Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

އެއްވެ އުޅުމުގެ ގާނޫނު އުވާލުމުން ހުކުރު ވަގުތު ޚުތުބާ ކިޔަނިކޮށް އެމްޑީޕީ މެމްބަރުން އެއްވެދާނެ ކަމުގެ ކަންބޮޑުވުން ޕީއެންސީ ގެ ޕީޖީ ލީޑަރު ފާޅު ކުރައްވައިފި

އެމްޑީޕީން ގާނޫނު އުވާލުމަށް ހުށަހެޅުމުން ޕީއެންސީ ގެ މެމްބަރުން ވާހަކަ ދެއްކީ ދެކޮޅަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2025 | ބުދަ 07:46
ޕީއެންސީގެ ޖަލްސާއެއްގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވާހަކަ ދައްކަވަނީ

ޕީއެންސީގެ ޖަލްސާއެއްގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވާހަކަ ދައްކަވަނީ

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށްފަހު އެމްޑީޕީން ހުކުރު ވަގުތު އެއްވެ، މިންބަރު ކައިރީގައި ވެސް މުޒާހަރާ ކޮށްފާނެ ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤގާނޫނު އުވާލުމުގެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ފަލާހު ވިދާޅުވީ މިއަދު އެމްޑީޕީން މި ގާނޫނު އުވާލުމުގެ މަސައްކަތް ކުރަނީ އެޕާޓީން ގޮވާލާ ގޮވާލުން ތަކަށް ރައްޔިތުން އިޖާބަ ނުދޭތީ ކަމަށާއި، އެމްޑީޕީން ގޮވާލުމުން އެއްވާނެ ރައްޔިތެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement
ރައްޔިތަކަށް ގަބޫލުކުރެވޭ އެއްވެސް ހަގީގީ ވާހަކައެއް ނުދެއްކޭ. އަޅުގަނޑުމެންނަށް އެނގޭ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން މިއުޅެނީ ކީއްވެގެންކަން. އެއީ އެމްޑީޕީން ގޮވާލީމަ ތާކަށް އެއްވާނެ މީހަކު ވެސް ނެތީ. އެހެންވީމަ ފަހަރެއްގައި މިއުޅެނީ އޭރަށް މިސާލަކަށް މީހަކަނު ނައީމަ މަސް މާރުކޭޓަށް ނަމަވެސް އެތާގައި މީހުން ބައިބޯވާ ގަޑީގައި އެއްވެވިދާނެތާ. އެއީ ކުރަން މިއުޅޭ ކަމަކީ. އެއްތާކަށް ތަނެއް ފާހަގަ ކޮށްގެން ބަޔަކަށް ގޮވީމަ ބަޔަކު ނާދޭ.
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު

މި މަހުގެ 14 ވަނަ ދުވަހު ޕީއެންސީން ބޭއްވި އެއްވުމަށް އިޝާރާތް ކުރައްވައި މެންބަރު ފަލާހު ވިދާޅުވީ އެއީ މިހާތަނަށް ސިޔާސީ ޕާޓީ އަކުން ބޭއްވި އެންމެ ބޮޑު އެއްވުން ކަަމަށާއި، އެއީ ރިކޯޑެއް ކަމަށެވެ. އެ އެއްވުމާ ގުޅިގެން އެމްޑީޕީގެ މެންބަރުން ތިބީ ހުން އައިސްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މެންބަރު ފަލާހު ވިދާޅުވީ އެއްވުންތައް ބާއްވަން ޖެހޭނީ ވަކި ސަރަހައްދުތަކެއް ގައި ކަމަށާއި، އެހެން ރައްޔިތުންގެ ހައްގުތަކެއް ވެސް ވާ ކަމަށެވެ. މިހާރުގެ މި ގާނޫނު އުވާލުމަށްފަހު އެމްޑީޕީން ސްކޫލު ތަކުގައި ވެސް މުޒާހަރާ ކޮށްފައިވާނެ ކަމަށާއި، ހުކުރު ދުވަހު ހުކުރުގެ ވަގުތު ވެސް އެއްވެދާނެ ކަމަށާއި، މިސްކިތު މިންބަރު ކައިރީގައި ވެސް އަޑު އުފުލަފާނެ ކަމަށް މެންބަރު ފަލާހު ވިދާޅުވި އެވެ.

މެންބަރު ފަލާހު ވިދާޅުވީ އެމްޑީޕީ އަކީ ރައްޔިތުންނަށް ހެޔޮ އެދޭ ބައެއް ނޫން ކަމަށާއި، މި ގާނޫނު އުވާލުމަށް ރައްޔިތުން ތާއީދު ނުކުރާ ކަމަށެވެ.

ވަކި ތާކަށް ނޫނީ އެއްވުމަށް ނުފެންނަ ކަމަށް މެމްބަރު ފަލާހު ވިދާޅުވިއިރު، ކޮވިޑުގެ އާލަމީ ވަބާގެ ދުވަސްވަރު، ބަލިން ރައްކައުތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެއްވުންތައް ނުބޭއްވުމަށް އެޗްޕީއޭ އިން އަންގާފައިވަނިކޮށް މިހާރު ވެރިކަމުގައި ތިބި މީހުން ވަނީ ބޮޑެތި އެއްވުންތައް ބާއްވާފަ އެވެ. އަދި އެ ގޮތުން ބޭއްވި އެއްވުމެއްގައި ފުލުހެއްގެ ގަޔަށް ހައްޕުނޑާ އެކު ކުޅުވެސް ޖަހާފައިވެއެވެ.

މި އުވާލާފައި މިބޭފުޅުން ހިނގާދާނެ ރިސޯޓަކަށް ވެސް މުޒާހަރާ ކުރަން. އެވަރު ބައެއްނޫންތޯ މިއީ. ރިސޯޓުތަކަށް ވެސް ގޮސްފާނެ. އިސްލާމީ މަރުކަޒަކަށް ވެސް އަރާފާނެ. ހުކުރު ދުވަހު ޚުތުބާ ކިޔަނިކޮށް ވެސް އެއްވެދާނެ. މެންބަރު ކައިރިއަށް ވެސް އެއްވެ ދާނެ.
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން އެންމެ ފުރިހަމަ އަށް ދީފައިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުންކަން ފާހަގަ ކުރައްވައި މެންބަރު ފަލާހު ވަނީ މި ސަރުކާރަށް ވެސް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ. ފަހާލު މިހެން ވިދާޅުވި އިރު އެއްވެ އުޅުމުގެ ސަބަބުން އެތައް ބަޔަކު މި ސަރުކާރުން ވަނީ ފުލުހަށް ހާޒިރު ކޮށް، ބަޔާން ނަގާ އަދި ޖަލުގައި ވެސް ބަންދު ކޮށްފަ އެވެ.

މި ގާނޫނު އުވާލުމާ ދެކޮޅަށް މެންބަރު ފަލާހު ވާހަކަ ދެއްކެވިއިރު، އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރުމަށް ރައީސް މުއިއްޒު މެނިފެސްޓޯގައި ވެސް ވަނީ ހިމަަނުއްވައިފަ އެވެ. އެމަނިކުފާނުގެ މެނިފެސްޓޯގެ 19.11 ވަނަ މާއްދާގައި ބުނެފައި ވަނީ އެއްވެ އުޅުމަކީ އަސާސީ ހައްގެއްގެ ގޮތުގައި ބަލައި ކުރިއަރާފައިވާ ގައުމުތަކުގެ މިންގަނޑުތަކަށް ބެލުމަށްފަހު އިސްލާމް ދީނާ ހިލާފުނުވާނެ ގޮތަށް އެއްވެ އުޅުމުގެ މިނިވަންކަން ފުޅާ ކުރައްވާނެ ކަމަށެވެ. އަދި މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް އެ ގާނޫނު އުވައިލަން ހިމަނާފައިވެ އެވެ. އެހެން ނަމަވެސް މި ގާނޫނު އުވާލުމަށް ސަރުކާރުން މިހާތަނަށް އިސް ނަގާފައި ނުވާ އިރު އިދިކޮޅު އެމްޑީޕީ އިން ގާނޫނު އުވާލުމަށް ހުށަހެޅުމުން ވެސް މުއިއްޒު ހިންގަވާ ޕާޓީ - ޕީއެންސީ ގެ މެމްބަރުން ވާހަކަ ދައްކަވާފައި ވަނީ އެކަމާ ދެކޮޅަށެވެ.

އިބްރާހިމް ފަލާހްރައްޔިތުންގެ މަޖިލިސްއެއްވެ އުޅުމުގެ މިނިވަންކަންއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު