Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީ ލަންކާ

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

މިއީ އަހަރު ތަކެއް ފަހުން ސްރީ ލަންކާ އަށް ދިމާވި ޤުދުރަތީ އެންމެ ބޮޑު ކާރިސާ ކަމަށް ބެލެވޭއިރު، މި ހާދިސާގައި 20،000 އަށް ވުރެ ގިނަ ގެދޮރު ބިމާ ހަމަވެފައިވާ ކަމަށް ވެސް ޑިޒާސްޓާ ސެންޓަރުން ހާމަ ކޮށްފައިވެ އެވެ. އަދި ހާދިސާގެ ސަބަބުން ސަރުކާރުން ހިންގާ ވަގުތީ ހިޔާހަވި ކަމަށް ބަދަލުވެފައިވާ މީހުންގެ އަދަދު މިހާރު، 108،000 އަށް އަރާފައިވާ ކަމަށް ވެސް ހާމަ ކޮށްފައިވެ އެވެ.

ސައިކްލޯން ދިތްވާގެ ސަބަބުން 20،000 އަށްވުރެ ގިނަ ގެދޮރު ބިމާހަމަވެ 108،000 މީހުން ވަގުތީ ހިޔާ ތަންތަނަށް ބަދަލުވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2025 | އާދީއްތަ 07:46
ފެން ބޮޑުވެފައިވާ ސަރަހައްދެއްގައި އާންމުންގެ ބަޔަކު ޙަރަކާތްތެރި ވަނީ

ފެން ބޮޑުވެފައިވާ ސަރަހައްދެއްގައި އާންމުންގެ ބަޔަކު ޙަރަކާތްތެރި ވަނީ

ސްރީ ލަންކާ އަށް ކުރި ވިއްސާރައިގައި މަރުވި މީހުން ގެ އަދަދު 159 އަށް އަރާފައިވާ ކަމަށް، އެ ޤައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ހާމަ ކޮށްފި އެވެ.

އެ އިދާރާ އިން ހާމަ ކޮށްފައިވާ ގޮތުގައި އެ ހާދިސާ ގެ ސަބަބުން މަރުވި މީހުން ގެ އަދަދު އިތުރުވެފައިވާއިރު، އެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން ގެއްލިފައިވާ މީހުންގެ އަދަދު 200 އިން މައްޗަށް އަރާފައިވާ ކަމަށް ވެސް ހާމަ ކޮށްފައިވެ އެވެ.

މިއީ އަހަރު ތަކެއް ފަހުން ސްރީ ލަންކާ އަށް ދިމާވި ޤުދުރަތީ އެންމެ ބޮޑު ކާރިސާ ކަމަށް ބެލެވޭއިރު، މި ހާދިސާގައި 20،000 އަށް ވުރެ ގިނަ ގެދޮރު ބިމާ ހަމަވެފައިވާ ކަމަށް ވެސް ޑިޒާސްޓާ ސެންޓަރުން ހާމަ ކޮށްފައިވެ އެވެ. އަދި ހާދިސާގެ ސަބަބުން ސަރުކާރުން ހިންގާ ވަގުތީ ހިޔާހަވި ކަމަށް ބަދަލުވެފައިވާ މީހުންގެ އަދަދު މިހާރު، 108،000 އަށް އަރާފައިވާ ކަމަށް ވެސް ހާމަ ކޮށްފައިވެ އެވެ.

ސްރީ ލަންކާގެ އޮފިޝަލުން ބުނެފައި ވަނީ އެ ވިއްސާރައިގެ ސަބަބުން އެ ޤައުމުގެ ސަރުކާރުން ކުއްލި ނުރައްކަތުގެ ޙާލަތު އިއުލާން ކުރިއިރު، ޤައުމުގެ ތިން ބައި ކުޅަ އެއް ބައި ހިސާބަށް ކަރަންޓާއި ސާފު ފެން ލިބުން ހުއްޓިފައިވާ ކަމަށެވެ. ކެލާނީ ކޯރުގެ ފެންގަނޑު އުފުލެމުން އަންނާތީ، އެ ހިސާބުގެ ސަރަހައްދު ތަކުން މީހުން ހުސް ކުރުމުގެ އަމުރެއް ވެސް ވަނީ ނެރެފަ އެވެ.

މި ހާދިސާގައި އެންމެ ގިނައިން މީހުން މަރުވެފައި ވަނީ ކެންޑީ އާއި ބަދުއްލާ ސަރަހައްދުން ކަމަށް ބުނެފައިވެ އެވެ. މި ސަރަހައްދު ތަކުގެ ގިނަ ހިސާބަށް ދަތުރު ކުރުމުގެ މަގު ވެސް ވަނީ ބަންދުވެފަ އެވެ. ބަދުއްލާގެ މަސްޕަންނާ ގޭގައި ދިރިއުޅޭ މީހަކު ބުނެފައި ވަނީ، އެކި މީހުން ހިމާޔަތް ހޯދުމަށް އެކި ގޮތް ގޮތް ހޯދަމުން އަންނަ ކަމަށެވެ.

އޭނާ ބުނީ އެ ސަރަހައްދުން ބޭރަށް ދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި، އަދި އިތުރު ބަޔަކަށް އެ ސަރަހައްދަށް އައުމުގެ ފުރުސަތެއް ވެސް ނެތް ކަމަށެވެ. ސަބަބަކީ އެ ސަރަހައްދުގެ މަގުތައް ބްލޮކުވެފައިވުން ކަމަށާއި، ސަރަހައްދުގައި ހާސްކަން ފެތުރިފައިވާ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ކާނާ ނެތްއިރު، ސާފު ފެން ހުސްވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

ސްރީ ލަންކާ އަށް ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން އެ ޤައުމުގެ ސަރުކާރުން ވަނީ ބައިނަލްއަޤުވާމީ އެހީތެރި ކަމަށް ވެސް އެދިފަ އެވެ. އިންޑިއާ އާއި ސަރަހައްދުގެ ޤައުމު ތަކުން އަންނަނީ ލަންކާ އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މަސްދަރު: ބީބީސީ

ސްރީލަންކާފެންބޮޑުވުންބިންގަނޑު ކަނޑައިގެން ދިޔުންތޫފާން ޑިތުވާކެންޑީ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު