Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

ސެވިއްޔާ، ނަޕޯލީ އަދި ސެލްޓިކް ޗެމްޕިއަންސް ލީގަށް!

ސެލްޓިކް ވެސް ވަނީ މޮޅުވެ ޗެމްޕިއަންސް ލީގުން ޖާގަ ކަށަވަރުކޮށްފައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 23 އޯގަސްޓު 2017 | ބުދަ 07:00
ރޭ ކުޅުނު މެޗުގެ ތެރެއިން: ނަޕޯލީ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

ރޭ ކުޅުނު މެޗުގެ ތެރެއިން: ނަޕޯލީ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

ޔޫއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ކުޅެވުނު ޕްލޭއޮފްގެ މެޗުތަކުން މޮޅުވެ ސްޕެއިންގެ ސެވިއްޔާ، އިޓަލީގެ ނަޕޯލީ އަދި ސްކޮޓްލެންޑުގެ ސެލްޓިކް ޗެމްޕިއަންސް ލީގުން ޖާގަހޯދައިފިއެވެ.

ސެވިއްޔާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދީ ތުރުކީގެ އިސްތަންބޫލްއާ ވާދަކޮށް 3-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މި ދެޓީމު ވާދަކުރި ފުރަތަމަ ލެގުގެ މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވިއިރު ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުން ސެވިއްޔާ މޮޅުވީ 1-2 ގެ ނަތީޖާއިންނއެވެ.

އިޓަލީގެ ންޕޯލީ ޗެމްޕިއަންސް ލީގުން ޖާގަ ހޯދީ ފްރާންސްގެ ނީސްއާ ވާދަކޮށް 0-4 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ.

މި ދެޓީމު ބައްދަލުކުރި ޕްލޭއޮފްގެ ފުރަތަމަ ލެގުގެ މެޗު 0-2 ގެ ނަތީޖާއިން ނަޕޯލީ ކާމިޔާބުކުރިއިރު ރޭ ނީސްގެ އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުން ވެސް ނަޕޯލީ ވަނީ 0-2 ގެ ނަތީޖާއިން މޮޅުވެފައެވެ.

ސްކޮޓްލެންޑުގެ ސެލްޓިކް ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފައި ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ 4-8 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ.

މި ދެ ޓީމު ޕްލޭއޮފްގައި އަސްތާނާގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 3-4 ގެ ނަތީޖާއިން އަސްތާނާ ކާމިޔާބު ކުރި ނަމަވެސް ސެލްޓިކުގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ސެލްޓިކުން ކާމިޔާބު ކޮށްފައިވަނީ 0-5 ގެ ނަތީޖާއިންނެވެ.

މި ތިން ޓީމުގެ އިތުރުން ރޭގެ މެޗުތައް ކާމިޔާބުކޮށް އޮލިމްޕިއާކޮސް އަދި މެރިބޯރ ވެސް ވަނީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

ޗެމްޕިއަންސް ލިގަށް ކޮލިފައިވުމަށް ކުޅޭ ޕްލޭއޮފް މެޗުތަކެއް މިރޭ ވެސް ކުޅޭނެ އެވެ. އޭގެ ތެެރޭގައި ލިވަޕޫލް އަދި ހޮފެންހެއިމް އާއި ސްޕޯޓިން އަދި އެފްސީ ބާސެލް ބައްދަލުކުރާ މެޗު ހިމެނެއެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

08 މާރިޗު 2017
ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް
22 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު