Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބިޔޯންސޭ - ޖޭ ޒީ

މިއުޒިކް ދުނިޔޭގެ 'ފަސްޓް ކަޕްލް' ބިޔޯންސޭ އާއި ޖޭ-ޒީ އެކުގައި އަލްބަމެއް ރިލީޒްކޮށްފި

އާދިއްތަ ދުވަހު ރިލީޒްކުރި އަލްބަމަށް ކިޔަނީ 'އެވްރިތިންގ އިޒް ލަވް'

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 18 ޖޫން 2018 | ހޯމަ 07:17
ބިޔޯންސޭ އާއި ޖޭ-ޒީ

ބިޔޯންސޭ އާއި ޖޭ-ޒީ

އެމެރިކާގެ މިއުޒިކީ ދުނިޔޭގެ 'ފަސްޓް ކަޕްލް'ގެ ގޮތުގައި މަޝްހޫރުވެފައިވާ، ބިޔޯންސޭ އާއި ޖޭ ޒީ އެކުގައި އަލްބަމެއް ރިލީޒްކޮށްފިއެވެ.

ނުވަ ލަވަ ހިމެނޭ މި އަލްބަމަށް ކިޔަނީ 'އެވްރިތިންގ އިޒް ލަވް' އެވެ.

އަލްބަމާ އެކު ހާއްސަ ވީޑިއޯ ލަަވައެއް ވެސް ރިލީޒްކޮށްފައިވާ އިރު، މި ލަވައަށް އެއް ދުވަހުގެ ތެރޭގައި 10 މިލިއަން ވިއުސް ވަނީ ލިބިފައެވެ.

މި ދެމަފިރިން މި ވަގުތު ދަނީ ޓުއަރ ކުރަމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުގައި ދެ މީހުން ޝޯވތައް ކުޅެމުންދާއިރު، މި ޓުއަރއަކީ އެމީހުންގެ 2014 ވަނަ އަހަރުގެ 'އޮން ދަ ރަން' ޓުއަރގެ ދެވަނަ ބައެވެ.

ބިޔޯންސޭގެ އެންމެ ފަހުގެ އަލްބަމް 'ލެމަނޭޑް' އާއި ޖޭގެ '4:44 އާ އެއްފަދައިން 'އެވްރިތިންގ އިޒް ލަވް' ގައި ވެސް ބޮޑަށް ދައްކަނީ ދެ މީހުންގެ ރިލޭޝަންޝިޕްގެ ހުރި އެކި ކަހަލަ ވާހަކަތަކެވެ. އޭގެ އިތުރުން، 'ސަލޫޑް' ކިޔާ ލަވައެއްގައި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޑުކިޔާފައިވެއެވެ.

ގިނަ އަހަރުތަކެއް ވަންދެން ރަށްޓެހިވެގެން އުޅުމަށް ފަހު ބިޔޯންސް އާއި ޖޭ ކައިވެނިކޮށްފައި ވަނީ އޭޕްރިލް 2008 ގައެވެ. އެ ދެ މީހުންނަށް ތިން ކުދިން ލިބިފައި ވެއެވެ. އެއީ ބްލޫ އައިވީ އާއި ރޫމީ އަދި ސަރ އެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

ބިޔޯންސޭ ހިތްހަމަ ޖެހޭ ގެއެއް ނުލިބުނު!

01 މެއި 2017
ބިޔޯންސޭ ހިތްހަމަ ޖެހޭ ގެއެއް ނުލިބުނު!
16 އެޕްރީލު 2017

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

16 އެޕްރީލު 2017
ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!
02 މާރިޗު 2017

ބަލިވެ އިން ބިޔޯންސޭގެ ބަދަލުގައި ލޭޑީ ގާގާ ކޯޗެލާއަށް

02 މާރިޗު 2017
ބަލިވެ އިން ބިޔޯންސޭގެ ބަދަލުގައި ލޭޑީ ގާގާ ކޯޗެލާއަށް
23 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

23 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު