކަމަށް ވަނީ ބުނެފައެވެ.

ތިން ވަނަ އަކުރަކީ (ބ)އެވެ. އެބައިގައި ބުނެފައިވަނީ ދާއިރާތައް ކޯޓާގެ ދަށުން ތަމްސީލްވެ ނިމުމުން، އެ އަކުރުގައިވާ ނިސްބަތުން އަންހެނުން ދެން އިންތިޚާބުކުރުމާ މެދު މަޖިލީހުން ގޮތެއް ކަނޑައަޅަން ވާނެ ކަމަށެވެ.

މީގެ އިތުރުން މި ޤާނޫނަށް އަމަލުކުރަން ފެށުމަށް ފަހު ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ޤާނޫނުގެ ދަށުން އިއުލާން ކުރާ ފުރަތަމަ އިންތިޚާބު ބާއްވާނީ ޤާނޫނުގައި ކަނޑައަޅާ ގޮތުގެ މަތިން ކަމަށް ވެސް ވަނީ ބުނެފައެވެ. އެހެންކަމުން މި ބިލު ފާސްވެ ޤާނޫނަކަށް ވެއްޖެ ނަމަ 2029 ވަނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބު ބާއްވަން ޖެހޭނީ މި ޤާނޫނާއި އެއްގޮތަށެވެ.

ރޮޒައިނާ އާދަމް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި

25 ނޮވެމްބަރު 2025
"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "އަންހެނުންގެ އަޑު" ހަރަކާތް މާލޭގައި ކުރިއަށް ގެންގޮސްފި

"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "އަންހެނުންގެ އަޑު" ހަރަކާތް މާލޭގައި ކުރިއަށް ގެންގޮސްފި

23 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

17 ސެޕްޓެމްބަރު 2025
ޕާޓީތަކުގެ އިސް މަޤާމުތަކަށް މީހުން އައްޔަންކުރުމުގައި މިންތީގެ ހަމަހަކަން ގެނައުން މުހިންމު - ރޮޒައިނާ

ޕާޓީތަކުގެ އިސް މަޤާމުތަކަށް މީހުން އައްޔަންކުރުމުގައި މިންތީގެ ހަމަހަކަން ގެނައުން މުހިންމު - ރޮޒައިނާ

04 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު