Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފިލިޕީންސް

ހަފްތާ އެއްގެ ތެރޭގައި އައި ދެވަނަ ތޫފާނު ގައި ފިލިޕީންސް ގައި 6 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025 | އަންގާރަ 08:25

ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދެވަނަ ތޫފާނެއް ފިލިޕީންސް އަށް އަރާ ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައި، ސުޕަ ޓައިފޫން ފަންގް-ވޮންގް ގެ ސަބަބުން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމާ އެކު މަދުވެގެން ހަވަނަ މީހުން މަރުވެ، މުޅި ޕްރޮވިންސްތަކުގައި ކަރަންޓު ކެނޑިފައިވޭ.

ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2025 | އަންގާރަ 08:25
ފިލިޕީންސް އަށް ތޫފާން ފަންގް ވޮންގް އެރުމުގެ ކުރިން 1.4 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެހެން ސަރަހައްދުތަކަށް ބަދަލު ކޮށްފައި

ފިލިޕީންސް އަށް ތޫފާން ފަންގް ވޮންގް އެރުމުގެ ކުރިން 1.4 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެހެން ސަރަހައްދުތަކަށް ބަދަލު ކޮށްފައި

ހަފްތާއެއްގެ ތެރޭގައި އައި ދެވަނަ ތޫފާނުގައި ފިލިޕީންސްގައި 6 މީހުން މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގީ މީގެ ހަފްތާ އެއްހާ ދުވަސް ކުރިން އެ ގައުމަށް އެރި ވަރުގަދަ ތޫފާނުގައި 200 އަށްވުރެ ގިނަ މީހުން މަރުވެފައި ވަނިކޮށް ނެވެ.

ސުޕަ ޓައިފޫން ފަންގް-ވޮންގް ގެ ސަބަބުން ބޮޑު ސަރަހައްދެއް ގައި ފެންބޮޑުވވުމާއި ބިންގަނޑު ކަނޑައިގެން ދިޔުން ކުރިމަތިވި އެވެ. މީގެ އިތުރުން އެތައް ޕްރޮވިންސްތަކުގައި ކަރަންޓު ވަނީ ކެނޑިފައެވެ.

ތޫފާނުގެ އެރުމުގެ ކުރިން އަސަރު ކޮށްފާނެ ކަމަށް ބެލޭ ސަރަހައްދުތަކުން 1.4 މިލިއަނަށްވުރެ ގިނަ މީހުން އެހެން ސަރަހައްދުތަކަށް ބަދަލު ކުރެވުނެވެ. ފިލިޕީންސް އަށް އެރި ތޫފާނުގެ ބާރު މިހާރު ކެނޑިފައިވާއިރު ތޫފާން މިހާރު ދަތުރު ކުރަމުން ދަނީ ތައިވާނާ ދިމާލަށެވެ. އެތަނުގައި 3000 އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރެވިފައިވެއެވެ.

ފަންގް-ވޮންގް ނަން ދީފައިވާ މި ތޫފާނަކީ ފިލިޕީންސް އަށް މި އަހަރު އެރި 21 ވަނަ ތޫފާނެވެ.

ގަދަ ވިއްސާރަ އާ އެކު އާދީއްތަ ދުވަހުގެ ރޭ ލުޒޯން ގައިވާ އައުރޯރާ ޕްރޮވިންސް އަށް އެރި މި ތޫފާނުގައި ގަޑިއަކު ގާތްގަނޑަކަށް 185 ކިލޯމީޓަރާއި 230 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގެ ވައި ޖެހިފައި ވެއެވެ.

މިއީ ތޫފާން ކަލްމޭގީ އެ ސަރަހައްދަށް އަރާ އެތައް ހާސް މީހުން ހާލުގައި ޖެހިފައިވާ ދަނޑިވަޅެއްގައި ކުރިމަތިވި ނުރައްކާތެރި ގުދުރަތީ ކާރިސާ އެކެވެ.

ފިލިޕީންސްތޫފާން ފަންގް-ވޮންގްތޫފާން ކަލްމޭގީ

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި

01 ޑިސެމްބަރު 2025
ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި
21 ނޮވެމްބަރު 2025

ވިއެޓްނާމަށް ކުރަމުންދާ ވަރުގަދަ ވިއްސާރައިގައި މަދުވެގެން 41 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ވިއެޓްނާމަށް ކުރަމުންދާ ވަރުގަދަ ވިއްސާރައިގައި މަދުވެގެން 41 މީހުން މަރުވެއްޖެ
09 ނޮވެމްބަރު 2025

ބާރުގަދަ ތޫފާނެއްގެ އަސަރު ފިލިޕީންސް އަށް ކުރަން ފެށުމާއެކު މިލިއަނެއްހާ މީހުން ގެދޮރުން ނެރެފި

09 ނޮވެމްބަރު 2025
ބާރުގަދަ ތޫފާނެއްގެ އަސަރު ފިލިޕީންސް އަށް ކުރަން ފެށުމާއެކު މިލިއަނެއްހާ މީހުން ގެދޮރުން ނެރެފި
05 ނޮވެމްބަރު 2025

ފިލިޕީންސް އަށް ބާރުގަދަ ތޫފާނެއް އަރައި އެތައް ބަޔަކު މަރުވެއްޖެ

05 ނޮވެމްބަރު 2025
ފިލިޕީންސް އަށް ބާރުގަދަ ތޫފާނެއް އަރައި އެތައް ބަޔަކު މަރުވެއްޖެ
10 އޮކްޓޯބަރު 2025

ފިލިޕީންސް އަށް 7.6 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި

10 އޮކްޓޯބަރު 2025
ފިލިޕީންސް އަށް 7.6 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި
26 ސެޕްޓެމްބަރު 2025

ފިލިޕީންސްގައި ޑޮކްޓަރުކަން ކިޔަވައި ނިންމި ދިވެހި ދަރިވަރަކު މަރުވެފައި އޮއްވައި ފެނިއްޖެ

26 ސެޕްޓެމްބަރު 2025
ފިލިޕީންސްގައި ޑޮކްޓަރުކަން ކިޔަވައި ނިންމި ދިވެހި ދަރިވަރަކު މަރުވެފައި އޮއްވައި ފެނިއްޖެ
15 އެޕްރީލު 2025

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

15 އެޕްރީލު 2025
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
05 ފެބުރުއަރީ 2025

އެތައް މިލިއަން ޑޮލަރަށް ޚިޔާނާތްވެފައިވާ ކަމަށް ބުނެ ފިލިޕީންސްގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސް ކޮށްފި

05 ފެބުރުއަރީ 2025
އެތައް މިލިއަން ޑޮލަރަށް ޚިޔާނާތްވެފައިވާ ކަމަށް ބުނެ ފިލިޕީންސްގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސް ކޮށްފި
28 އެޕްރީލު 2024

ފިލިޕީންސްއަށް ހޫނުގަދަވެ ސްކޫލްތައް ބަންދު ކޮށްފި

28 އެޕްރީލު 2024
ފިލިޕީންސްއަށް ހޫނުގަދަވެ ސްކޫލްތައް ބަންދު ކޮށްފި
05 އެޕްރީލު 2024

ފިލިޕީންސްގައި ހަވާސާ ވެފައިތިބި ކުޑަކުދިން އަނބުރާ މުޖުތަމައުއަށް ގެނައުމަށް ޖަޕާނުގެ އެންޕީއޯއަކުން އެހީވަނީ

05 އެޕްރީލު 2024
ފިލިޕީންސްގައި ހަވާސާ ވެފައިތިބި ކުޑަކުދިން އަނބުރާ މުޖުތަމައުއަށް ގެނައުމަށް ޖަޕާނުގެ އެންޕީއޯއަކުން އެހީވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް