Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

ހަމްސިކް ނަޕޯލީ ދޫކޮށްލަނީ..؟

ހަމްސިކް ނަޕޯލީއަށް ބަދަލުވީ 2007 ވަނަ އަހަރުގައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 8 ސެޕްޓެމްބަރު 2017 | ހުކުރު 12:59
ހަމްސިކް

ހަމްސިކް

އިޓަލީގެ ނަޕޯލީއަށް ކުޅެމުންއަންނަ ސްލޮވޭކިއާގެ ތަޖުރިބާކާރު މިޑްފީލްޑަރ މެރެކް ހަމްސިކް ނަޕޯލީ ދޫކޮށްލަން އުޅޭކަމުގެ އަޑުތައް މީޑިއާގައި ފެތުރެން ފަށައިފިއެވެ.

ހަމްސިކް ނަޕޯލީ ދޫކޮށް އެހެން ކުލަބަކަށް ބަދަލުވުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އެންމެ ބޮޑަށް އަޑުފަތުރާފައިވަނީ އިޓަލީގެ މީޑިއާތަކުންނެވެ.

އިޓަލީގެ މީޑިއާތަކުން ޚަބަރު ފަތުރާގޮތުގައި ހަމްސިކް ދިއުމަށް ތައްޔާރުވަނީ މެންޗެސްޓާ ޔުނައިޓެޑަށެވެ. އެހެން ނަމަވެސް އަދި މެންޗެސްޓާ ޔުނައިޓެޑުން ހަމްސިކް ހޯދުމަށް ނަޕޯލީއާ ވާހަ ދައްކާފައިވާ ކަމެއް ނުވަތަ ނޫންކަމެއްވެސް މި ރިޕޯޓްގައި ބަޔާންކޮށްފައެއް ނުވެއެވެ.

މީޑިއާ ރިޕޯޓްތަށް ބުނާގޮތުން އުމުރުން 30 އަހަރުގެ މިޑްފީލްޑަރ ދިއުން އެންމެ ގާތް ކުލަބަކީ މެންޗެސްޓާ ޔުނައިޓެޑެވެ. ބައެއް ރިޕޯޓްތަށް ބުނާގޮތުގައި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހަމްސިކް ވަނީ ނަޕޯލީ ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާނެ ކަމުގެ އިޝާރާތެއްވެސް ކޮށްފައެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މީޑިއާއަށް ދިން ބަސްދީގަތުމެއްގައި ހަމްސިކް ވަނީ ދުނިޔޭގެ މަސްހޫރު ބޮޑު ކުލަބަކުން ހުށައެޅުމެއް އަތުވެއްޖެ ނަމަ ނޫނެކޭ ބުނަން ވަރަށް އުނދަގޫވާނެ ކަމަށްބުނެފައެވެ.

އަދި އެކަހަލަ ފުރުސަތެއް ލިބިއްޖެނަމަ ނަޕޯލީ ދޫކޮށްލުން ގާތް ކަމަށްވެސް ހަމްސިކް ވަނީ ބުނެފައެވެ. ހަމްސިކް ވަނީ އޭނާ ދާން ބޭނުން ކުލަބުތަކުގެ ނަންވެސް ހާމަ ކޮށްފައެވެ. އޭގެ ތެރޭގައި ސްޕެއިންގެ ބާސެލޯނާ ، ޖަރުމަނުގެ ބަޔާން މިޔުނިކް، ޕީއެސްޖީ އަދި މެނެޗެސްޓާ ޔުނައިޓެޑް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް ރަސްމީކޮށް ކުލަބު ދޫކޮށްލަން އުޅޭކަމުގެ އިޝާރާތެއް ހަމްސިކް ދީފައި ނުވާކަމަށް ރިޕޯޓްތަށް ބުނެއެވެ.

2007 ވަނަ އަހަރު ބްރެސިއާއިން އިޓަލީގެ ނަޕޯލީއާ ގުޅުނު ހަމްސިކް ވަނީ މިހާތަނަށް އެޓީމަށް ޖުމުލަ 359 މެޗު ކުޅެދީ 93 ގޯލް ޖަހައިދީފައެވެ.

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2017

ޔުއެފާ ޗެމްޕިއަންސް ލީގު: ސިޓީ މޮޅުވިއިރު ނަޕޯލީ ބަލިވެއްޖެ

14 ސެޕްޓެމްބަރު 2017
ޔުއެފާ ޗެމްޕިއަންސް ލީގު: ސިޓީ މޮޅުވިއިރު ނަޕޯލީ ބަލިވެއްޖެ
23 އޯގަސްޓު 2017

ސެވިއްޔާ، ނަޕޯލީ އަދި ސެލްޓިކް ޗެމްޕިއަންސް ލީގަށް!

23 އޯގަސްޓު 2017
ސެވިއްޔާ، ނަޕޯލީ އަދި ސެލްޓިކް ޗެމްޕިއަންސް ލީގަށް!
17 އޯގަސްޓު 2017

ޕްލޭއޮފްގެ ފުރަތަމަ ލެގުން މޮޅުވެ ނަޕޯލީ، ސެވިއްޔާ އަދި ސެލްޓިކް ޗެމްޕިއަންސް ލީގާ ގާތަށް.!

17 އޯގަސްޓު 2017
ޕްލޭއޮފްގެ ފުރަތަމަ ލެގުން މޮޅުވެ ނަޕޯލީ، ސެވިއްޔާ އަދި ސެލްޓިކް ޗެމްޕިއަންސް ލީގާ ގާތަށް.!
21 ޖޫން 2017

މި ސީޒަނަށްފަހު ހަޒާޑް އަދި ކޯސްޓާ ޗެލްސީ ދޫކޮށްލަނީ!

21 ޖޫން 2017
މި ސީޒަނަށްފަހު ހަޒާޑް އަދި ކޯސްޓާ ޗެލްސީ ދޫކޮށްލަނީ!
08 ޖޫން 2017

ޔުނައިޓެޑުން އިބްރާހިމޮވިޗް ދޫކޮށްލަނީ

08 ޖޫން 2017
ޔުނައިޓެޑުން އިބްރާހިމޮވިޗް ދޫކޮށްލަނީ
02 މެއި 2017

ރޮމޭރޯ ޔުނައިޓެޑް ދޫކޮށްލަނީ!

02 މެއި 2017
ރޮމޭރޯ ޔުނައިޓެޑް ދޫކޮށްލަނީ!
02 މެއި 2017

މި ސީޒަނަށްފަހު ފެބްރިގާސް ޗެލްސީ ދޫކޮށްލަނީ!

02 މެއި 2017
މި ސީޒަނަށްފަހު ފެބްރިގާސް ޗެލްސީ ދޫކޮށްލަނީ!
17 އެޕްރީލު 2017

ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ

17 އެޕްރީލު 2017
ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ
06 އެޕްރީލު 2017

ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

06 އެޕްރީލު 2017
ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި
08 މާރިޗު 2017

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

08 މާރިޗު 2017
ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު