Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފިލިޕީންސް

ބާރުގަދަ ތޫފާނެއްގެ އަސަރު ފިލިޕީންސް އަށް ކުރަން ފެށުމާއެކު މިލިއަނެއްހާ މީހުން ގެދޮރުން ނެރެފި

9 ނޮވެމްބަރު 2025 | އާދީއްތަ 13:37

ފިލިޕީންސްގައި ތޫފާން ކަލްމޭގީން 200 އަށްވުރެ ގިނަ މީހުން މަރުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ބާރުގަދަ ތޫފާން ފަންގް-ވޮންގް ގެ އަސަރު ކުރަމުންދާއިރު މިލިއަނަކަށް ގާތްކުރާ މީހުން ގެދޮރުން ބޭރުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2025 | އާދީއްތަ 13:37
ބާރު ގަދަ ތޫފާން ޓިނޯ ގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ފިލިޕީންސް އަށް ވަނީ ލިބިފައި

ބާރު ގަދަ ތޫފާން ޓިނޯ ގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ފިލިޕީންސް އަށް ވަނީ ލިބިފައި

ބާރުގަދަ ތޫފާނެއްގެ އަސަރު ކޮށްފައިވާ ފިލިޕީންސް އަށް އިތުރު ތޫފާނެއްގެ އަސަރު ކުރާނެ ކަމަށް ބެލެވުމާއެކު މިލިއަނަކަށް ގާތްކުރާ އަދަދެއްގެ މީހުން ގެދޮރުން ދޫކޮށް ދާން ޖެހިއްޖެ އެވެ.

ގިނަ ބަޔަކު ގެދޮރުން ނެރުމަށް މަސައްކަތް ކުރަމުން ގެންދާއިރު އެންމެ ފަހުން ކުރިމަތިވި ބާރު ގަދަ ތޫފާނުގައި 200 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ފަންގް-ވޮންގް ނަން ދީފައިވާ މި ތޫފާނުގެ އަސަރު އާދިއްތަ ދުވަހު ކުރަން ފަށާފައިވާ އިރު، ގަދަ ވަޔާއި، ވިއްސާރައިގެ އިތުރުން އުދަ އެރުންފަދަ ނުރައްކާތަކާ ވަނީ ކުރިމަތިވެފައެވެ. މި ތޫފާނުގެ ސަބަބުން ކަރަންޓު ކެނޑުމާއި ފުރާނަ އަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރަސްމީ އިދާރާތަކުން ވަނީ ދީފައެވެ.

ފިލިޕީން އެޓްމޮސްފެރިކް، ޖިއޮފިޒިކަލް އެންޑް އެސްޓްރޮނޮމިކަލް ސާވިސަސް އެޑްމިނިސްޓްރޭޝަން (ޕަގާސާ) އިން ބުނީ، އާދީއްތަ ދުވަހުގެ ރޭ އައުރޯރާ ޕްރޮވިންސަށް ތޫފާން އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވައިގެ ބާރު ގަޑިއަކު 185 ކިލޯމީޓަރު (115 މޭލު) އަށް ވުރެ މައްޗަށް ދިއުން އެކަށީގެންވާ ކަމަށާއި، އަދި ކޮޅިގަނޑުގައި ގަޑިއަކު 230 ކިލޯމީޓަރު (143 މޭލު) އަށް ވުރެ މަތިވާނެ ކަމަށެވެ.

ބާރުގަދަ ތޫފާން އަކަށް ފިލިޕީންސް ހުށަހެޅިފައިވާ އިރު ތޫފާން ކަލްމޭގީ ގެ ސަބަބުން އަންގާރަ ދުވަހު މެދުތެރޭގެ ޕްރޮވިންސްތަކުގައި މަދުވެގެން 224 މީހުން މަރުވެފައިވެއެވެ.

ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ ވަނީ ކަލްމޭގީ ގެ ސަބަބުން ލިބުނު ގެއްލުންތަކާއި، ފަންގް-ވޮންގް އިން ކުރިމަތިވާނެ ކަމަށް ލަފާކުރެވޭ ކާރިސާގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ.

ސިވިލް ޑިފެންސް އޮފީހުން ބުނާ ގޮތުގައި، ފަންގް-ވޮންގް އިން ދިމާވާ ނުރައްކާތަކުގެ އަސަރު 30 މިލިއަނަށްވުރެ ގިނަ މީހުންނަށް ކުރިމަތިވެދާނެ ކަމުގައެވެ.

ފިލިޕީންސަށް އަހަރަކު ގާތްގަނޑަކަށް 20 ތޫފާން އަރަ އެވެ. މި ގައުމަށް ބިންހެލުން ތައް ގިނައިން ކުރިމަތިވުމުގެ އިތުރުން އަލިފާން ފަރުބަދަ ތައް ގޮވުން ފަދަ ހާދިސާ ތަކާ ހެދި، ދުނިޔޭގެ އެންމެ ގިނައިން ކާރިސާތަކާ ކުރިމަތިލާ ގައުމުތަކުގެ ތެރެއިން ގައުމަކަށް ފިލިޕީންސް ވަނީ ވެފަ އެވެ.

ފިލިޕީންސްތޫފާން ކަލްމޭގީފަންގް-ވޮންގްރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި

01 ޑިސެމްބަރު 2025
ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި
21 ނޮވެމްބަރު 2025

ވިއެޓްނާމަށް ކުރަމުންދާ ވަރުގަދަ ވިއްސާރައިގައި މަދުވެގެން 41 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ވިއެޓްނާމަށް ކުރަމުންދާ ވަރުގަދަ ވިއްސާރައިގައި މަދުވެގެން 41 މީހުން މަރުވެއްޖެ
11 ނޮވެމްބަރު 2025

ހަފްތާ އެއްގެ ތެރޭގައި އައި ދެވަނަ ތޫފާނު ގައި ފިލިޕީންސް ގައި 6 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ހަފްތާ އެއްގެ ތެރޭގައި އައި ދެވަނަ ތޫފާނު ގައި ފިލިޕީންސް ގައި 6 މީހުން މަރުވެއްޖެ
05 ނޮވެމްބަރު 2025

ފިލިޕީންސް އަށް ބާރުގަދަ ތޫފާނެއް އަރައި އެތައް ބަޔަކު މަރުވެއްޖެ

05 ނޮވެމްބަރު 2025
ފިލިޕީންސް އަށް ބާރުގަދަ ތޫފާނެއް އަރައި އެތައް ބަޔަކު މަރުވެއްޖެ
10 އޮކްޓޯބަރު 2025

ފިލިޕީންސް އަށް 7.6 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި

10 އޮކްޓޯބަރު 2025
ފިލިޕީންސް އަށް 7.6 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި
26 ސެޕްޓެމްބަރު 2025

ފިލިޕީންސްގައި ޑޮކްޓަރުކަން ކިޔަވައި ނިންމި ދިވެހި ދަރިވަރަކު މަރުވެފައި އޮއްވައި ފެނިއްޖެ

26 ސެޕްޓެމްބަރު 2025
ފިލިޕީންސްގައި ޑޮކްޓަރުކަން ކިޔަވައި ނިންމި ދިވެހި ދަރިވަރަކު މަރުވެފައި އޮއްވައި ފެނިއްޖެ
15 އެޕްރީލު 2025

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

15 އެޕްރީލު 2025
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
05 ފެބުރުއަރީ 2025

އެތައް މިލިއަން ޑޮލަރަށް ޚިޔާނާތްވެފައިވާ ކަމަށް ބުނެ ފިލިޕީންސްގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސް ކޮށްފި

05 ފެބުރުއަރީ 2025
އެތައް މިލިއަން ޑޮލަރަށް ޚިޔާނާތްވެފައިވާ ކަމަށް ބުނެ ފިލިޕީންސްގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސް ކޮށްފި
28 އެޕްރީލު 2024

ފިލިޕީންސްއަށް ހޫނުގަދަވެ ސްކޫލްތައް ބަންދު ކޮށްފި

28 އެޕްރީލު 2024
ފިލިޕީންސްއަށް ހޫނުގަދަވެ ސްކޫލްތައް ބަންދު ކޮށްފި
05 އެޕްރީލު 2024

ފިލިޕީންސްގައި ހަވާސާ ވެފައިތިބި ކުޑަކުދިން އަނބުރާ މުޖުތަމައުއަށް ގެނައުމަށް ޖަޕާނުގެ އެންޕީއޯއަކުން އެހީވަނީ

05 އެޕްރީލު 2024
ފިލިޕީންސްގައި ހަވާސާ ވެފައިތިބި ކުޑަކުދިން އަނބުރާ މުޖުތަމައުއަށް ގެނައުމަށް ޖަޕާނުގެ އެންޕީއޯއަކުން އެހީވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް