Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

ޕްލޭއޮފްގެ ފުރަތަމަ ލެގުން މޮޅުވެ ނަޕޯލީ، ސެވިއްޔާ އަދި ސެލްޓިކް ޗެމްޕިއަންސް ލީގާ ގާތަށް.!

ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ކުޅޭ ދެވަ ލެގު މެޗުތަށް އަންނަ އަންގާރަ ދުވަހު.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 17 އޯގަސްޓު 2017 | ބުރާސްފަތި 10:55
ނަޕޯލީގެ ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދުމަށް ނީސްގެ ދެ ކުޅުންތެރިއަކު މަސައްކަތް ކުރަނީ.

ނަޕޯލީގެ ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދުމަށް ނީސްގެ ދެ ކުޅުންތެރިއަކު މަސައްކަތް ކުރަނީ.

ޕްލޭއޮފްގެ ފުރަތަމަ ލެގުގެ މެޗުތަކުން މޮޅުވެ އިޓަލީގެ ނަޕޮލީ، ސްޕެއިންގެ ސެވިއްޔާ އަދި ސްކޮޓްލެންޑުގެ ސެލްޓިކް ޔޫއެފްއާ ޗެމްޕިއަންސް ލީގާ ގާތަށް ޖެހި ލައިފި އެވެ.

އިޓަލީގެ ނަޕޯލީ، ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދުމާއި ގާތަށް ޖެހިލީ އަމިއްލަ ދަނޑުގައި ފްރާންސްގެ ނީސްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައިގެން ނެވެ.

ނަޕޯލީގެ ފުރަތަމަ ލަނޑު 13 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ޑްރިއަސް މެރެޓެންސް އެވެ. ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ ޖޯޖީނިއޯ އެވެ.

މެޗުގައި ނީސްގެ ދެ ކުޅުންތެރިންނަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ. ފުރަތަމަ ރަތް ކާޑު ދެއްކީ ވިންސެންޓް ކޯޒީއެލޯ އަށެވެ. އޭނާ އަށް ސީދާ ރަތް ކާޑު ދެއްކީ، ނަޕޯލީގެ ޕިއޮޓޯ ޒެލީންސްކީ އަށް ޓެކްލް ކުރުމުން ނެވެ. ދެ ވަނަ ރަތް ކާޑު ދެއްކީ، އަލަސާން ޕްލީ އަށެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ދެ ވަނަ ރީނދޫ ކާޑާއެކު އެވެ.

ރަށުން ބޭރުގައި އިސްތަންބޫލްގެ ބަޝަކްޝިއާ އާ ވާދަކޮށް ސެވިއްޔާ މޮޅު ވީ މެޗުގެ އެންމެ ފަހު ވަގުތު ކާމިޔާބު ކުރި ލަނޑުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ވެސް ސެވިއްޔާއިން ނެވެ. މެޗުގެ 16 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދިނީ ސާޖިއޯ އެސްކްޑޭރޯ ޕަލޯމޯ އެވެ. ސެވިއްޔާ ލަނޑުޖަހާ ލީޑުނަގާފައި ވަނިކޮށް މެޗުގެ 64 ވަނަ މިނެޓްގައި، ބަޝަކްޝިއާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެލްޖޭރޯ އޭލިއާ އެވެ. މެޗުގެ 84 ވަނަ މިނެޓްގައި، ސެވިއްޔާ މޮޅު ކޮށްދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވިސާމް ބެން ޔާދެރު އެވެ.

ސްކޮޓްލޭންޑްގެ ސެލްޓިކް، ޗެމްޕިއަންސް ލީގްގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލީ އަމިއްލަ ދަނޑުގައި، ކަޒަކިސްތާންގެ އަސްޓާނާއާ ދެކޮޅަށް 5-0 ތަފާތު ބޮޑު ނަތީޖާ އަކުން ކުރި ހޯދައިގެން ނެވެ. މި މެޗުގައި ސެލްޓިކް ކާމިޔާބު ކުރި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކޮށްދިނީ ފޯވަޑް ސްކޮޓް ސިންކްލެއާ އެވެ. ސެލްޓިކުން މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ އަސްޓާނާގެ ޕޮސްޓިނިކޯވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑަކީ މެޗުގެ 32 ވަނަ މިނެޓްގައި ސެލްޓިކްގެ އެޓޭކިން މިޑްފީލްޑާ ޓޮމް ރޮޖިކް ފޮނުވާލި ބޯޅައެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި އަސްޓާނާގެ ޕޮސްޓިނިކޯވްގެ ފައިގައި ޖެހިފަ ބައިކޮޅަށް ވަތް ލަނޑެކެވެ.

ސިންކްލެއާ، އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ 42 ވަނަ މިނެޓްގައެވެ. އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށް، ތިން ލަނޑުގެ ލީޑެއް ސެލްޓިކަށް ހޯދައިދިނީ 60 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުން ނެވެ. ސެލްޓިކްގެ ހަތަރު ވަނަ ލަނޑު ޖޭމްސް ފޮރެސްޓް ކާމިޔާބު ކުރީ 79 ވަނަ މިނެޓްގަ އެވެ. ސެލްޓިކްގެ ފަސް ވަނަ ލަނޑަކީ ވެސް އަސްޓާނާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ޓީމުތައް ކުޅޭ ޗެމްޕިއަންސް ލީގުގެ ޕްލޭއިފްގެ ދެ ވަނަ ލެގުގެ މެޗުތައް އޮންނާނީ އަންނަ ހަފްތާ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގަޑިން 11:45 ގަ އެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު