Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވިއެޓްނާމް

ވިއެޓްނާމަށް ކުރަމުންދާ ވަރުގަދަ ވިއްސާރައިގައި މަދުވެގެން 41 މީހުން މަރުވެއްޖެ

ވިއެޓްނާމުގެ މެދުތެރޭ ސަރަޙައްދުތަކަށް ހަފްތާބަންދުން ފެށިގެން ވެހެމުންދާ ބޯވާރެއާ ގުޅިގެން ދިމާވި ފެންބޮޑުވުމުގެ ހާދިސާތަކުގައި 41 މީހަކު މަރުވެ، 9 މީހަކު ގެއްލިފައިވާއިރު، 52،000 ގެދޮރު ފެނުގެ އަޑިއަށް ގޮސް 10،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވެއެވެ. މި އަހަރުގެ ފުރަތަމަ 10 މަސް ދުވަހުގައި ވިއެޓްނާމަށް ކުރިމަތިވި ގުދުރަތީ ކާރިސާތަކުގެ ސަބަބުން 2 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވާއިރު، އަންނަ އާދީއްތަ ދުވަހާ ހަމައަށް ވެސް މިހާލަތު ދެމިގެންދާނެ ކަމަށް އޮފިޝަލުން ލަފާކުރެވޭ.

ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2025 | ހުކުރު 09:16
ވިއެޓްނާމް ގައި ފެން ބޮޑުވުމުގެ ސަބަބުން 52،000 އަށް ވުރެ ގިނަ ގެދޮރު އަޑިއަށް ގޮސް ބޮޑު ސަރަހައްދަކުން ވަނީ ކަަރަންޓުގެ ޚިދުމަތް ކެނޑިފައި

ވިއެޓްނާމް ގައި ފެން ބޮޑުވުމުގެ ސަބަބުން 52،000 އަށް ވުރެ ގިނަ ގެދޮރު އަޑިއަށް ގޮސް ބޮޑު ސަރަހައްދަކުން ވަނީ ކަަރަންޓުގެ ޚިދުމަތް ކެނޑިފައި

ވިއެޓްނާމުގެ މެދުތެރޭގެ ސަރަޙައްދުތަކަށް ހަފްތާ ބަންދުން ފެށިގެން މެދުނުކެނޑި ވެހެމުންދާ ބޯ ވާރެއާ ގުޅިގެން ފެންބޮޑުވުމުގެ ހާދިސާތަކުގައި މިހާތަނަށް މަދުވެގެން 41 މީހަކު މަރުވެފައިވާ ކަމަށާއި، ގެއްލިގެން 9 މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން، މި ފެންބޮޑުވުމުގެ ސަބަބުން 52،000 އަށްވުރެ ގިނަ ގެދޮރު ފެނުގެ އަޑިއަށް ގޮސް، ފަސް ލައްކަ ގޭބިސީ އާއި ވިޔަފާރިތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. އަދި ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ ސަރަޙައްދުތަކުން ދިހަ ހާހަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

ފާއިތުވި ތިން ދުވަހުގެ ތެރޭގައި އެކި ސަރަޙައްދުތަކަށް 1.5 މީޓަރަށް (5 ފޫޓަށް) ވުރެ މައްޗަށް ވާރޭ ވެހިފައިވާއިރު، ބައެއް ހިސާބުތަކުގައި ފެންގަނޑު ވަނީ 1993 ވަނަ އަހަރު އެ ގައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި ފެންގަނޑު އެންމެ ބޮޑުވި މިންވަރު ކަމަށްވާ 5.2 މީޓަރަށް ވުރެ ވެސް މައްޗަށް އަރާފައެވެ.

ފަހަކަށް އައިސް ވިއެޓްނާމަށް ވަނީ ގަދަފަދަ މޫސުމީ ހާދިސާތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން، ކަލްމައެގީ އާއި ބުއަލޯއި ގެ ނަން ދީފައިވާ ދެ ތޫފާން، ވަރަށް ގާތްގާތުގައި އެ ޤައުމަށް އަރައި، ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ސަރުކާރުގެ ހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ ޖެނުއަރީ މަހުން އޮކްޓޯބަރު މަހުގެ ނިޔަލަށް ވިއެޓްނާމަށް ކުރިމަތިވި ގުދުރަތީ ކާރިސާތަކުގެ ސަބަބުން 2 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި، މި ސަރަޙައްދުގެ މޫސުން މަދުވެގެން އަންނަ އާދީއްތަ ދުވަހާ ހަމައަށް ވެސް މިހާލަތުގައި ދެމިގެންދާނެއެވެ. ސިފައިންނާއި ފުލުހުން ވަނީ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށްޓަކައި ވަގުތީ ހިޔާތައް ޤާއިމުކުރުމަށް ހަރަކާތްތެރިވެފައެވެ.

ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މައި މަގުތަކަށާއި ހައިވޭތަކަށް ގެއްލުން ލިބުމާ ގުޅިގެން އެ ޕްރޮވިންސުން ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައެވެ.

ވިއެޓްނާމަކީ "ރޮބަސްޓާ" ކޮފީ ބީންސް އެންމެ ގިނައިން އުފައްދައި ބޭރުކުރާ އެއް ޤައުމެވެ. "ރޮބަސްޓާ" އަކީ އިންސްޓަންޓް ކޮފީ އާއި ބައެއް އެސްޕްރެސޯ ބްލެންޑްތަކުގައި ބޭނުންކުރާ ހިތި ރަހައެއް ހުންނަ ކޮފީ ބީން ގެ ބާވަތަކެވެ.

ވިއެޓްނާމްފެންބޮޑުވުންވިއްސާރަތޫފާން ކަލްމޭގީތޫފާން ބުއަލޯއިޤުދުރަތީ ކާރިސާތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި

2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި

20 ނޮވެމްބަރު 2025
ހަފްތާ އެއްގެ ތެރޭގައި އައި ދެވަނަ ތޫފާނު ގައި ފިލިޕީންސް ގައި 6 މީހުން މަރުވެއްޖެ

ހަފްތާ އެއްގެ ތެރޭގައި އައި ދެވަނަ ތޫފާނު ގައި ފިލިޕީންސް ގައި 6 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު